Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑިޝަރީ ކޮމިޓީ

ކޯޓުތަކާއި ފަނޑިޔާރުންގެ މައްސަލަތައް ފިޔަވައި، ޝަރުއީ އެހެން ކަންކަން ބެލުމުގެ ބާރު ޖުޑިޝަރީ ކޮމިޓީއަށް

10 ޖޫން 2019 | ހޯމަ 19:47

ކޮމިޓީތަކުގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާގެ މެމްބަރުންނާއި ސުވާލުކޮށް ޖަވާބުދާރީ ކުރުވުން ހިމެނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 ޖޫން 2019 | ހޯމަ 19:47
އުއްތަމަ ފަނޑިޔާރާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އުއްތަމަ ފަނޑިޔާރާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކޯޓުތަކާއި ފަނޑިޔާރުންގެ މައްސަލަތައް ފިޔަވައި، ޝަރުއީ ދާއިރާއާ ގުޅުން ހުރި އެހެނިހެން ކަންކަން ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ދިނުމަށް ވަގުތީ ކޮމިޓީން ނިންމައިފިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ދާއިމީ، އާ ފަސް ކޮމިޓީ އެކުލަވާލަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކޯޓުތަކަށް ޚާއްސަ، ޖުޑީޝަރީ ކޮމިޓީއެއް ވެސް ވަނީ އުފައްދާފައެވެ. މީގެކުރިން ޖުޑީޝަރީ އާއި ބެހޭ ކަންތައްތައް ބަލަމުން އައީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

Advertisement - newsAdvertisement

ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅުމަށް ވަގުތީ ގަވައިދު ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ ކަންކަން ބެލުން ކޮމިޓީގެ މަސްއޫލިއްޔަތު އެ ކޮމެޓީގައި ހިމަނާފައިވެ އެވެ. އަދި މި ނޫން ވެސް ޝަރުއީ ދާއިރާއާ ގުޅޭ ކަންކަން އެކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ކޮމިޓީތަކުގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މުއައްސަސާގެ މެމްބަރުންނާއި ސުވާލުކޮށް ޖަވާބުދާރީ ކުރުވުމާއި އަހަރީ ރިޕޯޓު ހުށަހަޅާތޯ ބެލުމާއި ކޮމިޓީ އަށް ހުށަހަޅާ މައްސަލަތައް ދިރާސާކޮށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ލަފާ ދިނުން ހިމެނެއެވެ.

ޝަރުއީ ދާއިރާއާ ގުޅުން ހުރި ބިލުތައް ދިރާސާކޮށް ފުރިހަމަ ކުރުމަށް މަޖިލީހަށް ރިއާޔަތް ކޮށްދިނުމާއި މުއައްސަސާތަކަށް އައްޔަން ކުރުމަށް މަޖިލިހުން ރުހުން ދީފައިވާ ބޭފުޅުންގެ ތެރެއިން މަގާމުން ވަކިކުރަން ޖެހޭ ބޭފުޅަކާ ގުޅޭ ގޮތުން މަޖިލިހަށް ލަފާ ދިނުން ވެސް ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތު ތެރޭގައި ވަނީ ހިމަނާފައެވެ.

ހޯމަ ދުވަހު ބޭއްވި ވަގުތީ ކޮމިޓީގައި ވަނީ ލާމަރުކަޒީ ކޮމިޓީގެ އުސޫލުތައް ވެސް ކަނޑައަޅާފައެވެ. ލާމަރުކަޒީ ކޮމިޓީ އަކީ ވެސް މަޖިލީހުގައި އަލަށް އުފެއްދި ކޮމިޓީއެކެވެ.

ލާމަރުކަޒީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ އުސޫލުތަކުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލް ތަކެވެ. އެކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި އެލްޖީއޭއަށް އައްޔަން ކުރެވޭ ފަރާތްތަކާއި އެކޮމިޓީއިން އިންޓަވިއު ކުރުމާއި ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ މަސްއޫލިއްޔަތައް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މަޖިލީހުން އަލަށް ހެދި ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގެ އުސޫލު ހިމެނޭ ގޮތަށް 16 ކޮމިޓީގެ މަސްއޫލިއްޔަތުތައް ވަގުތީ ގަވައިދު ކޮމިޓީއިން ވަނީ ނިންމާފައެވެ.

ވަގުތީ ކޮމިޓީން 16 ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި ނަމަވެސް އަދި މަޖިލީހުގެ ތަޅުމުން އެ ކަމާއި މެދު ގޮތެއް ކަނޑައަޅާނެއެވެ. އެނގިފައިވާ ގޮތުގައި އަންގާރަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި ކޮމިޓީ އިން ނިންމި ނިންމުމަށް ވޯޓަށް އަހާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް