Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ގައުމީ ޔުނިވަރސިޓީ

ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާއި ސްރީލަންކާގެ ސީ.އެސް.އީ.ސީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

10 ޖޫން 2019 | ހޯމަ 14:56

އިންޖިނިއަރިން ދާއިރާ އިން ފަންނީ އެހީތެރިކަންދޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 ޖޫން 2019 | ހޯމަ 14:56
ގައުމީ ޔުނިވަރސިޓީ އާއި ސްރީލަންކާގެ ސީ.އެސް.އީ.ސީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން

ގައުމީ ޔުނިވަރސިޓީ އާއި ސްރީލަންކާގެ ސީ.އެސް.އީ.ސީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފިއެވެ.

މި އެމް.އޯ.ޔޫ އަކީ ސްރީލަންކާގެ ސިވިލް ސްޓްރަކްޗަރިންގ އެންޑް އިންޖިނިއަރިން ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑް (ސީ.އެސް.އީ.ސީ / CSEC) ގެ ސީ.އެސް.އާރް ޕްރޮގްރާމްގެ ދަށުން، އެފަރާތުން އިސްނަގައިގެން ރާއްޖޭގެ ނެޝަނަލް ޔުނިވާސިޓީ އާ ދެމެދު މަޝްވަރާކުރުމަށް ފަހު ސޮއިކުރެވުނު އެމް.އޯ.ޔޫ އެކެވެ.

Advertisement - newsAdvertisement

މި އެމް.އޯ.ޔޫގެ ދަށުން ރާއްޖޭގެ ޔުނިވާސިޓީގެ ދަރިވަރުންނަށް ފުރަތަމަ ޑިގްރީ ގެ ކޯސްތަކަށް ސްކޮލަޝިޕް ދިނުމާއި، ދަރިވަރުންގެ އިންޓާންޝިޕް ފުރިހަމަ ކުރުމަށް ބޭނުންވާ ތަޖުރިބާ ހޯދުމަށް އެހީތެރިވުމާ، ޔުނިވާސިޓީގެ ލެކްޗަރާއިންނަށް ފަންނީ ތަމްރީނު ދިނުން ހިމެނެއެވެ.

އަދި ރިސާޗް ހަދާ ދަރިވަރުންނަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން ރިސާޗް އެސިސްޓެންސް ފޯރުކޮށްދިނުމާއި ދެ ޔުނިވާސިޓީގެ ދަރިވަރުން ގުޅިގެން އެކަޑަމިކް ލިޔުންތައް ޕަބްލިޝް ކުރުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެން ދާނެއެވެ.

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަކުގެ ތެރޭގައި ގެސްޓް ލެކްޗަރާއިންގެ ޓްރެއިނިންތަކުގައި ބައިވެރިވުމުމުގެ ފުރުސަތާއި ބައިނަލް އަގުވާމީ ކޮންފަރެންސް ތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތުވެސް މި ފެކަލްޓީއަށް ލިބިގެންދާނެއެވެ. އަދި ސްރީލަންކާގެ އޯޕަން ޔުނިވަރސިޓީއާއި ގުޅިގެން ޑިސްޓަންސް-ލާނިންގ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކޮށްފައި ވެއެވެ.

މި އެމް.އޯ.ޔޫ ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީ.އެސް.އީ.ސީގެ މެނޭޖިން ޑިރެކްޓަރ ޝިރޮމާލް ފެނާންޑޯ ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖޭގައި މިހާރުވެސް އިންޖިނިއަރިން މަސައްކަތްތައް ކުރަމުން އަންނަ ބަޔަކަށްވާތީ، ހާއްސަކޮށް ރާއްޖޭގެ ޒުވާނުންނަށް ސްޓްރަކްޗަރަލް އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށްބޮޑު އުފަލެއް ލިބިގެންދާ ކަމެއް ކަމަށެވެ. އަދި އަލަށް ތައާރަފް ކުރެވޭ މޮޑިއުލާ ކޮންސްރަކްޝަން ޓެކްނޮލޮޖީއާއި ދެމެހެއްޓެނެވި، ތިމާވެއްޓަށް ގެއްލުން ނުލިބޭނެފަދަ 'ގްރީން ޓެކްނޮލޮޖީސް' ތަކުގެ ސަބަބުން، އިމާރާތްކުރުމުގެ ސިނާއަތް އިތުރަށް ފުޅާވެ، ތަނަވަސްވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސީ.އެސް.އީ.ސީ އަކީ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން އެންމެ މަތީ ފަންތީގެ ކޮންސަލްޓެންސީ ފޯރުކޮށްދޭ ބައިނަލް އަގުވާމީ ކުންފުންޏެކެވެ.

އެފަރާތުން ހިންގާފައިވާ ފާހަނގަ ކޮށްލެވޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި ސްރީލަންކާގެ ކޮލޮމްބޯ ލޮޓަސް ޓަވަރ، ކްރިޝް ސްކުވެއާ، ސިނަމަން ލައިފް، ކޮލޮމްބޯ ސިޓީ ސެންޓަރ، ޕްރައިމް ގްރޭންޑް، ޕާރލް ގްރޭންޑް، އަދި އެވިކް އެސްޓޮރިއޯ އެޕާރޓްމަންޓްސް ހިމެނެއެވެ. މީގެ އިތުރުން މިޔަންމާގެ ސްޓަރ ސިޓީ އަކީވެސް އެފަރާތުގެ އިންޖިނިއަރިން ކޮންސަލްޓެންސީގެ ދަށުން ހިންގަމުން އަންނަ ޕްރޮޖެކްޓެކެވެ. ސީއެ.ސް.އީ.ސީ ރާއްޖޭގެ ރަސްމީ އޭޖެންޓަކީ ނައިން ސިކްސްޓީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އެވެ.

މި ކުންފުނީގެ ފަރާތުން ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެޓް ތަކުގެ ތެރޭގައި ބ. އަތޮޅުގައި ތަރައްގީކުރަމުން އަންނަ ވައްކަރު ލަގްޒަރީ ރިޒޯޓް އަދި މާލޭގައި އިމާރާތްކުރަމުން އަންނަ ނަސަންދުރަ ރެޒިޑެންސް ހިމެނެއެވެ.

އެހެން ކަމުން ރާއްޖޭގެ ޔުނިވާސިޓީ އަށް އިންޖިނިއަރިން ދާއިރާ އިން ފަންނީ އެހީތެރިކަން ދިނުމަށްޓަކައި މި އެމް.އޯ.ޔޫ ގައި ސޮއި ކޮށް މަސައްކަތް ފެށުން ވެގެންދާނީ އިންޖިނިއަރިންގެ ހިދުމަތްތައް ބޭނުންވާ ރާއްޖޭގެ ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ ގުޅުންބަދަހި ވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ ވިޔަފާރި މާހައުލު ދަނެގަތުމަށާއި ރާއްޖޭގެ ވިޔަފާރިތަކާއި ގުޅުން ދެމެހެއްޓުމަށްޓަކައި ސީ.އެސް.އީ.ސީ ގެ ފަރާތުން ރާއްޖޭގެ ސްޓެރެޖިކް ޕާޓްނަރެއްގެ ގޮތުގައި ހަމަ ޖައްސާފައިވާ ކޮންސަލްޓެންޓަކީ ނައިން ސިކްސްޓީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް