Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިޒަމްގެ ދެވަނަ ދައުވާ

ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި

އަޑުއެހުން އޮތީ ބުދަދުވަހު 1:30 ގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 00:48
ރައީސް ނަޝީދު: މިހާރުވެސް ހުންނެވީ ޓެރަރިޒަމްގެ ކުށުގައި ބަންދެއްގައި

ރައީސް ނަޝީދު: މިހާރުވެސް ހުންނެވީ ޓެރަރިޒަމްގެ ކުށުގައި ބަންދެއްގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް މިހާރު ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުން ބުދަދުވަހަށް ތާވަލް ކޮށްފިއެވެ.

ރައީސް ނޝީދުގެ ވެރިކަމުގައި، އެއިރުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އާރަށުގައި ބަންދުކުރި ކުރެއްވި ކަމަށް ބުނާ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް މިހާރު ކޮށްފައިވާ ޓެރަރިޒަމުގެ ދައުވާގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވަނީ ބުދަދުވަހުގެ 1:30 އަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ބަންދުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ.

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައިވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށި ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނުމުން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

އާރަށަކީ އެއްވެސް އިރެއްގައި މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ތަނެއް ނޫން ކަމަށާއި ޔާމީން އާރަށަށް ގެންދިޔައީ ވެސް މީހުން ހައްޔަރުކުރުމަށް އޮންނަ އުސޫލުތަކުގެ ދަށުން ނޫން ކަމަށް އެއިރުގެ ސަރުކާރުން ބުނެފައި ވެއެވެ. އަދި ޔާމީން އާރަށަށް ގެންދިޔައީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ވެސް ވާތީ ހިމާޔަތް ދޭންޖެހޭ ހާލަތެއްގައި ގާނޫނު އަސާސީ އާއި ގާނޫނީގެ އިމުގެ ތެރެއިން ސިފައިންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށް އޭރު ސަރުކާރުން ބުނެފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ހިންގާފައިވަނީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލުގެ މައްޗަށެވެ.

އެ މައްސަލައިގައި އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، ކްރިމިނަލް ކޯޓުގައި ޝަރީއަތް ދަނީ ހިންގަމުންނެވެ.

އަމީން ފައިސަލްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީން ބަންދުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާކުރުމަށް ފޮނުވާފައިވަނީ ދެ ބޭފުޅެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ދައުވާ ކުރުމަށް ފޮނުވީ ރައީސް ނަޝީދާއި އަމީން ފައިސަލްގެ މައްޗަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް ޝަރީއަތް ބުދަދުވަހު ފަށާއިރު މިހާރު ވެސް އެމަނިކުފާނު ހުންނެވީ ޓެރަރިޒަމުގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގިރިފުށީގައި ބަންދުކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވީ ނަމަވެސް، ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސީވިލާތަށް އަރުވާލެވިގެން އެގައުމުގަ އެވެ. އެގައުމުގައި ހުންނަވަނިކޮށް ސަރުކާރުން ވަނީ ރައީސް ނަޝީދުގެ ޕާސްޕޯޓް ކެންސަލް ކޮށްފަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު ކުރި ނަމަވެސް ބައިނަލް އަގްވާމީ މުޖްތަމައުންނާއި އދ. އިން ބުނެފައިވަނީ އެމަނިކުފާނުގެ މައްޗަށް ހިންގާފައިވަނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި، މިހާރުން މިހާރަށް އެމަނިކުފާނު ދޫކޮށްލަން ޖެހޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު