Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީއެސްއެމްގެ އަށް އެންގި އެންގުން

ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ބްރޯޑްކޮމް އިން ޕީއެސްއެމްއަށް އަންގައިފި

މާފަށް އެދެން އެންގީ ނިވާކަން ކުޑަ ހެދުންލީ ބައެއްގެ މަންޒަރު ދެއްކުމުން

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ, ރާއްޖެ އެމްވީ | 4 ޖޫން 2019 | އަންގާރަ 06:13
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) - ރާއްޖެ އެމްވީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) - ރާއްޖެ އެމްވީ

ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާތަކާ ގުޅޭ ގޮތުން ސުވާލު އުފައްދައި ހަޤީޤަތް އޮޅޭ ގޮތަށް ޕަބްލިކް ސަރވިސް މީޑީއާ (ޕީއެސްއެމް) އިން މަޢުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ، އެކަން އެގޮތަށް ނުކުރުމަށް ޕީއެސްއެމް އަށް ބްރޯޑްކޮމް އިން އިލްތިމާސްކޮށްފިއެވެ.

ބްރޮޑްކޮމް އިން އެ ގޮތަށް އަންގާފައި މި ވަނީ އާ އަހަރު ފާހަގަ ކުރުމަށް 2017 ވަނަ އަހަރު އަލިމަސް ކާނިވަލުގައި ބޭއްވި ޝޯއެއްގައި ނިވާކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި މަންޒަރުތަކެއް ދެއްކި މައްސަލާގައި، މައާފަށް އެދުމަށް އެ ކޮމިޝަނުން އެންގުމުން ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ހުރި ކަންތައްތަކަކާ ގުޅިގެންނެވެ. މާފަށް އެދި 4 މާރޗު 2018 ކުރިން ބަޔާނެއް ނެރުމަށް ޕީއެސްއެމްއަށް ވަނީ އަންގާފައެވެ. ނަމަވެސް ޕީއެސްއެމް އިން މާފަށް އެދި ބަޔާނެއް ނެރެފައި ވަނީ އޭގެ އަހަރެއް ފަހުން 22 މެއި 2019 ގައެވެ. އަދި އެ ބަޔާނުގައި ބްރޯޑްކޮމް އިން އެ މައްސަލައާ މެދު އަމަލުކޮށްފައިވާ ގޮތާ މެދު ހަގީގަތް އޮޅޭ ގޮތަށް ބައެއް ވާހަކަ ހިމަނާފައިވާ ކަމަށް އެ ކޮމިޝަނުން ހޯމަ ދުވަހު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ޕީއެސްއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުރީގެ މެނޭޖްމަންޓުން އެކަމަށް މާފަށް ނޭދި އޮތް ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ފެށި އެ ކުންފުނީގެ އާ ޑިރެކްޓަރުންގެ ބޯޑަކާއި އިސް މެނޭޖްމަންޓެއް ކަނޑައެޅުމާ ހަމައަށް ބްރޯޑްކޮމް އިން އޮތީ "ހަނު" ކަމަށެވެ. އަދި އަހަރެއް ވެގެން ދިޔަ އިރު އެ ނިންމުން ތަންފީޒުކުރުވުމަށް މަސައްކަތްކޮށްފައި ނުވާކަން ދޭހަވާ ގޮތަށް އެ ބަޔާނުގައި ސުވާލު އުފައްދާފައި ވެއެވެ.

އެ ކަމަށް ރައްދުދީ ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލައިގެ ނިންމުން ތަންފީޒުކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހު ވެސް ޕީއެސްއެމް އަށް އަންގާފައިވީ ނަމަވެސް އެ ނިންމުން ތަންފީޒުކޮށްފައި ނުވާ ކަމަށާއި، އޭޕްރިލް މަހު މި މައްސަލަ ތަންފީޒުކުރުމަށް ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް، މައްސަލަ ހައްލުކުރުމަށް ދެ ފަރާތުން ވާހަކަ ދެއްކުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އެދިފައިވާ ކަމަށާއި އޭޕްރިލް މަހު އެކަމާ ގުޅިގެން ބައްދަލުވުމެއް ބާއްވާ، ޕީއެސްއެމުން އެ ބައްދަލުވުމުގައި ދިން މައުލޫމާތަށް ރިއާޔަތް ކުރުމަށް ފަހު އެ މައްސަލާގައި ކުރިން ނިންމާފައިވާ ނިންމުން ޕީއެސްއެމް އިން ތަންފީޒުކުރަންޖެހޭނެ ކަން އަންގާފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.

ބްރޯޑްކޮމް އިން އިތުރަށް ބުނެފައި ވަނީ، ޕީއެސްއެމްގެ މެނޭޖްމަންޓް ބަދަލުވުމަކީ އެ ކޮމިޝަނުން އެންގި ނިންމުން ތަންފީޒުކުރުމަށް އޮތް ހުރަހެއް ނޫން ކަމަށާއި، އެ ނިންމުން 26 މެއި 2019 ގެ ކުރިން ތަންފީޒުކުރުމަށް ޕީއެސްއެމްއަށް އިތުރު ފުރުޞަތެއް ދީފައިވާނެ ކަމަށެވެ.

ބްރޯޑްކޮމް އިން ހޯމަ ދުވަހުގެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕީއެސްއެމްގެ މައްޗަށް އެ ކޮމިޝަނުން އެންގި އެންގުން ތަންފީޒުކުރުމަށް މަސައްކަތްކުރީ ސަރުކާރު ބަދަލުވެ އާ މެނޭޖްމަންޓެއް ކަނޑައެޅުމުން ނޫން ކަމަށާއި އެ މައްސަލައިގައި އެ ކޮމިޝަނުން އަމަލުކޮށްފައި ވާނީ އެހެން މައްސަލަތަކުގައި ވެސް އެ ކޮމިޝަނުން އަމަލުކުރާ އުސޫލުން ކަމަށެވެ.

މީގެ އިތުރުން، އެ ކޮމިޝަނުގެ ޒިންމާ އަދާކުރުމާ ގުޅޭ ގޮތުން ސުވާލު އުފެދި ހަޤީޤަތް އޮޅޭ ފަދަ ވާހަކަތަކެއް ޕީއެސްއެމް އިން އާއްމުކުރި ބަޔާނުގައި ހިމަނާފައިވާ ކަމަށާއި މި ކަމަކީ ދައުލަތުގެ މީޑިއާއި ން ދައުލަތުގެ އެހެން މުއްސަސާއެއްގެ އަގު ވެއްޓޭ ގޮތަށް ކޮށްފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެ ކޮމިޝަނުން ފާހަގަކުރާ ކަމަށް އެ ނޫސް ބަޔާނުގައި ވެއެވެ.

ވަކި ފަރާތަކަށް ނުޖެހި ރަނގަޅު ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ޚިދުމަތް ދިނުމަށް އަމާޒު ހިފައިގެން ޕީއެސްއެމް އިން މަސައްކަތްކުރަންޖެހޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ޕީއެސްއެމް އަށް އިންޒާރު ދޭ މޭރުމަކުން ބްރޯޑްކޮމް އިން ބަޔާން ނެރެފައިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބްރޯޑްކޮމް އިން އަމަލުކޮށްފައިވާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އެ ކޮމިޝަނަށް ރައްދުވެފައިވެއެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ރާއްޖެޓީވީ އަށް އިންޒާރުދީ އެތައް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ. އަދި އޭރު ޕީއެސްއެމް އާއި ސަރުކާރަށް ތާއީދުކުރާ ޗެނެލްތަކުގެ މައްސަލަތައް ބެލުމުގައި ތަފާތުކުރުން ގެންގުޅެފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު މިހާރު ތިއްބެވި ކޮމިޝަންގެ މެންބަރުން މަގާމު ދިފާއުކުރެއްވުމަށް މަސައްކަތްކުރައްވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު