Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭޝިއާ ކައުންޓަރ ޓެރަރިޒަމް ލީޑަރުންގެ ފޯރަމް

އޭޝިއާ ކައުންޓަރ ޓެރަރިޒަމް ލީޑަރުންގެ ފޯރަމް ފަށައިފި

17 ޖޫން 2019 | ހޯމަ 08:31

ފޯރަމް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށް

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 17 ޖޫން 2019 | ހޯމަ 08:31
ފޯރަމް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށް

ފޯރަމް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށް

ޓެރަރިޒަމްގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި ބާއްވާ، އޭޝިއާ ކައުންޓަރ ޓެރަރިޒަމް ލީޑަރުންގެ ފޯރަމް ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމް ފަށްޓަވައިދެއްވީ، އިސްކަންދަރު ކޮށީގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް ކޮމާންޑާ ގްލެން މެކްއެވަން އެވެ.

Advertisement - newsAdvertisement

މި ފޯރަމް ކުރިއަށް ދާނީ ޖޫން 17 އިން 19 ގެ ނިޔަލަށެވެ. އަދި މި ފޯރަމުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، ތައިލެންޑް، މިޔަންމާ، އަފްޣާނިސްތާން އަދި އޮސްޓްރޭލިއާގެ ފަރާތުން އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮސްޓްރޭލިއާ ފުލުހުންގެ ކޮމާންޑަރ ވިދާޅުވީ، މިހާރު ޓެރަރިޒަމަކީ ވަރަށް ފުޅާވެފައިވާ ކަމެއް ކަމަށާއި އެފަދަ ހަމަލާތައް ދޭނީ ކޮން އިރަކު ކަމެއް ވެސް އެނގެން ނޯންނަ ކަމަށެވެ.

ސީރިއާއަށާއި އީރާގަށް ހަނގުރާމައަށް ދާ މީހުންގެ ވާހަކަ ދައްކަމުން ގްލެން ވިދާޅުވީ، އޮސްޓްރޭލިއާ އިން، 2012 އިން ފެށިގެން ގާތްގަނޑަކަށް 230 މީހުން އެ ގައުމުތަކަށް ހަނގުރާމައަށް ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް 40 މީހުން އަނބުރާ އޮސްޓްރޭލިއާ އަށް ދާން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގްލެން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްވަރަށް ރާއްޖެއިން ވެސް ޓެރަރިޒަމާ ދެކޮޅަށް އަޑުއުފުލާ ކަމަށް އޭނާ ދެކޭ ކަމަށެވެ.

ފޯރަމް ފަށްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ވެސް، ފުލުހުން އެކަމަށް ބޮޑު އަހައްމިޔަތުކަމެއް ދީފައިވާ ކަމެއް ކަމަށެވެ. ރާއްޖޭއިން ވެސް ގިނަ ބަޔަކު ވަނީ، ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ އެކު ހަނގުރާމަ ކުރުމަށް ސީރިއާ ފަދަ ގައުމުތަކަށް ހަނގުރާމައަށް ގޮސްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ކޮމިޝަނަރ ހަމީދު ވިދާޅުވީ، މި ފޯރަމުގެ މަގުސަދަކަށްވަނީ، ފޯރަމުގައި ބައިވެރިވާ ގައުމުތަކުގެ ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުގެ މެދުގައި ތަހުގީގުތައް ހިންގުމާއި ކައުންޓަރ ޓެރަރިޒަމްގެ ކަންކަމުގައި ކޯޑިނޭޝަން އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
16 އެޕްރީލު 2017

ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން

16 އެޕްރީލު 2017
ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން
15 އެޕްރީލު 2017

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
10 އެޕްރީލު 2017

ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން

10 އެޕްރީލު 2017
ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން
31 މާރިޗު 2017

ވާލްޑް ސްކޮލް ފޯރަމްގައި ރައީސް ނަޝީދު ތަގްރީރުކުރައްވަނީ

31 މާރިޗު 2017
ވާލްޑް ސްކޮލް ފޯރަމްގައި ރައީސް ނަޝީދު ތަގްރީރުކުރައްވަނީ
29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް
29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި
28 މާރިޗު 2017

ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!

28 މާރިޗު 2017
ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް