Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވިއަން

ގިިނަ ސްޓާފުން ތަކެއް އެއްފަހަރާ ވަޒީފާއިން ވަތްކެއް ނުވޭ: މޯލްޑިވިއަން

9 ޖޫން 2019 | އާދީއްތަ 19:15

އިސްތިއުފާ ދިން ޕައިލެޓުންނަކީ އަމީންއާ ގާތްގުޅުމެއް އޮންނަ ޕައިލެޓުން

އަލީ ސަމާޚް
އަލީ ސަމާޚް | 9 ޖޫން 2019 | އާދީއްތަ 19:15
މޯލްޑިވިއަންގެ ބޯޓުތަކެއް ރަންވޭގައި

މޯލްޑިވިއަންގެ ބޯޓުތަކެއް ރަންވޭގައި

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ ސްޓާފުންތަކެއް އެއްފަހަރަކާ ވަޒީފާއިން ވަކިވި ކަމަށް ދެކެވޭ ވާހަކަ އެ އެއާލައިނުން ދޮގުކޮށްފިއެވެ.

މޯލްޑިވިއަންގެ ގިނަ ޕައިލެޓުން ތަކެއް މަގާމުން އިސްތިއުފާ ދިން ކަމުގެ މައުލޫމާތު ހިމެނޭ ލިސްޓެއް ޓްވިޓާގައި ދަނީ ދައުރުވަމުންނެވެ. އެ ލިސްޓުގައި އެ ޕައިލެޓުންގެ ނަމާއި މަގާމުވެސް ވަނީ ހިމަނާފައެވެ.

Advertisement - newsAdvertisement

އެ ލިސްޓުގައި ހިމަނާފައިވާ މައުލޫމާތު ބަލާއިރު، އާދިއްތަ ދުވަހު ތިން ޕައިލެޓަކު ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން ޕައިލެޓުންނަކީ މޯލްޑިވިއަންގެ ކުރީގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަން އަމީންއާ ގާތް ގުޅުމެއް އޮންނަ މީހުންނެވެ. ބައެއް ޕައިލެޓުން ތުހުމަތު ކުރާ ގޮތުން އަމީން އަކީ މޯލްޑިވިއަން ގައި ނޫފޫޒު ގަދަ މީހެކެވެ.

އެ ލިސްޓުގައިވާ ގޮތުން ހަތަރު ޕައިލެޓަކު ވަނީ އިސްތިއުފާ ދިނުމަށްފަހު ޓްރާންސް މޯލްޑިވިއަން އެއާރވެސް (ޓީއެމްއޭ) އާ ގުޅިފައެވެ.

ޕައިލެޓުންތަކެއް އިސްތިއުފާ ދިން ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން އާދިއްތާ ދުވަހު ގައުމީ އެއާލައިނުން ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނީގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވި ކަމަށް ދައުރުވާ މެސެޖަކީ ސައްހަ މަޢުލޫމާތެއް ނޫން ކަމަށެވެ. އަދި ކުންފުނީގެ އޮޕަރޭޝަނަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުހިނގާކަން ޔަގީންކަން އަރުވާ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އެ ލިސްޓު ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. ލިސްޓުގައި ކުރިން އިސްތިއުފާދިން ބައެއް ޕައިލެޓުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ޕައިލެޓުންގެ ތެރޭގައި މައްސަލައެއް ޖެހިގެން ނޫޅެކަން މޫސަ ފާހަގަ ކުރެއްވިއެވެ.

މޯލްޑިވިއަނުން އެ ކުންފުނީގެ ގިނަ ޕައިލެޓުންތަކެއް ވަޒީފާއިން ވަކި ނުވާކަމަށް ބުނެފައިވާއިރު، މިމަހުގެ ކުރީކޮޅު މޯލްޑިވިއަންގެ ޑައިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް ކެޕްޓަން އަމީން މަގާމުން ވަނީ ދުރުކޮށްފައެވެ. އޭނާ މަގާމުން ދުރުކުރަން ނިންމީ ބޯޑުގެ ލަފާގެ މަތިންނެވެ. އެހެން ނަމަވެސް އޭނާ އެ ކުންފުނިން ވަކި ކޮށްފައެއް ނުވެއެވެ. އަމީން އާ ދެކޮޅަށް މީގެ ކުރިން ފަންސަވީހަކަށް ވުރެ ގިނަ ޕައިލެޓުން ވަނީ އިހްތިޖާޖުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް