Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށްދާން ފައިސާ ދޫކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

21 ޖޫން 2019 | ހުކުރު 08:06

ހައްޖުވުމަށް ފައިސާ ދޫކޮށްދިނުމަށް އެދި ފޯމް ހުށަހަޅާނީ އެކޯޕަރޭޝަނަށް

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖޫން 2019 | ހުކުރު 08:06
ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާއި ޕެންޝަން އޮފީހާއި ދެމެދު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގެ މަގްސަދަކީ ފަރުޟު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ.

Advertisement - newsAdvertisement

މިއެއްބަސްވުމުގައި ހައްޖު ކޯޕްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ހަމީދެވެ. ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ހުސައިން މަނިކެވެ.

ހައްޖު ކޯޕްރޭޝަނުން ބުނީ މި އެއްބަސްވުމުގެ ދަށުން، ޕެންޝަން ސްކީމުގެ ބައިވެރިން ހައްޖުވުމަށް ފައިސާ ދޫކޮށްދިނުމަށް އެދި ފޯމް ހުށަހަޅާނީ އެކޯޕަރޭޝަނަށް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ހައްޖު އަދާމުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެފަރާތެއްގެ ހައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން އެކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.

އެގޮތުން ހައްޖު އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާކަން ކަނޑައަޅާ، އެފައިސާ ކޯޕަރެޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުން ކަމަށް ހައްޖު ކޯޕްރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕްރޭޝަނުން ބުނީ ހައްޖަށް ދިއުމަށް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، ހައްޖުގެ އަގުގެ 50 ޕަސެންޓް ފައިސާ އެކޯޕަރޭޝަނަށް ދެއްކުމުން އެފަރާތަކަށް ހައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

މީގެ އިތުރުން ހައްޖު ކޯޕަރޭޝަނަށް ކުރީބައިގައި ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާއިން ހައްޖުގެ އަގުގެ ބައެއް ދެއްކުމަށް ބޭނުންވާ ފަރާތްރަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މިފައިސާ ޕެންޝަން އޮފީހުން ހައްޖު ކޯޕަރޭޝަނަށް ލިބުމުން އެ ފަރާތަކުން ބޭނުން ވެއްޖެނަމަ ޕެންޝަން އޮފީހުން ލިބޭ ފައިސާ ރީފަންޑް ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށާއި، ރިފަންޑް ކުރުމަށްް ބޭނުންނުވާނަމަ އެފަރާތުގެ ނަމުގައި ކޯޕަރޭޝަންގައިވާ އެކައުންޓަށް އެފައިސާ ޖަމާކުރެވޭނެ ކަމަށް ހައްޖު ކޯޕްރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕްރޭޝަނުން ބުނީ މިހިދުމަތް ދިނުމަށްވާންޖެހޭ ތައްޔާރީތައް ވުމަށްފަހު، މިމަހުގެ 26 އިން ފެށިގެން މި ކޯޕަރޭޝަނުން ފޯމްތައް ބަލައިގަންނަން ފަށާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް