Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިސާން ހުސައިން

ސޯޝަލްމީޑިއާގެ ލީގަލްޓީއަކީ ކޮބައިކަމެއް ޤާނޫނުގައި ބުނެފައެއް ނެތް: ހިސާން ހުސައިން

ސޯޝަލް މީޑިއާ އެކައުންޓަކީ ކޮންމެ ރައްޔިތަކު ބޭނުން ކުރަން ލާޒިމް އެއްޗެއް ނޫން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ޖޫން 2017 | ހުކުރު 16:34
ހިސާން ހުސައިން

ހިސާން ހުސައިން

ސޯޝަލް މީޑިއާގެ ލީގަލްޓީއަކީ ކޮބައިކަން ރާއްޖޭގެ ގާނޫނު އަސާސީގައި ބުނެފައިނެތް ކަމަށާއި އެހެން ކަމުން މިފަދަ ހާލަތެއްގައި ސޯޝަލް މިޑިއާގެ ޕްލެޓްފޯމެއް ބޭނުންކޮށްގެން ދައުލަތުގެ މުއައްސަސާއަކަށް ވަކި ވަކި ރައްޔިތުންނަށް ޗިޓުން ހާޒިރުވުމަށް ނޭންގޭނެ ކަމަށް ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ އެކިއެކި ކަންކަމުގައި ފުލުސް އޮފީހަށް ހާޒިރު ކުރަން ބޭނުންވާ މީހުންނަށް ހަވާލުކުރާ ޗިޓް، ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޮނުވޭ ގޮތަށް ފުލުހުންގެ ތަހުގީގަށް އަދި އެ ނޫން ވެސް ބޭނުންތަކަށް މީހުން ހާޒިރު ކުރުމާބެހޭ އުސޫލެއް އެކުލަވާލުމުން އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެޓީވީގެ 60 މިނެޓް ޕްރޮގްރާމުގައި ހިސާން ވިދާޅުވީ ގާނޫނުގައި ރައްޔިތުންގެ މައްޗަށް ކަންކަން ކުރަން އަންގަންޖެހޭގޮތް އޮންނަން ޖެހޭކަމަށެވެ.

"މިސާލަކަށް ގާނޫނުތައް މާނަ ކުރުމުގެ ހަމަތަކުގައި އެބައޮވޭ ލިޔުމެއް ރައްދު ކުރެވޭނެ ގޮތްތައް. އެގޮތުން އަތުން އަތަށް ރައްދުކުރުމާއި އަދި ރެޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ރައްދުކުރުން. އަދި އޭގޭ އިތުރުން ފުލުހުންގެ އާންމު ގަވައިދުގައި އެބައޮވޭ ޗިޓު ރައްދު ކުރަން އަމަލުކުރަންޖެހޭގޮތް. އެހެންކަމުން ގާނޫނާއި ގަވައިދުގައި މިގޮތަށް ޗިޓު ރައްދުކުރުމަށް ހަދަންޖެހޭގޮތް އޮއްވައި ގާނޫނީ ގޮތަކަށް މި ގޮތަށް އަމަލު ކުރަންޖެހޭކަމަށް ގަބޫލެއް ނުކުރެވޭ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ސޯޝަލް މީޑިއާ އެކައުންޓަކީ ކޮންމެ ރައްޔިތަކު ބޭނުން ކުރުން ލާޒިމް އެއްޗަކަށް ނުވާއިރު ސޯޝަލް މީޑިއާގެ އެކައުންޓް ވެރިފައި ނުކުރެވޭ ގޮތަކަށް މީހުންގެ މައްޗަށް ޗިޓު ފޮނުވުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ. އަދި އެއީ ދުނިޔޭގެ ހަމަޖެހޭ ގައުމުތަކުގައި ކަންކަން ކުރާ ގޮތެއް ނޫންކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މިކަހަލަ ހަމަނުޖެހޭ ކަންކަން ފުލުހުންގެ މުއައްސަސާއިން ކުރަމުންދަނީ ވަކި މީހަކަށް ޓާގެޓްކޮށްގެންކަމަށާއި އަދި ވަކިބައެއްގެ ނުފޫޒު އޮވެގެން ކަމަށެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ ގަވައިދު ހުންނަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ތެރެއިން ބާރު ލިބިދޭ އިމުގެ ތެރެއިން ކަމަށެވެ. އަދިފުލުހުންނަށް ލިބިދޭ ބާރުތަކުގެ ތެރެއިން އުސޫލު ހަދައިގެން އެކަން ނުކުރެވޭނެކަމަށާއި އެ އުސޫލަށް އަމަލުކުރުމަށް ފުލުހުންނަށް ރައްޔިތުންގެ މައްޗަށް އަމުރު ނުކުރެވޭނެކަމަށެވެ. ސަބަބެއްކަމަށް ހިސާން ވިދާޅުވީ، ފުލުހުންގެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްކަމަށްވާއިރު އެގާނޫނުގެ ދަށުން ގަވައިދު ހެދުމުގެ ބާރު ފުލުހުންނަށް ލިބިދޭކަމަށެވެ. އަދިއެހެންކަމުން ފުލުހުންނަށް އަމަލު ކުރެވޭނީ އެހަދާ ގަވައިދުގެ ދަށުންކަމަށާއި އެގަވައިދުގެ މައްޗަށް އުސޫލު ހަދައިގެން ރައްޔިތުންނަށް ލާޒިމް ނުކުރެވޭނެކަމަށެވެ.

ފުލުހުން އަލަށް އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ފުލުހުން ފޮނުވާ ޗިޓާއި ހަވާލުވާ ފަރާތަކުން އިންކާރު ކުރާ ނަމަ ރަޖިސްޓްރީ ޕޯސްޓުގެ ޒަރިއްޔާއިން ނުވަތަ އެ ނޫންވެސް އެމީހަކާ އެވަގުތަކު މުއާމަލާތު ކުރެވޭ މުވާސަލާތީ ވަސީލަތެއްގެ ޒަރިއްޔާއިން ޗިޓު ހަވާލު ކުރެވިދާނެއެވެ. އޭގެތެރޭގައި އީމެއިލްއާއި ފެކްސްއާއި ޓެކްސްޓް މެސެޖާއި ފޮޓޯ ފޮނުވޭފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2022

"ޤާނޫނުގައި ބުނާ މުއްދަތާއި އެއްގޮތަށް މައްސަލަތައް ކުރިއަށް ނުގެންދަވާ ފަނޑިޔާރުންގެ މައްސަލަތައް ބަލަންޖެހޭނެ"

07 ފެބުރުއަރީ 2022
"ޤާނޫނުގައި ބުނާ މުއްދަތާއި އެއްގޮތަށް މައްސަލަތައް ކުރިއަށް ނުގެންދަވާ ފަނޑިޔާރުންގެ މައްސަލަތައް ބަލަންޖެހޭނެ"
15 ނޮވެމްބަރު 2020

މި ބަޖެޓުން ޤާނޫނުގައި ލާޒިމްކުރާ ކަންކަން ވެސް ނުކުރެވޭނެ: އެޗްއާރުސީއެމް

15 ނޮވެމްބަރު 2020
މި ބަޖެޓުން ޤާނޫނުގައި ލާޒިމްކުރާ ކަންކަން ވެސް ނުކުރެވޭނެ: އެޗްއާރުސީއެމް
14 ޖުލައި 2020

ރިޔާސީ ދެ ކޮމިޝަނަށް ޤާނޫނުގައި ބުނާ މަސައްކަތް ކުރެވޭ ކަމަށް ގަބޫލެއް ނުކުރެވޭ، އެ ދެތަން އުވާލެވެންޖެހޭ: ރައީސް ނަޝީދު

14 ޖުލައި 2020
ރިޔާސީ ދެ ކޮމިޝަނަށް ޤާނޫނުގައި ބުނާ މަސައްކަތް ކުރެވޭ ކަމަށް ގަބޫލެއް ނުކުރެވޭ، އެ ދެތަން އުވާލެވެންޖެހޭ: ރައީސް ނަޝީދު
22 ޖޫން 2020

ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެފައެއް ނުވާނެ: މަރު ކޮމިޝަން

22 ޖޫން 2020
ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެފައެއް ނުވާނެ: މަރު ކޮމިޝަން
13 އެޕްރީލު 2020

ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޙާބު ބޭއްވޭކަށް ނެތް: އީސީ

13 އެޕްރީލު 2020
ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޙާބު ބޭއްވޭކަށް ނެތް: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު