Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން

އޮސްޓްރޭލިއާގެ ގައުމީ ޓީވީ އަށް ފުލުހުން ވަދެ ބަލާފާސް ކޮށްފި

5 ޖޫން 2019 | ބުދަ 09:00

ބަލާފާސް ކުރީ، "ދަ އަފްޣާން ފައިލްސް"ގައި މަސައްކަތް ކުރި ތިން ރިޕޯޓަރުންނަށް އަމާޒުކޮށްގެން

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 5 ޖޫން 2019 | ބުދަ 09:00
ސިޑްނީގައި ހުންނަ \"އޭބީސީ\"ގެ އޮފީހަށް ފުލުހުން ވަންނަނީ

ސިޑްނީގައި ހުންނަ \"އޭބީސީ\"ގެ އޮފީހަށް ފުލުހުން ވަންނަނީ

އޮސްޓްރޭލިއާގެ ގައުމީ ޓީވީ ކަމަށްވާ އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، ނުވަތަ "އޭބީސީ" އިން 2017 ވަނަ އަހަރު ދެއްކި ރިޕޯޓްތަކަކާ ގުޅިގެން ފުލުހުން އެތަން ބަލާފާސްކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ބުދަ ދުވަހެވެ.

"އޭބީސީ"އިން 2017 ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮސްޓްރޭލިއާގެ ސްޕެޝަލް ފޯސަސްއިން ވަނީ އަފްޣާނިސްތާނުގެ އެއްވެސް ކުށެއް ނެތް ފިރިހެނުންނާއި ކުޑަ ކުދިންތަކެއް މަރާލާފައެވެ. އަދި މި ރިޕޯޓްތައް ބިނާކޮށްފައި ވަނީ ސަރުކާރުގެ ތެރެއިން ހޯދާފައިވާ ޑޮކިއުމަންޓްތަކެއްގެ މައްޗަށް ކަމަށް "އޭބީސީ"އިން ބުންޏެވެ.

"ދަ އަފްޣާން ފައިލްސް"އަކީ ދެ އަހަރުގެ މަސައްކަތަށް ފަހު "އޭބީސީ"އިން ތައްޔާރު ކުރި އިންވެސްޓިގޭޓިވް ރިޕޯޓެކެވެ.

"އޭބީސީ"ގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޖޯން ލިޔޯން ވިދާޅުވީ ސިޑްނީގައި ހުންނަ އޮފީސް ބަލާފާސް ކުރީ، ދެ އަހަރު ވަންދެން "ދަ އަފްޣާން ފައިލްސް"ގައި މަސައްކަތް ކުރި ތިން ރިޕޯޓަރުންނަށް އަމާޒުކޮށްގެން ކަމަށެވެ.

ރިޕޯޓަރުންގެ ނޯޓްތަކާއި، އީމެއިލް އާއި، ފުޓޭޖް، ރިޕޯޓްގެ ޑްރާފްޓްތަކުގެ އިތުރުން ޕާސްވޯޑްތައް ދިނުމަށް ބަލާފާސް ކުރުމަށް ހުއްދަދޭ އަމުރުގައިވާ ކަމަށް ލިޔޯން ފާހަގަ ކުރެއްވިއެވެ.

އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް އިން ބުނީ އޭބީސީ އޮފީސް ބަލާފާސް ކުރީ، ކްލެސިފައިޑް ނުވަތަ ސިއްރު މޭޓިރިއަލްތަކެއް ޕަބްލިޝް ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ.

ބުދަ ދުވަހުގެ ރެއިޑްގެ އެއް ދުވަސް ކުރިން، ފުލުހުން ވަނީ "ނިއުސް ކޯޕް އޮސްޓްރޭލިއާ"ގެ ނޫސްވެރިއެއް ކަމަށްވާ އަނީކާ ސްމެތަރސްޓްގެ ގެ ބަލާފާސްކޮށްފައެވެ.

ނަމަވެސް، ފުލުހުން ވަނީ މި ދެ އޮޕަރޭޝަންގެ ގުޅުއްމެއް ވާކަމަށް އިންކާރުކޮށްފައެވެ.

މި ކަންތައް ކުށްވެރިކޮށް، އޮސްޓްރޭލިއާގެ ނޫސްވެރިންގެ ޔޫނިއަން ކަމަށްވާ "ދަ މީޑިއާ، އެންޓަޓޭންމަންޓް އެންޑް އާޓްސް އެލަޔަންސް" އިން ބުނި ގޮތުގައި، މިއީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގެ ހަގީގަތް ގެނެސް ދިނުމަށް ނޫސްވެރިންނަށް ބިރު ދެއްކުމުގެ ގޮތުން ކުރާ ކަމަކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
03 އެޕްރީލު 2017

ކެރެލާގައި ފުލުހުންތަކެއް ކާނާ ވިހަވި މައްސަަލަ ތަހުގިީގު ކުރަނީ

03 އެޕްރީލު 2017
ކެރެލާގައި ފުލުހުންތަކެއް ކާނާ ވިހަވި މައްސަަލަ ތަހުގިީގު ކުރަނީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
10 މާރިޗު 2017

މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި

10 މާރިޗު 2017
މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް