Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓްރީ

ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް ފަށައިފި

13 ޖޫން 2019 | ބުރާސްފަތި 20:13

ޒުވާނުން ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2019 | ބުރާސްފަތި 20:13
ޔޫތް ލީޑަރސް ފޯރަމްގެ ތެރެއިން

ޔޫތް ލީޑަރސް ފޯރަމްގެ ތެރެއިން

މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ނެޓްވޯކް ފޯރަމް ފަށައިފިއެވެ.

ފޯރަމް ފެށުމަށް ހުޅުމާލޭ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

Advertisement - newsAdvertisement

މިފަހަރުގެ ފޯރަމްގައި ކޮލެޖް ޔުނިވަރސިޓީތަކުން 150 ދަރިވަރުން ބައިވެރިވާނެއެވެ. ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދާނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

މިފަހަރުގެ ފޯރަމް އަމާޒުކޮށްފައިވަނީ "ތަހައްމަލުކުރުމުގެ ޘަޤާފަތް - މުޖުތަމަޢުގެ ހަމަޖެހުން" މިޝިޢާރުގެ މައްޗަށެވެ. ޝިއާރާ ގުޅުންހުރި ތަފާތު ހަ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުން މައުލޫމާތު ހިއްސާކޮށް، މަޝްވަރާކުރާނެއެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ މިފަދަ ފޯރަމްތަކުގެ ނަތީޖާއަކަށް ވެގެންދާނީ މުޖުތަމައުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރުމުގެ އިތުރު ފުރުސަތުތަކެއް ޒުވާނުންނަށް ލިބިގެންދިއުންކަމަށެވެ.

އެމަނިކުފާން ވިދާޅުވީ ތަހައްމުލުކުރުމުގެ ހިތްވަރާއި، ކެތްތެރިވުމުގެ ހިތްވަރު ޒުވާނުންގެ ކިބައިގައި ހުންނާނެކަމަށެވެ. ދިމާވާ އެކި ކަންކަމާ ކުރިމަތިލުމުގެ ހިތްވަރުވެސް ހުންނަންވާނެކަމަށް އެމަނިކުފާން ވިދާޅުވިއެވެ. ސަރުކާރުން ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އެންމެބޮޑު ސަމާލުކަމެއްދެނީ ޒުވާނުންނަށް ކަމަށާއި، ޚާއްސަކޮށް ތައުލީމަށްކަމަށް ނައިބް ފައިސަލް ވިދާޅުވިއެވެ. ފުރުސަތު ލިބިފައި އޮންނަ ވަގުތު އެފުރުސަތުގެ ބޭނުން ހިފަން ޖެހޭކަމަށާއި، ޒުވާންކަމަކީވެސް އަބަދު އޮންނާނެކަމެއް ނޫންކަން ޤަބޫލުކުރަންޖެހޭކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ހޯމް މިނިސްޓްރީގެ އެންމެ މުހިންމު އެއް ޒިންމާއަކީ ސުލުހަވެރި، އަމާން، ރައްކާތެރި ވެއްޓެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ ބިޔަ ބޮޑު ބުރަ ޒިންމާއެއްކަމަށެވެ.

މިޒިންމާ އަދާކުރުމަށް ހޯމް މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތަކީ ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ފަންތީގެ ތަފާތު ގިންތީގެ އޯޑިއަންސްތަކަށް އަމާޒުކޮށްގެން ބާއްވާ ފޯރަމްތަކާއި، ވޯކްޝޮޕް ފަދަ ޕްރޮގްރާމްތައްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޯރަމްގައި މައުލޫމާތު ހިއްސާކުރާ ދާއިރާތަކަކީ ޓޮލަރަންސް އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހެރިޓޭޖް އެންޑް ޓޮލަރަންސާއި، ލީޑަރޝިޕާއި ޓޮލަރަންސާއި، އިސްލާމް އަދި ޓޮލަރަންސާއި، ޕީސް އެންޑް ޓޮލަރަންސާއި، ޕޮލިޓިކަލް ޓޮލަރަންސެވެ.

އިސްލާމް އަދި ޓޮލަރަންސް ސެޝަން ކުރިއަށްގެންގޮސްދެއްވާނީ މިނިސްޓަރު އިމްރާންއެވެ.

ޔޫތް ލީޑާރސް ނެޓްވޯކަކީ ޒިންމާދާރު ރައްޔިތުން ބިނާކޮށް ޤައުމީ ރޫހާއި އެއްބައިވަންތަކަން ދިރުވަން ޔުނިވަރސިޓީ އަދި ކޮލެޖް ދަރިވަރުން އެކުލެވޭ ގޮތަށް އުފައްދާފައިވާ ކައުންސިލެކެވެ. އެކައުންސިލް އެކުލަވާލެވި މަސައްކަތްކުރަމުންދާނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންކަމަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ވަނީ ނިންމަވާފައެވެ.

ޔޫތް ލީޑާރސް ނެޓްވޯކުން ވަނީ މިހާތަނަށް އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހދ. ކުޅުދުއްފުއްޓާއި، ލ. ގަމާއި، ދ. ކުޑަހުވަދޫއާއި، ގއ. ވިލިނގިލީގެ އިތުރުން ހޯރަފުށީގައިވެސް ފޯރަމް ކުރިއަށްގެންގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު ބޭއްވީ ހޯރަފުށީގައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް