Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

މަޖިލީހުގެ ބާރުތަކަށް އަރައިގަންނަ ނަމަ، މަޖިލީހުގެ ބާރު ބޭނުން ކުރަންޖެހިދާނެ ކަމުގެ ގަރާރެއް މަޖިލީހަށް!

19 ޖޫން 2019 | ބުދަ 08:59

މަޖްލީހުގެ އިމްތިޔާޒްތަކާއި ބާރުތަކަށް އަރައިގަތުމަކީ، މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަތުން ކަމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 19 ޖޫން 2019 | ބުދަ 08:59
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން

ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުގެ މައްޗަށް އަރައިގަންނަ، މަޖިލީހުގެ ބާރު ބޭނުންކުރަންޖެހިދާނެ ކަމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ޖޭއެސްސީގައި މަޖިލީހުގެ ފަރާތުން އިންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ.

Advertisement - newsAdvertisement

ހިސާން ހުށަހެޅުއްވި ގަރާރުގައި ވަނީ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކަށް އަރައިގަތުމަކީ، މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަތުން ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި، ޖޭއެސްސީގެ އެއްވެސް ނިންމުމަކަށް ފާޑުކިޔުމުގެ ބާރު މަޖިލީހަށާއި، މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެން ނުވާނެ ކަމަށް, ސުޕްރީމް ކޯޓުން ބުނެފައި އޮތުމަކީ ސީދާ މަޖިލީހުގެ ބާރު ހަނިކުރުމުގެ މައްސަލައެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މަޖިލީހުން އަމަލުކޮށްފި ނަމަ، އެއީ ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައި އޮތް ބާރު ދޫކޮށްލުން ކަމަށް ހިސާންގެ ގަރާރްގައި ވަނީ ބުނެފައެވެ. ހިސާން ހުށަހެޅުއްވި ގަރާރުގައި އިތުރަށް ބުނެފައި ވަނީ މަޖިލީހުގައި ވެސް އަދި މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ އެއްވެސް ނިންމުމަކަށް ބަސް ބުނުމުގެ ބާރު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށާއި، ގާނޫނު އަސާސީގައި ވެސް މި ބާރު އެއްވެސް ބަޔަކަށް ދީފައި ނޯންނާނެ ކަމަށެވެ.

ދުބިޔޭގެ ތަހްޒީބް ގައުމުތަކުގައި ވެސް މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް އެހެން ފަރާތަކުން ބަސް ކިޔާ ގޮތް ކަނޑައެޅުން ނޯންނަ ކަމަށާއި، އެކަން ކުރަމުން އަންނަނީ މަޖިލިސް އިން ކަމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ޖުޑިޝަލް ސާރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ދެ އަމުރަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލް ދެ އަމުރުކަމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.

މަޖިލީހުގެ ބާރުތަކަށް އަރައިގަންނަ ނަމަ، މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމުގެ ގަރާރެއް ހިސާން ހުށަހަޅުއްވާފައިވާއިރު، ސުޕްރީމް ކޯޓްގެ އަމުރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރަކީ ގާނޫނު ހަދާ މަޖިލިސް ކަމަށާއި، ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ވެސް އަދި ނިމެނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ރައްޔިތުންގެ މަންދޫބުން ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން މަޖިލީހުގެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ނިންމާފައިވާތީ، އެކަމާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް، އެއްޗެއް ދެންނެވުމަށް އެދިވަޑައިގަންނާވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް