Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ޖުލައި މަހު ބާއްވަން ނިންމައިފި

ޖަލްސާ ފަސްކުރީ ޝަކުވާ ލިބުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 ޖޫން 2019 | ބުދަ 04:26
އެމްޓީސީސީގެ އަަހަރީ އާންމު ޖަލްސާގެ ތެރެއިން

އެމްޓީސީސީގެ އަަހަރީ އާންމު ޖަލްސާގެ ތެރެއިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ ޖުލައި މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ ކުންފުނިން ކުރިން ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެމްޓީސީސީން ބުނީ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވުމަށް ފޯމު ހުށަހެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ޝަކުވާ ލިބުމުން އޭޖީއެމް ފަސްކުރި ކަމަށެވެ.

އެމްޓީސީސީ އިން ވަނީ އޭޖީއެމްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ. ނިމިދިޔަ

އަހަރުގެ ތިން ވަނަ ކުއާޓަރގައި އެމްޓީސީސީގެ ސާފު ފައިދާ ވަނީ ދަށަށް ގޮސްފައެވެ.

އެމްޓީސީސީގެން އާންމުކޮށްފައިވާ ތިން ވަނަ ކުއާޓާގެ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 327،963ރ. އެވެ. 2017 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 17.4 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންކަމުން އެ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17 މިލިއަން ރުފިޔާގެ ފަރަގެއް އުޅެއެވެ. 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 13 މިލިއަން ލިބިފައިވެއެވެ.

އެމްޓީސީސީގެ ތިން ވަނަ ކުއާޓާގައި ކުންފުންޏަށް އާމްދަނީގެ ގޮތުގައި 308 މިލިއަން ރުފިޔާ ލިބިފައިވާ އިރު 2017 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 264 މިލިއަން ރުފިޔާއެވެ. 2018 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގެ އާމްދަނީ އިތުރުވި ނަމަވެސް ކުންފުނީގެ ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2017 އަހަރުގެ ތިން ވަނަ ކުއާޓާއާ އަޅާ ބަލާ އިރު ކުންފުނީގެ "ކޯސްޓް އޮފް ސޭލް" ވަނީ 55 މިލިއަން ރުފިޔާ އިތުރުވެފައެވެ.

މީގެ އިތުރުން ތިން ވަނަ ކުއަޓާގައި ފައިނޭންސް ކޮސްޓްގެ ގޮތުގައި 11 މިލިއަން ހޭދަކޮށްފައިވާއިރު ކުންފުނީގެ އިދާރީ ހިންގުމުގެ ހަރަދުގެ ގޮތުގައި 35 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު