Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ކޯޓު

ހައްޔަރު ކުރި މީހުންނަށް މުއްދަތު ޖަހައި ނުދިނީ ގަވައިދާ އެއްގޮތަށް އައިއޯ އެއް ނުފޮނުވުމުން: ހުޅުމާލެ ކޯޓު

5 ޖޫން 2019 | ބުދަ 12:25

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 52 އަހަރު ދިވެހި އަންހެނެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 ޖޫން 2019 | ބުދަ 12:25
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް

މިމަހުގެ ތިން ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ދެ މީހުންނަށް މުއްދަތު ޖަހައި ނުދިނީ ގަވައިދާ އެއްގޮތަށް އައިއޯއެއް (ތަހުގީގުކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ފަރާތް) ނުފޮނުވުމުން ކަމަށް ހުޅުމާލޭ ކޯޓުން ބުނެފިއެވެ.

ކޯޓުތަކާއި ބެހޭ މައި މަރިކަޒު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ރާއްޖެއެމްވީއަށް ވިދާޅުވީ ހައްޔަރުކުރި މީހުންނަށް މުއްދަތު ޖަހައި ނުދިނީ ގަވައިދާ އެއްގޮތަށް އައިއޯ އެއް ނުފޮނުވުމުން ކަމަށެވެ.

Advertisement - newsAdvertisement

ދެވަނަ ފަހަރަށް އެމީހުން ހައްޔަރުކޮށްގެން މުއްދަތު ޖަހަން ހުލުމާލޭ ކޯޓަށް ގެންދިއުމުން އެމީހުން ދޫކޮށްލާފައިވަނީ ބުދަ ދުވަހުއެވެ.

އަންގާރަ ދުވަހު ވެސް އެދެމީހުން ހުޅުމާލޭ ކޯޓަށް ގެންދިޔައެވެ. އެހެން ނަމަވެސް ހައްޔަރުކުރުމަށް ހުޅުމާލޭ ކޯޓުން ނެރުނު އަމުރު ފުރިހަމަ ނުވާތީކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލާފައެވެ.

އަންގާރަ ދުވަހު ހުޅުމާލޭ ކޯޓުން ފުލުހުންނަށްދީފައިވާ ކޯޓު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު 32 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަމްބަރާއި، 41 ވަނަ މާއްދާގެ (ށ) ގެ 6 ނަމްބަރުގައިވާ ކަންތައްތައް ކޯޓު އަމުރުގައި ފުރިހަމަވެފައިނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު 32 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަމްބަރުގައި ބުނެފައިވަނީ ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގައި ހުއްދަދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު ހުންނަންޖެހޭނެ ކަމަށެވެ. އަދި އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ 6 ނަމްބަރުގައި ބުނެފައިވަނީ މީހަކު ހައްޔަރުކުރުމަށް ނެރޭ ކޯޓު އަމުރުގައި ހުއްދަދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު ހިމަނަންޖެހޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ދެ މީހުން ހައްޔަރުކުރުމާއި ބަލައި ފާސްކުރުމަށް ހުޅުމާލޭ ކޯޓުން ފުލުހުންނަށް ދިން އަމުރުގައި އެކަންކަން ފުރިހަމަ ނުވާކަމަށެވެ.

އެހެން ކަމުން ދެވަނަ ފަހަރަށް އެދެމީހުން ބަންދުގެ މުއްދަތު ޖަހައިދޭން ބުދަ ދުވަހު ފުލުހުން ހުޅުމާލޭ ކޯޓަށް ދިޔައެވެ. އެކޯޓުން ބުނީ ފުލުހުން އެދެމީހުންގެ ބަންދުގެ މުއްދަތު ޖަހަން އައީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 8 ވަނަ މާއްދާގެ (ހ) ފުރިހަމަ ނުކޮށް ކަމަށެވެ. އެމާއްދާގައި ވާގޮތުން ތަހުގީގުކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ފަރާތް ކޯޓަށް ހާޒިރުވުމަށް އުޒުރުވރިވާނަމަ ގާނޫނު ތަންފީޒުކުރާ އިދާރާގެ ރަސްމީ ލިޔުމަކާއިއެކު ބަދަލުގައި އެ އިދާރާގެ އެހެން ފަރާތެއް ކޯޓަށް ހާޒިރު ކުރެވިދާނެކަމަށެވެ.

ފައިސަލް ވިދާޅުވީ އެމައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ފުލުސް މީހާގެ ބަދަލުގައި އެހެން ފުލުހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވިދާނެކަމަށާއި އެހެން ނަމަވެސް ރަސްމީކޮށް އެއްވެސް ލިޔުމެއް ސިޓީއެއް ވެސް ފޮނުވާފައި ނުވާކަމަށެވެ. ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހޯމަ ދުވަހުގެރޭ 03:10 ހާއިރު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 52 އަހަރު ދިވެހި އަންހެނެއްކަމަށް ފުލުހުން ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް