Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލާ ކޮލެޖު

ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކް: ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 01 އޮގަސްޓް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 ޖޫން 2019 | ބުރާސްފަތި 13:24
ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކް ހުޅުވާލުން

ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކް ހުޅުވާލުން

ވިލާ ކޮލެޖުގައި 2019 ވަނަ އަހަރު ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، އިކޮނޮމިކްސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ނަރސިންގ، ސައިކޮލޮޖީ، ހިއުމަން ރިސޯސް، އެކައުންޓިންގ، ޕަބްލިކް ހެލްތް، ރިސާރޗް އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 90 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 12 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 5 ކޯހަކާއި، ޑިގްރީ ފެންވަރުގެ 19 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 17 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 13 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 2 ކޯހަކާއި ސެޓްފިކެޓް ލެވެލް 1 ގެ 1 ކޯހުގެ އިތުރުން މެރިން ސްޓަޑީޒްސްގެ 8 ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ބެޗެލަރސް ޑިގްރީ ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ)، ވިލާ ކޮލެޖް ލ.ގަން ކެމްޕަސް އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަހުގައިވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ އެކިއެކި ލަރނިންގ ސެންޓަރު ތަކުގައިވެސް ކޯސްތައް ފެށިގެންދާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 01 އޮގަސްޓް 2019 އެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދެހަފްތާ ތެރޭގަ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމްވެސް ސެޕްޓެމްބަރ 2017 އިން ފެށިގެން މިވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު