Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ

އަދީބު އަތުން ފައިސާއެއް ނުނަގަން، ޖޭއެސްސީން ކުރާ ތުހުމަތުތަކަކީ ދޮގެއް: ފަނޑިޔާރު ދީދީ

ފައިސާ ހޯދުމަށް ފަނޑިޔާރު ދީދީ އެކި މަސައްކަތްކުރައްވާފައިވާކަން ތަހުޤީޤުން ހާމަވެފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 23 ޖޫން 2019 | އާދީއްތަ 05:43
ޖޭއެސްސީގެ ތަހުޤީޤް ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ)

ޖޭއެސްސީގެ ތަހުޤީޤް ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ)

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ އަތުން އެއްވެސް ފައިސާއެއް ނަގާފަ ނުވާނެ ކަމަށާއި، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ކުރާ ތުހުމަތުތަކަކީ ދޮގެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ތަހުޤީޤްގައި އެ ކޮމިޝަނުން ފަނޑިޔާރު ދީދީގެ ނަމްބަރުން ކޮށްފައިވާ ބައެއް ޓެކްސްޓް މެސެޖުތައް އާންމުކޮށްފައިވާއިރު، އެ މެސެޖުތަކުގެ ތެރޭގައި ފައިސާ ހޯދުމަށް "ސަސްޕެކްޓް 1" ކޮށްފައިވާ މެސެޖުތަކެއް ހިިމެނެ އެވެ. އަދި ފަނޑިޔާރު ދީދީގެ ނަމްބަރުން ކޮށްފައިވާ އެ މެސެޖުތަކުން އެނގޭ ގޮތުގައި ފައިސާ ހޯދެވުމަށް މަސައްކަތްކުރައްވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް "ސަސްޕެކްޓް 1" އަކީ ކޮން މީހެއް ކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެ އެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން ސިޔާސީ ފަރާތްތަކަށް ވަކި ގޮތަކަށް ހުކުމްކުރެއްވުމަށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތެއްގެ އަތުން ފައިސާ ނެގިކަން ވެސް ތަހުޤީޤުން ހާމަވެފައި ވެއެވެ. އަދި އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވިކަން ވެސް ހާމަވެފައި ވެއެވެ.

"ސަސްޕެކްޓް 1" އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ކަމަށް ތުހުމަތުކުރެވެއެވެ.

އެ ތުހުމަތުތަކާ ގުޅިގެން އަދީބުގެ އަތުން އެއްވެސް ފައިސާއެއް ނެންގެވިންތޯ ރާއްޖެއެމްވީން ސުވާލުކުރުމުން ފަނޑިޔާރު ދީދީ ވިދާޅުވީ އަދީބު އަތުން އެއްވެސް ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށެވެ. އަދި ޖޭއެސްސީން ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެއީ "ކަނޑައެޅިގެން، ދޮގު، ފޭކް އެއްޗެހިތަކެއް ހަދައިގެން" ޖޭއެސްސީން ކުރާ ކަމެއް ކަމަށް ފަނޑިޔާރު ދީދީ ވިދާޅުވި އެވެ.

ޖޭއެސްސީން ބުރާސްފަތި ދުވަހު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ތަހުޤީޤުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް ނުފޫޒުން މަޤާމެއް ހޯދައިދެއްވުމަށް އެދިވަޑައިގެން ކޮށްފައިވާ މެސެޖުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން މެލޭޝިއާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ގަފޫރު ހަމައްޖައްސައިދޭން އެދިފައިވާކަން އެ މެސެޖުތަކުން ހާމަވެއެވެ.

އޭގެ އިތުރުން އޭސީސީ އަށް މީހަކު އައްޔަންކުރުމުގައި ވެސް ވަކި މީހެއްގެ ނަން އަބްދުﷲ ދީދީ "ސަސްޕެކްޓް 1" ގެ ފޯނަށް ފޮނުވާފައިވާކަން އެނގޭ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ. އަދި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން އަބްދުﷲ ދީދީ، ކުށުގެ ވެށީގައި ހިމެނޭ މީހަކު މުއާމަލާތް ކޮށްފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި، އަދި އެ މީހާ ވަނީ އަބްދުﷲ ދީދީ ބަންދުން ދޫކޮށްލާފައި ކަމަށް ވެސް ޖޭއެސްސީން ތަހުޤީޤްގައި ހާމަކޮށްފައި ވެެއެވެ.

ޖޭއެސްސީން ކުރިއަށްގެންދިޔަ ތަހުޤީޤުން ހާމަވި އިތުރު ކަންތައްތަކުގެ ތެރޭގައި ސިޔާސީ ފަރާތްތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް އަބްދުﷲ ދީދީ އަށް ފައިސާ ދިންކަން ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވި ކަމަށް ބެލެވޭ ހެކި އެމްއެމްޕީއާރްސީގެ ތަހުގީގުން ފުލުހުންނަށް ލިބިފައިވާކަން ވެސް ހާމަކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު