Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުނިޔޭގެ ތިމާވެށީގެ ދުވަސް

ތަރައްޤީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، ޖަޒީރާވަންތަކަން ނަގައިލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް

ފުރަތަމަ ދުވަހުން ފެށިގެންވެސް، ތިމާވެށީގެ ޙިމާޔަތަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅައިފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 5 ޖޫން 2019 | ބުދަ 12:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، \"ރަށް ފެހި\" ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުން - 15 ޑިސެމްބަރު 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، \"ރަށް ފެހި\" ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުން - 15 ޑިސެމްބަރު 2018

ރާއްޖެ ތަރައްޤީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، ރާއްޖޭގެ ޖަޒީރާވަންތަކަން ނަގައިލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެޚިޠާބގައި ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް، ތިމާވެށީގެ ޙިމާޔަތަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅައިފައިކަމަށެވެ. އެގޮތުން ތޮއްޖެހިފައިވާ މާލެ ފެހިކޮށް، ވައި ސާފު ރަށަކަށް ބަދަލުކުރުމަށްޓަކައި މާލޭގައި ހުސްޖާގަތައް ހަދައި، ޕާކް ކުރުމަށް ލުއިފަސޭހަ ގޮތްތައް އަންނަނީ ހޯދައިދެމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތިމާވެއްޓާ ރަޙްމަތްތެރި ދަތުރުފަތުރުގެ ނިޒާމެއް ތަރައްޤީކޮށް، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކުރާއިރު، ތިމާވެއްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ވައި ސާފުވުމާއި ވައި ތަޣައްޔަރުވުމަކީ، ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ޤަބޫލުކޮށް، ނޭވާ ލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސް ސޯލިހް އިލްތިމާސްކުރެއްވި އެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ "އެއަރ ޕޮލިއުޝަން" ނުވަތަ "ވައި ތަޣައްޔަރުވުން" މިއީ، ދުނިޔޭގެ ތިމާވެށީގެ އިތުރުން، އިންސާނުންގެ ޢާންމު ޞިއްޙަތާ ވެސް ނުހަނު ބޮޑަށް ގުޅިފައިވާ ޝިޢާރެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ތަފާތު ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލާން ޖެހުމުގެ ސަބަބުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މީހުން، ނުޢުމުރުގައި (ޕްރިމެޗުއަރކޮށް) މަރުވެގެންދާ ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ތަފާސްހިސާބުތަކުން ދައްކާކަމަށެވެ. އަދި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 91 އިންސައްތަ ދިރިއުޅެމުން އަންނަނީ، ރައްކާތެރިކަމަށް އެ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ، މާ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސަރަޙައްދުތަކުގައިކަން އެމަނިކުފާނު ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް ސޯލިހް ވިދާޅުވީ ވައި ތަޣައްޔަރުވުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުރި އިރު، ރާއްޖެވެސް ވަނީ އެފަދަ ބައެއް ކަންތައްތަކާ ކުރިމަތިލާން ޖެހިފައިކަމަށެވެ. އެގޮތުން ޞިނާޢީ ބޮޑެތި ކާރުޚާނާތައް ނެތެއް ކަމަކު، އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުތަކަށް ބޭނުންކުރާ އުޅަނދުތަކުން، ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު މަދެއް ނޫންކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އާބާދީގެ ބޮޑު އިންސައްތައެއް، ވެރިރަށް މާލެއަށް ތޮއްޖެހިފައިވާ އިރު، އެ އެންމެން ނޭވާލާންޖެހިފައިވަނީ، އެއްގަމު އުޅަނދުތަކުގެ ވިހަ ދުމުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި އެކަނިވެސް، 60000 އަށް ވުރެ ގިނަ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ވައި ތަޣައްޔަރުވާ މިންވަރު ދަށް ކުރެވޭނީ، ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށްގެން ކަމަށެވެ. ހަމައެއާއެކު، ހަކަތަ އުފެއްދުމަށްޓަކައި، ތެޔޮ އެންދުމުގެ ބަދަލުގައި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކޮށްގެން ކަމަށާއި، ބޭކާރު ގޮތުގައި އުފެދޭ ކުނީގެ މިންވަރު މަދުކޮށް، ކުންޏަކީ އަލުން ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީ ވެސް، ވައި ތަޣައްޔަރުވާ މިންވަރު ދަށް ކުރުމަށްޓަކައި، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ވައި ސާފުކޮށްދޭ ޤުދުރަތީ ނިޒާމަކީ ގަސްގަހާގެހި ކަމަށްވާއިރު، ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ، ކޮންމެހެން ކުރަންޖެހިގެން ނޫނީ ނުކުރެވޭނެ ކަމަކަށް ހަދަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް އޮފީހުގެ ނަމުގައި، މީޑިއާގެ އެއްވެސް ފަރާތަކާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެއް ނުވާނެ: ރައީސް އޮފީސް

ރައީސް އޮފީހުގެ ނަމުގައި، މީޑިއާގެ އެއްވެސް ފަރާތަކާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެއް ނުވާނެ: ރައީސް އޮފީސް

22 މެއި 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު