Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދު24 ގަޑިއިރު ވިޔަފާރީ ކުރުމުގެ ހުއްދަ

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރީ ކުރުމުގެ ހުއްދަ ދޫކުރަން ނިންމައިފި

26 ޖޫން 2019 | ބުދަ 04:27

މާލޭގެ އިތުރުން އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޖޫން 2019 | ބުދަ 04:27
ފިހާރައެއް

ފިހާރައެއް

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހުޅުމާލެއިން ވެސް 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދޫކުރުމަށްޓަކައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ހުއްދަ ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.

މާލޭ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައިވަނީ ޖުމްލަ 14 ތަނަކަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ވަނީ އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޭ ސަރަހައްދުތައް ވެސް ކަނޑައަޅާ، އައްޑޫ ސިޓީގެ ހަ ދާއިރާގެ ސަރަހައްދުތަކަށް ހައްދަ ދީފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަދޭ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުން ފުއްދުމަށް ވިއްކާ ތަކެތި ކަމަށެވެ. މިނިސްޓްރީން ބުނީ 24 ގަނޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަންތަނުގައި ޝަރުތު ފުރިހަމަވޭތޯ ބަލައި ޗެކް ކުރުމަށް ފަހުގައި ކަމަށެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އަށް އެދި ހުށައަޅާ ތަންތަން ވާންޖެހެނީ ސާފުކޮށް އެތެރެ ފެންނަ ގޮތަށް އަލިކުރެވިފައިވާ ތަންތަނަށެވެ. އަދި ކެމެރާ ހަރުކުރެވި މޮނީޓާކުރުން ފަދަ ކަންކަން ހިމެނޭ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާން ޖެހެއެވެ. އެ ތަންތަނުގައި '24/7' ބޯޑެއް އިމާރާތުގައި ބޭރަށް ފެންނަން ހުންނަންވާނެއެވެ.

24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތައް ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ބަހައްޓަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި
31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
10 ޖޫން 2017

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!
09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް