Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސްޕަރޓްސް އޮފް އެނާރޖީ ރެގިއުލޭޓަރސް- ސާކް

ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނާރޖީ ރެގިއުލޭޓަރސްގެ 4 ވަނަ ބައްދަލުވުން ފަށައިފި

ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖޫން 2019 | ހޯމަ 06:49
ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނާރޖީ ރެގިއުލޭޓަރސްގެ 4 ވަނަ ބައްދަލުވުން

ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނާރޖީ ރެގިއުލޭޓަރސްގެ 4 ވަނަ ބައްދަލުވުން

ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނާރޖީ ރެގިއުލޭޓަރސްގެ ހަތަރު ވަނަ ބައްދަލުވުން ފަށައިފިއެވެ.

ހޯމަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމުގައި ޗީފް ގެސްޓެއްގެ ގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، މި ބައްދަލުވުމުގައި "ސާކް ފްރޭމްވޯރކް އެގްރީމަންޓް ފޮރ އެނާރޖީ ކޯޕަރޭޝަން" (އިލެކްޓްރިސިޓީ) ތަންފީޒުކޮށް ސާކް ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ކަރަންޓު ގަނެވިއްކުމުގެ ބާޒާރެއް އުފައްދައި، ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުން ވަރުގަދަ ކުރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ ޑްރާފްޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ނިންމާފައިވާއިރު، އެ ޑްރާފްޓް ފައިނަލް ކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް އޮންނާނެއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ސާކް ޤައުމުތަކުގެ މަންދޫބުން ބައިވެރިވާއިރު، ރާއްޖޭގެ މަންދޫބުން ހިމެނޭ ގޮތަށް ޖުމުލަ 23 މަންދޫބަކު ބަައިވެރިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވަނީ މި ބައްދަލުވުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ވާހަކަދައްކަވައި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އަގުހެޔޮކޮށް ކަރަންޓު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ކަރަންޓުގެ އަގު ބޮޑުވުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ސާކް ފްރޭމްވޯރކް އެގްރީމަންޓަކީ ސާކް ޤައުމުތަކުގެ މެދުގައި ހަކަތައިގެ ގުޅުން ވަރުގަދަ ކުރުމަށް 2017 ވަނަ އަހަރު އައްޑޫ ސިޓީގައި އޮތް 17 ވަނަ ސާކް ސަމިޓުގައި އެކުލަވާލި އެގްރީމަންޓެކެވެ. އޭގެ ފަހުން ސާކްގެ ޤައުމުތަކުގެ މެދުގައި އެ ޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވޮލަންޓިއަރކޮށް ކަރަންޓު ގަތުމަށް ރާއްޖެއިން ވަނީ 2014 ވަނަ އަހަރު ސޮއިކޮށްފައެވެ. އެގޮތުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެނާރޖީ ރެގިއުލޭޓަރސް އެކްސްޕާރޓުންގެ ކައުންސިލެއް 2016 ވަނަ އަހަރު އެކުލަވާލާފައިވާއިރު، މިއަދު ބޭއްވިފައިވަނީ އޭގެ 4 ވަނަ ބައްދަލުވުމެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު