Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑީއާ- ރާއްޖެ

ޚާރިޖީ ވަޒީރު ޝާހިދު އިންޑިއާގެ އައު ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެ

31 މެއި 2019 | ހުކުރު 18:01

ދެ ޤައުމުގެ ގުޅުން އައު މިސްރާބަކަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 މެއި 2019 | ހުކުރު 18:01
އިންޑިއާގެ އައު ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު

އިންޑިއާގެ އައު ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒްގެ މަޤާމަށް އަލަށް އައްޔަން ކުރެވުނު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މަރުޙަބާ ދަންނަވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރުއަށް މިނިސްޓަރ ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖްގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ގުޅުން އައު މިސްރާބަކަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޑރ. ޖައިޝަންކަރުގެ ތަޖުރިބާ އާއި، ދިވެހިރާއްޖެ އާއި އިންޑިއާގެ ދެމެދުގައި އޮތް ގުޅުމާއި ބެހޭ ގޮތުން އެމަނިކުފާނު ކުރައްވާފައިވާ ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި މީގެ ކުރިން އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަޤާމުގައި ހުންނެވިއިރު ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް ޑރ. ޖައިޝަންކަރު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި، އަނެއްކާވެސް އެމަނިކުފާނާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޝާހިދުގެ މެސެޖްގައި ވިދާޅުވިއެވެ.

ހަމައެއާއެކު އަލަށް ހަވާލުވެވަޑައިގަތް މަސްއޫލިއްޔަތު އުފުއްލެވުމުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު އަށް ކާމިޔާބީ އަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.

މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ކުރީގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި، އެކަމަނާއަކީ ދިވެހިރާއްޖޭގެ ގާތް ރަޙުމަތްތެރިއެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަމަނާގެ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގެ ރޫޙާއި، މަސައްކަތަށް ދެއްވާ އަހައްމިއްޔަތުކަމުން އެމަނިކުފާނަށް ވެސް ހިތްވަރު ލިބިވަޑައިގަތް ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް