Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

ބަންދާއިމެދު ގޮތެއް ނިންމުމަށް އަދީބު ކްރިމިނަލް ކޯޓުގައި

2 ޖޫން 2019 | އާދީއްތަ 10:05

ހައިކޯޓުން އަލުން ބަލަން އެންގި މައްސަލައެއް ނުބަލަން ދަށު ކޯޓަކަށް ނޭންގޭނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ޖޫން 2019 | އާދީއްތަ 10:05
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ހުކުމް އަލުން ބެލުމަށް 15 ދުވަސް ޖެހުމުން އެބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުކުރައްވައިފިއެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަން ސާބިތުވެގެން އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. އެ މައްސަލަ އަދީބަު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އަމުރު ކުރީ އެމައްސަލަ ދަށު ކޯޓުން އަލުން ބަލަން ޖެހޭ ކަމަށާއި އެހެންވެ، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް 15 ދުވަހުގެ މުހުލަތެއް ދިނުމަށެވެ. ހައިކޯޓުން އެ އަމުރު ކުރީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެ 15 ދުވަސް ހަމަވާން ދެން އޮތީ ބާކީ ދެ ދުވަހެވެ.

Advertisement - newsAdvertisement

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ރާއްޖެއެމްވީއަށް ވިދާޅުވީ އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ އޮފީހުން ހުށައެޅީ ޝަރީއަތް ނިމެންދެން ކަމަށެވެ. އެހެން ނަމަވެސް ހައިކޯޓުން އަލުން ބަލަން ނިންމި އަދީބުގެ ދެމައްސަލަ ކްރިމިނަލް ކޯޓުން އެއޮފީހަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ހައިކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަލުން ބެލުމަށް އަމުރު ކުރި ދެ މައްސަލައަކީ ލޯންޗުކޮޅުގެ މައްސަލައާއި ޚިޔާނާތުގެ މައްސަލައިގައި ކުރި 8 އަހަރުގެ ހުކުމެވެ. އެދެމައްސަލަ ބާތިލް ކުރި ނަމަވެސް އަލުން ބެލުމަށް އެހުކުމުގައި ވަނީ އަމުރުކޮށްފައެވެ.

ބިޝާމް ވިދާޅުވީ ހައިކޯޓުން ނިންމާ ނިންމުމަކަށް ކްރިމިނަލް ކޯޓުން އަމަލު ކުރަންޖެހޭނެ ކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ވެސް އެ އަމުރާއި އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށާއި ހައިކޯޓުން ނިންމާ ނިންމުމަކަށް ދަށު ކޯޓުން އަމަލު ނުކުރުމަށް ނުނިންމޭނެކަމަށެވެ.

ބިޝާމް ވިދާޅުވީ އެމައްސަލައާއި ބެހޭގޮތުން އިތުރަށް އެއްޗެއް ވިދާޅުވެވޭނީ އަދީބުގެ ބަންދާއި މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމުން ކަމަށެވެ. އަދި އަދީބުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ނުކޮށްދީފިނަމަ ސުޕްރީމް ކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމް ތަކުން މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ. ނަމަވެސް ރިޝްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އަދީބުގެ މައްޗަށް، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 15 ދުވަހުގެ ހުކުމެއް ވަނީ އިއްވާފައެވެ. އެހުކުމް ކަރެކްޝަނުން ދަނީ މިހާރު ތަންފީޒު ކުރަމުންނެވެ.

15 ދުވަހުގެ ހުކުމް ތަންފީޒު ކޮށް ނިމޭނީ މި މަހުގެ 13 ވަނަ ދުވަހުގެ ރެއަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް