Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީ

ޖިނާއީ ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ މުއާހަދާއާ މެދު ކޮމިޓީގައި ބޮޑު ބަހުސްއަކަށް!

އެމްޑީޕީއަށް ނިސްބަތެވެވަޑައިގަންނަވާ މެމްބަރުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 1 ޖުލައި 2019 | ހޯމަ 22:02
ހޯމަ ދުވަހު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުން

ހޯމަ ދުވަހު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުން

ޖިނާއީ ތަހުގީގުތަކުގައި އިންޑިއާ އާއި ދިވެހިރާއްޖެ އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސޮއިކޮށްފައިވާ "މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ" ބަލައިގަތުމާ މެދު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މެމްބަރުންގެ ކަންބޮޑުވުންތައް ފާޅުކޮށްފިއެވެ.

ހޯމަ ދުވަހު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އެއްބަސްވުން ބަލައިގަންނަން ވާނީ އޭގައި ހިމެނޭ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވީ އެއްބަސްވުމާ މެދު ގޮތެއް ނިންމަން ވާނީ އޭގައި ހުރި ކަންކަން ރަނގަޅަށް އޮޅުން ފިލުވުމަށް ފަހުގައި ކަމަށެވެ. އޭގެ އިތުރުން ހައިތަމް ވަނީ މިހާރު ސޮއިކުރެވިފައި އޮތް މުއާހަދާގައި ލިމިޓޭޝަންސް އޮން އެސިސްޓަންސް (ހުށައެޅުންތަކަށް ނޫނެކޭ ބުނެވޭނެ ހާލަތްތައް) ބަޔާންކޮށްދޭ މާއްދާއެއް އެއްބަސްވުމުގައި ހިމެނިފައި ނެތުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

ހައިތަމް ދެއްކެވި ވާހަކަފުޅަށް ތާއީދުކޮށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ، އެއްބަސްވުމުގައިވާ ބައެއް ކަންކަން އޮޅުން ފިލުވަން ހުށައަޅުއްވާފައެވެ. އުޝާމް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ވެސް އެފަދަ އެއްބާރުލުން ފޯރުކޮށްނުދެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ބޭންކިންގ ސީކްރެސީ އާ ބެހޭގޮތުން މުއާހަދާގައިވާ މާއްދާތަކުގައި ބައެއް ފުށުއެރުންތައް އެބަހުރި ކަމަށާއި އެކަންކަން އޮޅުން ފިލުވަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ވެސް ވަނީ ހުޝާމް އާއި ހައިތަމްގެ ވާހަކަފުޅަށް ތާއީދުކޮށް، މުއާހަދާ ބަލައިގަންނަން މަޖިލީގުގެ ތަޅުމަށް ހުށައެޅުމުގެ ކުރިން އޭގައިވާ ކަންކަން ރަނގަޅަށް ސާފުކުރަން ޖެހޭ ކަމަށް ހިޔާލު ފާޅުކުރައްވާފައެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވަނީ މިހާރު ވެސް ކަންބޮޑުވުންތައް އޮޅުންފިލުއްވައި ދެއްވާފައި ހުރިކަމަށް ވިދާޅުވެ އެއްބަސްވުން އެއޮތްގޮތަށް ފާސްކުރަން އެއްވެސް ހުރަހެއް އޮތް ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއީ ރާއްޖެއަށް ފައިދާ ކުރަނިވި އެއްބަސްވުމެއް ކަމަށާއި އޭގައި ހުރި ކަންބޮޑުވުންތައް މިހާރު ވެސް އޭޖީ އޮފީހުން އޮޅުންފިލުއްވައި ދެއްވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ހޯމަ ދުވަހު އޮތް ކޮމިޓީގައި މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމް ވަނީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފް މެމްބަރުން ވާހަކަދައްކަން ފުރުސަތު ނުދެއްވާކަމަށް ވިދާޅުވެ ކޯފާއިސްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޝަރީފާ ދެ ބޭފުޅުން ކޮންމެވެސް ވަރަކަށް ބަހުގެ ހަމަލާތައް ބަދަލުކޮށް، ޝަރީފް ވަނީ ގާސިމް ކޮމިޓީން ނިކުމެވަޑައިގަތުމަށް ވިދާޅުވެފައެވެ. ރައްދުގައި ގާސިމް ވިދާޅުވީ ކޮމިޓީން ބޭރުކުރަން ޖެހޭނީ ސިފައިން ގެނެސްގެން ކަށެވެ.

ގާސިމް ވިދާޅުވީ ކޮންމެ މުއާހަދާއެއްގައި ސޮއިކުރިޔަސް ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ގާސިމްގެ ވާހަކަފުޅާ އެއްގޮތަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ދެމެހެއްޓުމަށް ގޮވާލާފައެވެ. އަދި ބޭންކިން ސީކްރެސީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުން އޮޅުން ފިލުއްވަން އެމްއެމްއޭގެ ލަފަޔެއް ހޯދުމަށް ވެސް އޭނާ ބާރުއެޅުއްވިއެވެ. ދެ ބޭފުޅުން ވެސް ވަނީ ކޮމިޓީ ބައްދަލުވުން ނިމުމުގެ ކުރިން ބައްދަލުވުން ދޫކުރައްވާ ވަޑައިގަންނަވާފައެވެ.

ހޯމަ ދުވަހު އޮތް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ ނިމިގެން ދިޔައީ އަންގާރަ ދުވަހު އޮންނަ ކޮމީޓީގެ ބައްދަލުވުމަށް، މެމްބަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ބޭފުޅަކާއި އެމްއެމްއޭގެ ބޭފުޅަކާއި ފޮރިން މިނިސްޓްރީގެ ބޭފުޅުން އަދި ބަންޑާރަ ނައިބުގެ އޮފީހުގެ ބޭފުޅެއް ހާޒިކުރުމަށް ފާސްކުރެވިގެންނެވެ.

"މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ"ގެ މައިގަނޑު މަގުސަދަކީ ޖިނާއީ ތަހުގީގުތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދިނުމާއި، ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން ފަށާފައިވާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމެވެ.

މި މުއާހަދާގެ ދަށުން އެކުލަވާލުމަށް ނިންމާފައިވާ އޮނިގަނޑުގެ ތެރެއިން ޓެރަރިޒަމާ ގުޅުންހުރި މައުލޫމާތު ބަދަލުކުރުމާއި، ޖިނާއީ ކުށްތަކަށް ފައިސާ ހޯދާ ގޮތްތައް ދެނެގަނެ މައުލޫމާތު ބަދަލުކުރުމާއި، ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނަށް ދައުވާކުރުމުގައި އަމަލުކުރާނެ ގޮތްތަކެއް ވެސް އެކުލަވާލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު