Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެމެހެއްޓެނިވި ތަރައްޤީ ގެނައުން

ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ރާއްޖެއަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޔޫއެންޑީޕީން ދީފި

ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ވަނީ ފައްޓަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖޫން 2019 | އާދީއްތަ 09:32
ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތު

ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތު

މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުން ދެއްވާނެ ކަމަށް އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހައުލިއަންގް ޝޫ ވިދާޅުވެއްޖެއެވެ.

ޔޫއެންޑީޕީގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރކަން ވެސް ކުރައްވާ ޝޫ އެހެން ވިދާޅުވީ، ރ. މަޑުއްވަރީގައި ދިވެހި ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން ކުރިޔަށް ގެންދާ ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުން ދިނުމަށް ޔޫއެންޑީޕީން ތައްޔާރަށް އޮތް ކަމަށާއި، އެ ޖަމާއަތުން ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ސަރުކާރާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތަރު ޑިސެލިނޭޝަން ޕްލާންޓެއް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު، ވާރޭ ފެން ރައްކާކުރާނެ ބޮޑެތި ތާންގީތަކެއް ބެހެއްޓުމަށާއި ބިމުން ފެން ނެގޭނެ ހަރުދަނާ ނިޒާމުތަކެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ނިޒާމު ގާއިމްކުރުމުން 49 ރަށަކަށް ދަތިކަމެއް ނެތި މުޅި އަހަރު ފެން ފޯރުކޮށްދެވޭނެ ވިއުގައެއް އުފެދިގެން ދާނެ ކަމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިން މައުލޫމާތުދެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވާރޭ ވެހޭ މިންވަރު ބަދަލުވެ ސާފު ބޯފެން ލިބުމުގެ ދަތިކަން ރާއްޖޭގެ އެތައް ރަށަކަށް ކޮންމެ އަހަރަކު ވެސް ފޯރާއިރު، ފެން ރައްކާކުރެވޭނެ ހަރުދަނާ ނިޒާމުތަކެއް ރަށްރަށުގައި ގާއިމްކުރެވިފައި ނެތުމުންނާއި އަދި ބިމުން ނެގޭ ފެން ތަގައްޔަރު ވުމުގެ ސަބަބުން ރަށްރަށުން ސާފު ފެން ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާކަމުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު