Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

ހައި ކޯޓުން އަލުން ބަލަން ހުކުމްކުރި ދެ މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރަނީ

2 ޖޫން 2019 | އާދީއްތަ 12:34

ޚިޔާނާތުގެ މައްސަލަ ހޯމަ ދުވަހު ސުޕްރީމްކޯޓުގައި ޕީޖީއިން އިސްތިއުނާފު ކުރާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ޖޫން 2019 | އާދީއްތަ 12:34
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

ހައިކޯޓުން ވަނީ އަދީބަށް ކުރި ޚިޔާނާތުގެ އަށް އަހަރާއި ލޯންޗުކޮޅު މައްސަލައިގައި އިއްވި 15 އަހަރުގެ ހުކުމް ބާތިލް ކޮށްފައެވެ. އަދި އެ ދެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގައި އެދިފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް އަނބުރާ ޕީޖީއަށް ފޮނުވާލާފައެވެ.

Advertisement - newsAdvertisement

އަދީބުގެ މައްޗަށް ކުރި އެ ދެ ހުކުމުގެ އިތުރުން ޕީޖީއިން ދައުވާ ކުރި 13 މައްސަލައެއް ކްރިމިނަލް ކޯޓުން ވަނީ އަނބުރާ އެ އޮފީހަށް ފޮނުވާފައެވެ.

ކްރިމިނަލް ކޯޓުން މެއި މަހުގެ 28 ގައި ނިންމި ނިންމުމުގައި ބުނެފައި ވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ އައިޝަތު ބިޝާމް ރާއްޖެއެމްވީއަށް ވިދާޅުވީ ހައިކޯޓުން ބާތިލް ކުރި އަދީބުގެ ދެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އެގޮތުން ޚިޔާނާތުގެ މައްސަލަ ހޯމަ ދުވަހު ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ލޯންޗުކޮޅުގެ މައްސަލާގައި ހައިކޯޓުން ބާތިލު ކުރި ހުކުމް ވެސް ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު އިސްތިއުނާފު ކުރާނެއެވެ.

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު ޖަލަށް ލާން ކުރި 15 އަހަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން އަމުރު ކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ރިޔާސީ ލޯންޗްކޮޅުގެ މައްސަލާގައި އަދީބަށް ކުރި ހުކުމުގެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ޖެހޭ ކަމަށާއި އެހެންވެ، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަލުން ބެލުމަށް 15 ދުވަހުގެ މުހުލަތެއް ދިނުމަށެވެ.

އަދީބު ޚިޔާނާތްވި ކަމަށް ކަނޑައަޅައި ކުރި އަށް އަހަރުގެ ހުކުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ. އެހުކުމް ބާތިލް ކުރުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަންގާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ޕީޖީއަށް އަނބުރާ ފޮނުވި 15 މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގާ ގުޅިގެން ނުވަ ރަށެއްގެ ނުވަ ދައުވާ ވެސް ހިމެނެއެވެ. އެ ދައުވާގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ.

ތަފާތު އެކި ދައުވާތަކުގައި އަދީބުގެ މައްޗަށް ދަށު ކޯޓުން 33 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ. ނަމަވެސް މަތީ ކޯޓުތަކުން މިހާރު ވަނީ އެ ހުކުމްތައް ބާތިލްކޮށްފައެވެ. އަދީބު މި ވަގުތު ހުންނެވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކުރި 15 ދުވަހުގެ ހުކުމުގައެވެ. ބަލި ހާލަތު ހުރި ގޮތުން އަދީބު ގޭބަންދުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް