Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަލް ބުލިވާޑް މަޝްރޫއު

ކޮރަލް ބުލިވާޑް ޕްރޮޖެކްޓަށް ފައިސާ ދައްކާފައި ވަނީ އެންމެ ނުވަ ފަރާތުން: ހައުސިން މިނިސްޓްރީ

27 ޖޫން 2019 | ބުރާސްފަތި 12:32

އެވްރެޖްކޮށް އެޕާޓްމަންޓްތަކަށް އެ ނުވަ ފަރާތުން ދައްކާފައިވަނީ 315،350 ޑޮލަރު

އަމަން ހަލީމް
އަމަން ހަލީމް | 27 ޖޫން 2019 | ބުރާސްފަތި 12:32
ކޮރަލް ބުލިވާޑް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޮރަލް ބުލިވާޑް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސް ޔާމިންގެ ސަރުކާރުގައި ސިންގްޕޫރުގެ ޗަންގ ހުއާ ކޮންސްޓްރަކްޝަން ކުންފުނިން ތަރައްގީކުރަން ފެށި ކޮރަލް ބުލިވާޑް މަޝްރޫއުގެ ދަށުން އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވަނީ އެންމެ ނުވަ ފަރާތުން ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮރަލް ބުލިވާޑް މަައްސަލައިގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވިދާޅުވީ، އެޕާޓްމަންޓު ގަތުމަށް ހިންގާފައިވާ މުއާމަލާތްތަކުގެ އެވްރެޖް އަގަކީ 315،350 ޑޮލަރެވެ. އަދި ޑައުން ޕޭމަންޓްގެ ގޮތުގައި 9 ފަރާތަކުން އެވްރެޖްކޮށް 104،500 ޑޮލަރު ދައްކާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ އާތިފާ ވިދާޅުވީ މީޑިއާތަކުގައި މިތަންތަނަށް ފައިސާ ދެއްކި ފަރާތްތަކުން ބަދަލު ހޯދަން އެދިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވިޔަސް، އަދި މިހާތަނަށް މިނިސްޓްރީއަށް އެކަހަލަ އެއްވެސް ޝަކުވާއެއް އައިސްފައި ނުވާކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މިނިސްޓްރީން މެދުވެރިވެގެން އެ ފަރާތްތަކުން ބޭނުންވާ ގޮތަށް އެކަަން ނިންމަން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ޑިވެލޮޕަރާއެކު އެންމެ ފަހުން ކުރެވުނު މަޝްވަރާތަކަށް އަލި އަޅުވާލާ، މިނިސްޓަރ އާތިފާ ވިދާޅުވީ 25 މާޗް 2019 ގައި ޑިވެލޮޕަރާ އެކު އެއްބަސްވެވުނު ޓައިމްލައިނާ އެއްގޮތަށް މަޝްރޫއަށް ހިނގާފައިވާ ހަރަދުގެ ތަފްސީލް ހުށައެޅުމަށް އިތުރު ދެ ހަފުތާ ދިނުމަށް އެ ފަރާތުން އެދިވައިކަމަށެވެ. މިހާތަނަށް ކުރަވިފައިވާ މަސައްކަތްތަކަށް ބަލާއިރު، އެ މަޝްރޫއުގެ ދަށުން ތަރައްގީކުރަން ނިންމާފައިވާ 28 ބުރީގެ 4 ޓަވަރުގެ ތެރެއިން ޓަވަރ 1 ގެ ފައުންޑޭޝަންގެ މައިކްރޯޕައިލްސްގެ 13 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެހެން އެއްވެސް ޓަވަރެއްގެ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.

ސަރުކާރުން މާލޭ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެންނަން ކަމަށް ބުނެ ހުޅުމާލެއަށް މި މަޝްރޫއު ބަދަލުކުރަން ނިންމީ 25 ފެބްރުއަރީ 2019 ގައެވެ. އަދި ސަރުކާރުގެ ނިންމުމާއި އެއްގޮތަށް ކޮރަލް ބުލިވާޑް ތަރައްގީކުރާ ޑިވެލޮޕަރަށް މިނިސްޓްރީއާ އެޗްޑީސީއާ ގުޅިގެން އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކުންފުންޏަށް އަންގާފައިވެއެވެ. މިނިސްޓަރ އާތިފާ ވިދާޅުވީ މިހާތަނަށް އެ ކުންފުނިން ހުޅުމާލެއަށް މަޝްރޫއު ބަަދަލުކުރުމާ ދެކޮޅު ހަދާފައި ނުވާކަމަށެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަން ހުޅުމާލެއިން 129000 އަކަ ފޫޓުގެ ބިމެއް މި މަހުގެ 18 ވަނަ ދުވަހުގެ ތެރޭގައި ހަމަޖައްސާފައިވެއެވެ. ޑިވެލޮޕަރު އަދި މިތަނުގައި މަޝްރޫއު ހިންގުމާ މެދު ގޮތެއް ނިންމާފައި ނުވާއިރު، ސަރުކާރުން މާލީ ބުރަ އުފުލަން ޖެހުނު ކަމުގައިވީ ނަމަވެސް މި މަޝްރޫއު މާލޭގައި ކުރިޔަށް ގެންދަން ހުއްދައެއް ނުދޭނެ ކަމަށް މިނިސްޓަރ އާތިފާ ވިދާޅުވިއެވެ. މާލެއިން ދިން ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެއް ހުޅުމާލެއިން ދޭން ނިންމީ އެތަނުގައި ހެދިފައިވާ ގަވައިދުތަކުން އެންމެ އުހަށް ވެސް 15 ބުރިޔަށް އިމާރާތް އެޅޭތީއެވެ. މާލެއިން އެ ކުންފުންޏަށް ދިނީ 70000 އަކަ ފޫޓުގެ ބިމެކެވެ.

ކޮރަލް ބުލިވާޑް އެޕާޓްމަންޓަކީ މާލޭ ރަސްފަންނު ސަރަހައްދުގައި، މިކްސްޑް ރެޒިޑެންޝަލް ޕާރޕަސްއަށް ތަރައްގީ ކުރަން ނިންމި އިމާރާތްތަކެކެވެ. އެގޮތުން ހައިއެންޑް އެޕާޓްމަންޓާއި ވިޔަފާރީގެ ބޭނުމަށާއި އޮފީސް ވެސް ހިމެނޭގޮތަށް ތަރައްގީކޮށް ނިންމަން އޭރު އެއްބަސްވެވުނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް