Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަލީކުގެ މަދިރިހޯހޯ މެސެޖު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

4 ޖޫން 2019 | އަންގާރަ 08:50

ގިނަ ބައެއްގެ ހިތުން މަލީކު ވަނީ ޖާގަ ހޯދާފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖޫން 2019 | އަންގާރަ 08:50
މަލީކު

މަލީކު

މަލީކު އަކީ މިހާރު ރާއްޖޭގެ ރައްޔިތުންނަށް އާ ނަމަކަށް ނުވާނެއެވެ. ދިވެހިންގެ ހިތްތަކުން ފުރިހަމައަށް ލޯބި ހޯދާފައިވާ އަދި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ މަލީކުގެ ކުޅަދާނަކަން މިދިޔަ އަހަރު ރާއްޖެޓީވީން ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދިން "ހީލަމާ" ޝޯއިން ފެނިގެން ގޮސްފައިވީ ނަމަވެސް މަލީކުގެ މަޝްހޫރުކަން އިތުރުވެގެންދިޔައީ ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގެ ސަބަބުންނެވެ.

އެ ވީޑިއޯއިން ފެންނަނީ ރައީސް ސޯލިހު މިސްކިތުން ނުކުންނަވަމުން މަލީކުއާ ސަލާމް ކުރައްވާއިރު، "ތިދަނީ ކޮންތާކަށްހޭ" އަހައި މަލީކު ރައީސް އަރިހުގައި ސުވާލުކުރާ ތަނެވެ. އަދި ރައީސް ވަޑައިގަންނަވަނީ ގެކޮޅަށޭ ވިދާޅުވުމުން ގެއަށް ކިޔަނީ ކޮން ނަމެއްތޯ މަލީކު ސުވާލުކުރެއެވެ. އެހިސާބުން ސަމާސާ ރާގެއްގައި ރައީސް "އެނގޭނެއޭ" ވިދާޅުވުމުން މަލީކު މުލިއާގެ ކަމަށް ވިދާޅުވާ ގޮތުން ގިނަ ބައެއްގެ ހިތުން މަލީކު ވަނީ ޖާގަ ހޯދާފައެވެ. މަލީކުގެ ސަކަ، ހިތްހެޔޮ މިޒާޖު ގިނަ ބަޔަކަށް އެހިސާބުން ވަނީ ކަމުގޮސްފައެވެ. "މިސްކިތު ފުރެންޑު"ގެ ނަމުން މަލީކު މަޝްހޫރުވީ އެހިސާބުންނެވެ.

އަނެއްކާ ވެސް މަލީކު މިވަނީ ހަމަ އެގޮތަށް އެންމެން ހައިރާން ކޮށްލުވާފައެވެ. އެލައިޑް އިންޝުއަރެންއިން މަދިރި ނައްތާލުމަށް ހޭލުންތެރި ކުރުމަށް ތައްޔާރު ކުރި ވީޑިއޯގެ ސަބަބުން މިވަނީ އަނެއްކާ ވެސް މަލީކުގެ ޖާދޫގައި ގިނަ ބަޔަކު ޖައްސާފައެވެ.

ވީޑިއޯއިން ފެންނަނީ އީދު ނަމާދަށް ފަހު މަލީކު ހެނދުނު ސަޔަށް އިންސާފު ކުރުމަށް އާއިލާއާއެކު ސުފުރާ މަތީގައި އިންނަ މަންޒަރެވެ. ކާން އިނދެފައި މަލީކުގެ ކާފަ "މިސްކިތު ފުރެންޑް ބުނީ ކީކޭތޯ" ސުވާލު ކުރުމުން މަލީކު ދޭ ޖަވާބު ވަރަށް ވެސް ފުރިހަމައެވެ.

އެއަށް ފަހު އީދު ހަދިޔާ ބަދަލުކުުރުމުގެ ތެރޭގައި ދެކެވުނު ވާހަކައިގެ ތެރޭގައި "މަލީކަކީ ވަރަށް ޤައުމީ ކުއްޖެއް" ކަމަށް އޭނާ ބުނުމުން އީދުގައި މަލީކު ޤައުމަށް ކޮށްދޭނީ ކޮންކަމެއްތޯ އާއިލާ މެމްބަރަކު ސުވާލު ކުރެއެވެ. އެ ސުވާލަށް ޖަވާބުދެމުން މަލީކު ބުނީ ޤައުމަށްޓަކައި ޚާއްސަ ކެމްޕެއިންއެއް ކުރަން އުޅޭ ކަމަށެވެ.

އެހިސާބުން އާއިލާ މެމްބަރަކު މަލީކު ގާތުން ކެމްޕެއިން ފަށަނީ ކޮންއިރަކުތޯ އަހާލުމުން ކެމްޕެއިން ފެށުމުގެ ކުރިން މުހިއްމު ފޯން ކޯލެއް ކުރަންޖެހޭ ކަމަށް މަލީކު ބުނެއެވެ. އެގޮތުން މަލީކު ބުނަނީ ކެމްޕެއިން ފެށުމުގެ ކުރިން ގާތް ރައްޓެއްސަކަށް ގުޅާލަންޖެހޭ ކަމަށެވެ. އަދި އެއީ ކޮން ގެއެއްގައި އުޅޭ ރައްޓެއްސެއްތޯ އެހުމުން މިފަހަރުވެސް މަލީކުގެ ސަމާސާ ރާގުގައި "މުލިއާގެ" އޭ ބުނެއެވެ.

މަދިރި ހޯހޯ ކެމްޕެއިންއާ ގުޅޭގޮތުން އެލައިޑުން ތައްޔާރުކުރި މަލީކުގެ މި ވީޑިއޯ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، ރައީސް ސޯލިހުވެސް ވަނީ އެމަނިކުފާނުގެ "މިސްކިތު ފްރެންޑު" ގެ މަދިރި ހޯހޯ ކެމްޕެއިން މެސެޖު ވަރަށް ޚާއްސަ ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ.

ކޮންމެއަކަސް ކުޑަކުދިންނާ އަބަދުވެސް ގާތްކަމެއް ބަހައްޓަވާ ރައީސް ޞާލިހާއި އެމަނިކުފާނުގެ މިސްކިތު ފްރެންޑުގެ ވާހަކަތައް ދިވެހިންނަށް މިވަނީ ވަރަށް ކަމުގޮސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
10 ޖޫން 2017

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
07 ޖެނުއަރީ 2017

އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް

07 ޖެނުއަރީ 2017
އަމްޖޭ އަކީ އެވޯޑު ލިބުމުގައި ވަރަށް ބަދު ނަސީބު މީހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް