Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދަނޑުވެރިންނަށް ހާއްސަ ޕެކޭޖް

ދަނޑުވެރިންނަށް ހާއްސަ ޕެކޭޖެއް އުރީދޫ އިން ތައާރަފްކޮށްފި

ޕެކޭޖްގެ ދަށުން 7،000 އަށް ވުރެ ގިނަ ދަނޑުވެރިންގެ މެދުގައި ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ޖޫން 2019 | ހޮނިހިރު 13:28
އުރީދޫ އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދަނޑުވެރިންނަށް ހިލޭ ފޯނުކޮށް ބޯނަސް ޑޭޓާ ލިބޭ ޕެކޭޖެއް އުރީދޫ އިން ތައާރަފް ކޮށްފިއެވެ.

މި ޕެކޭޖް ތައާރަފު ކޮށްފައިވަނީ އުރީދޫ އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެންނެވެ.

މި ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ކަމާ ގުޅޭ އެއްބަސްވުމުގައި އުރީދޫ އާއި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން އެ ކުންފުނީގެ ޑައިރެކްޓަރު އޮފް ސޭލްސް އެންޑް ބްރޭންޑިން ހުސެއިން ނިޔާޒް ސޮއިކުރެއްވިއިރު، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އައިމިނަތު ޝަފީގާއެވެ.

މި ޕެކޭޖުގެ ދަށުން، އެގްރިކަލްޗާ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ 7،000 އަށް ވުރެ ގިނަ ދަނޑުވެރިންގެ މެދުގައި ހިލޭ ކޯލާއި އެސްއެމްއެސް ކުރެވުމުގެ އިތުރުން، ބޯނަސް ޑޭޓާ ވެސް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. ގިނަ ފިހާރަތަކުން ދަނޑުވެރިކަމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހާއްސަ ހެޔޮ އަގެއްގައި ލިބޭނެ ކަމަށް ވެސް އުރީދޫ އިން މައުލޫމާތުދެއެވެ.

ދަނޑިވެރިންނަށް ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފައިވާއިރު އުރީދޫގެ ފަރާތުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި މަސްވެރިންނަށް ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފައެވެ.

އުރީދޫ މަސްވެރިންގެ ޕެކޭޖު ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ މަސްވެރިންނަށް ހުޅުވާލާފައިވާއިރު އެ ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ މަސްވެރިންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދާ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ. ހަމައެއާއެކު، 4 ޢަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، މަސްވެރިންގެ ޕެކޭޖުގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް އެ ކުންފުނިން ވަނީ ޕެކޭޖް ތައާރަފު ކޮށްފައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު