Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިންގެ ޝަރީއަތް

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ދައުވާގައި ބުނާ އަމަލު ހިންގި މަންޒަރެއް ނުފެނޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2017 | އަންގާރަ 13:20
ވިސާމް އާއި އޭނާގެ ބައްޕަ: ވިސާމުގެ މައްޗަށް އެހެން ދައުވާއެއް ވަނީ ސާބިތުކޮށްފަ

ވިސާމް އާއި އޭނާގެ ބައްޕަ: ވިސާމުގެ މައްޗަށް އެހެން ދައުވާއެއް ވަނީ ސާބިތުކޮށްފަ

ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމާ މެދު ގޮތެއް ނިންމުން މާޗް މަހުގެ 9 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

ވިސާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ އެވެ. ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

އެ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ފޫޓޭޖާ މެދު ވާހަކަ ދައްކާފަ އެވެ. އަދި އެ އަޑުއެހުމުގައި ވަނީ ޚުލާސާ ބަޔާން ވެސް ހުށަހަޅާފަ އެވެ.

ވީޑިއޯއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންގެ އަމުރަށް ވިސާމް ނުކިޔަމަންތެރިވެ، ދައުރަށް ހުރަސްއަޅާ މަންޒަރު ވީޑިއޯ އިން ފެންނަ ކަމަށެވެ. ނަމަވެސް، ވިސާމް ބުނީ އޭނާ ހައްޔަރުކުރި މަންޒަރު އެ ވީޑިއޯ އިން ނުފެންނަ ކަމަށާއި، ފެންނަނީ ހައްޔަރުކުރުމަށް ފަހު ކަންހިނގި ގޮތް ކަމަށެވެ. އަދި އެ ސަރަހައްދުގައި އެހެން ނޫސްވެރިން ވެސް ތިއްބާ އޭނާ ހައްޔަރުކުރީ ކީއްވެތޯ ވިސާމް ސުވާލުކުރި އެވެ.

ވިސާމުގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ވިސާމުގެ މައްޗަށް ކުރި ދައުވާއަކީ ބަންދުކޮށްފައިވާ ސަރަހައްދަަކަަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސްއެޅުން ކަމަށްވާ އިރު، އެފަދަ ސަރަހައްދަކަށް އޭނާ ވަންނަ ތަނެއް ވީޑިއޯ އިން ނުފެންނަ ކަމަށެވެ.

އެ ދައުވާ ވިސާމުގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ވަނީ ދެ ހެކިންނާއި ވީޑިއޯއެއްގެ އިތުރުން ޗާޓެއް ހުށަހަޅާފަ އެވެ. ދައުވާ އިން ދިފާއުވުމަށް ވިސާމުގެ ފަރާތުން ތިން ހެކިން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައި ވެއެވެ.

ދައުލަތުގެ ޚުލާސާ ބަޔާނުގައި ބުނެފައިވަނީ ވިސާމުގެ ފަރާތުން ހެކިބަސް ދިން އާދަމް ޒަރީރަކީ މި މައްސަލައިގައި ދައުވާ ކޮށްފައިވާ ފަރާތަކަށްވާއިރު، އޭނާ ހެކި ބަސް ދިނީ ވިސާމު ސަލާމަތްކުރަން ކަމަށެވެ. އަދި ޒަރީރު ދިނީ ދޮގު ހެކިބަހެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންގެ ދައުރަށް ވިސާމް ހުރަސް އެޅި ކަމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ދެ ހެކިން ވެސް ބުުނާ ކަމަށާއި، ވީޑިއޯ އިން ވެސް އެ މަންޒަރު ފެންނަ ކަމަށެވެ. އެކަން ފާހަގަކޮށް ވަކީލު ވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ދައުވާ ސާބިތުކުރެވިފައިވާ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ވިސާމުގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ހަސީން ވިދާޅުވީ ދައުވާގައި ބުނާ އަމަލު ވިސާމް ހިންގާ މަންޒަރެއް ވީޑިއޯ އިން ނުފެންނަ ކަމަށާއި ވީޑިއޯ އިން ފެންނަނީ އަމުރަށް ކިޔަމަންވެގެން ވިސާމު ފުލުހުންނާ އެކު ހިނގާފައިދާ މަންޒަރު ކަމަށެވެ.

ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ އަމަލެއް ވިސާމް ހިންގި މަންޒަރު ފެނިފައި ނުވާ ކަމަށް ބުނެ ދިފާއުގައި ހެކިބަސް ދިން ތިން ހެކިން ވެސް ހެކި ބަސް ދީފައިވާކަން ހަސީން ފާހަގަކުރެއްވި އެވެ. އެކަންކަމަށް ރިއާޔަތްކޮށް ހަސީން ވަނީ މި މައްސަލައަކީ ވިސާމުގެ މައްޗަށް ސާބިތުނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ޚުލާސާ ބަޔާން ހުށަހަޅާ ނިމުމުން ގާޒީ އަހުމަދު ޝަކީލު ވަނީ މި މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ކަނޑައަޅުއްވާ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މާޗް މަހުގެ ނުވަ 9 ދުވަހުގެ 11:00 ގައި އަޑުއެހުމެއް ބާއްވަވާނެ ކަމަށް އިއުލާނުކުރައްވާފަ އެވެ.

ވިސާމުގެ މައްޗަށް މި މައްސަލައިގައި ހުކުމް ކުރުން ތާވަލުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރި ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުކޮށް 28،800 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ޖެނުއަރީ 24 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު