Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯދީގެ ދަތުރުފުޅު 2019

ހަ ރޯދައިގެ ދުވަސްވަރު ކަންކަން ރާވާއިރު ފަރުޟު ނަމާދުގެ ވަގުތުތަކަށް ސަމާލުވުމަށް ޕީޢެންސީން ގޮވާލައިފި

މޯދީ މަޖިލީހުގައި ތަޤުރީރު ކުރައްވާނީ މަޢުރިބް ނަމާދަށް ފަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2019 | ހުކުރު 06:58
ޕީއެންސީގެ ޖަލްސާއެއްގައި އެޕާޓީގެ ރައީސާއި ނައިބްރައީސް ކުރީގެ ރައީސް ޔާމީނާއެކު

ޕީއެންސީގެ ޖަލްސާއެއްގައި އެޕާޓީގެ ރައީސާއި ނައިބްރައީސް ކުރީގެ ރައީސް ޔާމީނާއެކު

މިއީ ހަ ރޯދައިގެ ދުވަސްވަރު ކަމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ އިންތިޒާމްތައް ރާވާއިރު، ފަރުޟު ނަމާދުގެ ވަގުތުތަކަށް އަހައްމިއްޔަތުކަން ދިނުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ހުކުރު ދުވަހު އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިހާރުގެ އިންތިޒާމުތަކަށް ބަލާއިރު، މި ހިނގާ ހަ ރޯދައިގެ ދުވަސްތަކުގެ ދުވަހެއްގެ މަޢުރިބް ނަމާދަށް ފުރުސަތު ނުލިބޭ ކަމަށް ފާހަގަކުރެވޭ ކަމަށާއި، ފަރުޟު ނަމާދުގެ ފުރުސަތު މެމްބަރުންނަށް ގެއްލޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދައުލަތަށް ގޮވާލާ ކަމަށެވެ.

ޕީއެންސީން އެހެން ބުނެފައިވާއިރު، ހޮނިހިރު ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ނަރެންދްރާ މޯދީ, ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ މަޢްރިބް ނަމާދަށް ފަހު ކަމަށް މަޖިލީހުގެ އިދާާރާއިން ވަނީ ބުނެފައެވެ. އަދި އެގޮތަށް ހަމަޖެއްސެވީ ބޮޑު ވަޒީރު ތަގްރީރު ކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތަކީ މަޢްރިބް ނަމާދު ވަގުތާ ކައިރި ވަގުތަކަށް ވާތީއާ ނާމަދު ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ފުރުސަތު އެރުވުމުގެ ގޮތުން ކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފަައެވެ.

ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނީ، ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަމާއި، ސިޔާދަތު އަދި އިޤްތިސާދީ ގޮތުން ވަކި ބަޔަކަށް ބަރޯސާވާން ޖެހޭވަރުގެ ގެއްލުމެއް ވެދާނެ ފަދަ ކަމެއް ނުކުރުމަށް ދިިވެހި ސަރުކާރަށް އިލްތިމާސްކުރާ ކަމަށާއި، ބޮޑުވަޒީރުގެ ދަތުރުފުޅުގެ ކަންކަން ރާވާއިރު، ދިވެހިރާއްޖޭގެ ސަޤާފަތާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިހުތިރާމް ކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

އޭގެ އިތުރުން، ދިވެހި ރައްޔިތުންނަށް އަދި ދިވެހިރާއްޖެއަށް ހުތުރު ނަމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް އެ ޕާޓީން ނުކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި

21 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި
19 އެޕްރީލު 2017

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން

19 އެޕްރީލު 2017
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު