Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓު ސިނާއަތް ޑައިވާސިފައި ކުރުން

ސަގާފީ ކޮންސެޕްޓަކަށް ރިސޯޓެއް ތަރައްގީ ކުރާނަން: އަލީ ވަހީދު

21 ޖޫން 2019 | ހުކުރު 08:16

ކޮންސެޕްޓް ތަަރައްގީ ކުރާނީ ތާރީހާބެހޭ ވުޒާރާއާ ގުޅިގެން

އަމަން ހަލީމް
އަމަން ހަލީމް | 21 ޖޫން 2019 | ހުކުރު 08:16
ހިރިގަލުވަޑާން ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ

ހިރިގަލުވަޑާން ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ

ދިވެހިވަންތަ، ދިވެހި ސަގާފަތް ދައްކުވައިދޭ ރިސޯޓެއްގެ ކޮންސެޕްޓެއް ތައްޔާރު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސަގާފީ ދިވެހި ހިރިގަލުވަޑާން ދަސްކޮށްދޭ ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މި މަސައްކަތަކީ އެކި ވައްތަރުގެ ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރަން ރައީސް ސޯލިހު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ މިއީ ތާރީހަށް ލޯބިކުރައްވާ ބޭފުޅުންގެ ވަރަށް ބޮޑު އެދިލުމެއް ކަމަށާއި، މިކަން ހަގީގަތަކަށް ހެދުމަށް ތާރީހާބެހޭ ވުޒާރާއިން ދެއްވާ އެއްބާރުލުމަށް މިނިސްޓަރ ޔުމްނާ އަށާއި ސްޓޭޓް މިނިސްޓަރ ތޯރިގަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަލްޗަރަލް ސެންޓަރތަކެއް ގާއިމް ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ވައުދެއް ކަމަށެވެ. އެގޮތުން އެ މަސައްކަތް ވެސް ތާރީހާބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރައްވާ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މިފަހަރުގެ ޕާޓްނާޝިޕް ފޯރަމްގައި ވެސް މޮރޮކޯ އަދި ސައުތް އެފްރިކާ ފަދަ ގައުމުތަކުން، ރާއްޖެއާ އޮތް ތާރީހީ ގުޅުންތައް ދެނެގަނެ އެކަންކަން ކުރިއަރުވަން އެހީ ވެދެއްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ނެތެމުންދާ ސަގާފީ ފަންނުތައް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ވެސް އަލި އަޅުއްވާލެއްވިއެވެ.

އެގޮތުން އަލީ ވަހީދު ވަނީ ރާއްޖޭގައި ނެތެމުންދާ ފަންނީ ހުނަރުތައް ކުރިއަރުވަން ކުރާ މަސައްކަތައްތަކަށް މަޓީ އަދި ގަދީމީ ކަލެކްޝަން ގުޅިގެން ފަށާފައިވާ މަސައްކަތަށް ތައުރީފުކުރައްވާފައެވެ. އަދި މިކަމަށް ތާރީހާ ބެހޭ ވުޒާރާއިން ދެއްވާ އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ވެސް މިކަމަށް، ހާއްސަކޮށް އުފައްދާ އުފެއްދެންތައް ސުވެނިއަރޒްގެ ގޮތުގައި ބާޒާރަށް ނެރެ ވިއްކުމަށް، ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން އެއްބާރުލުން ދެއްވާނެ ކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ޒުވާނުން މި ދާއިރާއަށް ނިކުމެ ނެތެމުންދާ ފަންނުތައް ކުރިއަރުވަން ޒުވާނުން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މަޓީ އަދި ގަދީމީ ކަލެކްޝަން ގުޅިގެން ފަށާ ސަގާފީ ހިރިގަލުވަޑާން ކޯހަކީ، ގަލުވަޑާމުގެ ފަންނު ޒުވާނުންނަށް ދަސްކޮށްދިނުގެ ގޮތުން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ދިހަ ބައިވެރިންނާއި އެކު ދެ މަސް ދުވަހުގެ މުއްދަތައް ގެންދާ ކޯހުގައި، ހިރިގަލުވަޑާން ކުރާނެ ގޮތާއި ބޭނުންކުރާ އާލާތްތައް ބޭނުންކުރަން ދަސްކޮށްދިނުމާއި މިހާރު ބޭނުންކުރާ "ގާ" އުފައްދާނެ ގޮތް ވެސް ކިޔަވައިދެވޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް