Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޟްވާނު ގެއްލުވާލި މައްސަލަ

ފަނޑިޔާރު ދީދީ އާއި އަދީބުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ގޮވާލައިފި

ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖޫން 2019 | ހޯމަ 09:09
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖޭއެސްސީއަށް ވަދެވަޑައިގަންނަވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖޭއެސްސީއަށް ވަދެވަޑައިގަންނަވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ފުރިހަމަ ޖިނާއީ ތަހުޤީޤެއް ހިންގުމަށް ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ އާއިލާއިން ރިޔާސީ ކޮމިޝަނަށް ގޮވާލައިފިއެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލާފައިވާ މައްސަލާގެ ތަހުޤީޤަށް ފުލުހުން ހައްޔަރުކޮށްފަ ހުރި ސ. ހުޅުދޫ އަތިރީއާގެ މުހައްމަދު ސުއައިދު ބަންދުން ދޫކޮށްލެއްވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ތުހުމަތު ފުލުހުން ކޮށްފައިވަނިކޮށް، އެކަމާ ގުޅޭގޮތުން ރިޟްވާނުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ، ރިޟްވާން ގެއްލުވާލިމީހުންނަށް އަދަބު ނުލިބި ލަސްވަމުންދާ ދިއުމަކީ އެ އާއިލާ ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ރިޟްވާން ގެއްލުވާލުމުގެ މައްސަލައިގެ ތަޙްޤީޤަށް ޝަރީޢަތުން އިންސާފުލިބިފައިނުވަނީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަށް ފޯރުކުރުވާ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް އެ އާއިލާން ބުނެ އެވެ.

Advertisement - newsAdvertisement

އެގޮތުން އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ފަނޑިޔާރު އަބްދުﷲ ދީދީއާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ފުރިހަމަ ޖިނާއީ ތަހުޤީޤެއް ވީހާވެސް އަވަހަށް ހިންގައި ދިނުމަށް ރިޟްވާނުގެ އާއިލާއިން ވަނީ ގޮވާލާފަ އެވެ.

ރިޟްވާނުގެ އާއިލާއިން އެފަދައިން ގޮވާލާފައިވާއިރު، ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއްގެ ތަހުޤީޤު އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެ ތަހުޤީޤުން ހާމަވިގޮތުގައި ރިޟްވާނު ގެއްލުވާލި މައްސަލާގައި ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުވެއިދާއި، ސ. މީދޫ އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަކުރެވިފައިވާ މީހަކު ފަނޑިޔާރާ މުއާމަލާތް ކުރަމުން އައިސްފައިވެއެވެ. އަދި ފަނޑިޔާރު ދީދީ އެ މައްސަލާގައި ހިމެނޭ ސުވެއިދު ދޫކޮށްލާފައިވަނީ އެ ދެ މީހުންގެ މައުލޫމާތު އެ މީހާ ފަނޑިޔާރާ ހިއްސާކޮށްފައި ވަނިކޮށް ކަމަށް ތަހުޤީޤުގައި ފުލުހުން ޖޭއެސްސީއަށް ހުށައެޅި ސިޓީއެއްގައި ބުނެފައިވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންއަށް ގިނަ އިންޒާރުތަކެއް ދީފައި ވަނިކޮށް، އޭނާ ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުއެވެ. ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ވީއިރު ވެސް ފުލުހުންނަށް އޭނާ ހޯދިފައި ނުވާއިރު ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު