Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމް ކޯޓު

ބޭރުގެ ކޮންސަލްޓެންޓް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރުދިން: ސުޕްރީމް ކޯޓު

ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށް އޭނާ ވިދާޅުވި: ސުޕްރީމް ކޯޓު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 2 ޖޫން 2019 | އާދީއްތަ 11:56
ބަންޑާރަ ނައިބާއި ޖަސްޓިސް ޔޮހާން ކްރީގްލަރގެ ބައްދަލުވުމުގެ ތެރެއިން

ބަންޑާރަ ނައިބާއި ޖަސްޓިސް ޔޮހާން ކްރީގްލަރގެ ބައްދަލުވުމުގެ ތެރެއިން

ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކުރެއްވި ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ސުޕްރީމްް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވާ އިންޒާރުދެއްވި ކަމަށް އެ ކޯޓުން ބުނެފި އެވެ.

ސުޕްރީމް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ނިންމަވައި، އެ ދިރާސާ ކުރެއްވުމަށްޓަކައި އައްޔަންކުރެއްވި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ 29 މެއި 2019 ވީ ބުދަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހާއި ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި، ޝަރުޢީ ދާއިރާގެ ޙާލަތު ހުރި ގޮތާއި، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްޞީލު ޙިއްޞާކުރެވުނުކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

Advertisement - newsAdvertisement

އެގޮތުން ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙުކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވެމުންދާ އެކްޝަން ޕްލޭނުގެ މައުލޫމާތުވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ ޙިއްޞާކުރެވުނުކަމަށާއި، އަދި ސިޔާސީ ނުފޫޒާއި، ބިރުދެއްކުންތަކާއި، ފަނޑިޔާރުގޭގެ ޙުރުމަތަށް އަރައިގަނެ ފަނޑިޔާރުންގެ އަގު ވައްޓައިލައި، ބަދުނާމު ކުރުމުގެ މަޤްޞަދުގައި ކުރެވޭ ކަންކަމުގެ ސަބަބުން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ކުރިމަތި ވެފައިވާ ނުރައްކާތަކާ ބެހޭގޮތުން ވެސް އޭނާޔަށް މަޢުލޫމާތު އެރުވުނުކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. ނަމަވެސް، އިޚްލާޞްތެރި ހެޔޮ ނިޔަތެއްގައި އެ ކަންކަން ޙިއްޞާ ކުރުމުން، އެއިން އެއްވެސް ކަމަކާ މެދު މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި، ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށް ވިދާޅުވިކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

އެ ބައްދަލުވުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނީ ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށް ކޮންސަލްޓެންޓް ވިދާޅުވިކަމަށެވެ. އަދި ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެކަމަށްވެސް ވިދާޅުވިކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އަދި އެއީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ބިރު ދައްކަވައި އިންޒާރުދިނުންކަމަށް ސުޕްރީމް ކޯޓުން ސިފަކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނީ ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކުރެއްވި ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވީ، ޝަރުޢީ ދާއިރާއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެއްވުމެއްނެތި އަދި ކަންތައްތައް ހިނގަމުންދާ ގޮތާމެދު ޝަރުޢީ ދާއިރާގެ ބަހެއް ހޯއްދަވައި، ކަމުގެ ޙަޤީޤަތްތައްވެސް އޮޅުންފިލުއްވުމެއް ނެތިކަމަށެވެ. އަދި ވަކި ގޮތަކަށް ވިސްނުންފުޅު ބައްޓަން ކުރައްވައިގެން އަދި ވަކި ގޮތަކަށް ޢަމަލު ކުރެއްވުމަށް ކުރިންސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކަފުޅުން ސާފުކޮށް އެނގޭކަމަށްވެސް އެ ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ބުނީ ޝަރުޢީ ދާއިރާއާ މެދު އޭނާގެ ވާހަކަފުޅު ހުރީ ނަފްރަތާއި ތަޢައްޞުބުން ފުރިގެންވާ ގޮތެއްގައިކަމަށާއި، ފަނޑިޔާރުގެ އިޞްލާޙުކޮށް ތަރައްޤީކުރުމާ ބެހޭގޮތުން ޝަރުޢީ ދާއިރާގެ ވިސްނުން އޮޅުންފިލުވުމުގެ އެއްވެސް ޝައުޤުވެރިކަމެއް އޭނާގެ ކިބައިގައި ނެތްކަން، އޭނާ ޢަމަލު ކުރެއްވި ގޮތުން ކަށަވަރު ވެގެންދިޔަކަމަށެވެ. އަދި އޭނާގެ ވާހަކަފުޅު ހުރީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއްގެ މައްޗަށް ބުރަވެވަޑައިގެން، ވަކި ނަތީޖާއެއް ޙާޞިލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ގޮތައް ކަމަށާއި، ބައިނަލްއަޤުވާމީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅަކު، ފަނޑިޔާރުގެއަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކަށް ނުވަތަ އިދާރާޔަކަށް ވިޔަސް ބިރު ދައްކައި އިންޒާރުކުރުމަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިޙްތިރާމް ކުޑަކުރުމުގެ ޢަމަލުތަކެއްކަމުގައި މެނުވީ ނުވާނެކަން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ޝަރުޢީ ދާއިރާގެ ފުރިހަމަ ދިރާސާއެއް ކުރުމަށްޓަކައި އދގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީއާއެކު، ބަންޑާރަ ނައިބްގެ އޮފީހުން ވަނީ ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ކޮންސަލްޓަންޓެއްގެ ގޮތުގައި ޢައްޔަނުކުރައްވާފައެވެ. ބަންޑާރަ ނައިބްގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ފެށުމުގެ ގޮތުން ޝަރުޢީ ދާއިރާ މިހާރު ބައްޓަން ކުރެވިފައިވާ ގޮތާއި, އެ ދާއިރާ ހިނގަމުންދާ ގޮތުގެ ދިރާސާއެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނި ގޮތުގައި ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށްޓަކައި ކުރުމަށް ހަަމަޖެހިފައިވާ މި މަސައްކަތުގައި ހިމެނޭ މައިގަނޑު ބައިތަކަކީ، ޝަރުޢީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގައި އަދި އެ ޤާނޫނުތައް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުޢީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖަޢާކުރުމާއި، ފަނޑިޔާރުން ޢައްޔަންކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖަޢާކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތައް ނުވަތަ "ރިކޮމެންޑޭޝަންސް ސަރުކާރަށް ހުށަހެޅުންކަމަށެވެ.

ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ހުށަހަޅުއްވާ ފައިނަލް ރިޕޯޓް ބަންޑާރަ އޮފީހާ ހިއްސާކުރުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2019 ގެ ނިޔަލަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު