Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

މިސްކިތަކީ ބޭރުގެ ޖަމާއަތްތަކުން ފަންޑުކޮށްފައިވާ މިސްކިތެއް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 31 މެއި 2019 | ހުކުރު 05:29
އެންޓީޖޭ އިން އަޅާފައިވާ މިސްކިތް ތަޅާލަނީ

އެންޓީޖޭ އިން އަޅާފައިވާ މިސްކިތް ތަޅާލަނީ

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ ފަސް ހޮޓަލަށާއި، އީސާއީ ދީނުގެ މީހުން އަޅުކަންކުރާ ފައްޅިތަކަށް ހަށި ގޮއްވާލައިގެން ދިން ހަމަލާގައި ހިމެނޭ މީހުން ނިސްބަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން އަނޫރާދަޕޫރާގެ ކެކިރަވާގައި އަޅާފައިވާ މިސްކިތް އެ އަވަށު މުސްލިމުން ނިކުމެ ތަޅާލައިފިއެވެ.

އެންޓީޖޭއަކީ އައިއެސްއާ ގުޅުން އޮތް ޖަމާއަތެކެވެ. އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ލަންކާގައި އެ ޖަމާއަތުގެ ހަރަކާތްތައް ހިންގުން ވަނީ މަނާކޮށްފައެވެ.

ކެކިރަވާ މިސްކިތާއި ހަވާލުވެގެން ހުންނަ އަކްބާރް ހާން ބުނީ، އެންޓީޖޭ އިން ބޭނުންކޮށްފައިވާ އެ މިސްކިތަކީ ބޭރުގެ ޖަމާއަތްތަކުން ހަރަދުކޮށްގެން ހަދާފައިވާ މިސްކިތެއް ކަމަށެވެ.

މިސްކިތް ތަޅާލުމަށްފަހު އެބިމުގައި ކުޑަކުދިންނަށް ލައިބްރަރީއެއް އެޅުމަށް ވަނީ ނިންމާފައެވެ. އަކްބަރް ބުނީ، މިސްކިތް ތަޅާލަން ނިންމީ ގައުމުގެ ހާލަތަށް ބެލުމުގެ އިތުރުން އެ އެވަށުގައި ދެ މިސްކިތެއް ބޭނުން ނުވާތީ ކަމަށެވެ. އެ ނިންމުން ނިންމާފައިވަނީ އެ ސަރަހައްދުގައި އުޅޭ މުސްލިމުންވެސް އެކަމަށް އެއްބަސް ވެގެން ކަމަށް އޭނާ ބުންޏެވެ.

ހަށި ގޮއްވާލައިގެން ދިން ހަމަލާގައި އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމީ މަރުވެފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ބުރާސްފަތި ދުވަހު މީޑިއާއަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޮން ގޮއްވާލުމުގައި ބައިވެރިވި މީހުންނަށް ގުޅަން ބޭނުންކޮށްފައިވާ 1800 ފޯނު ނަންބަރު ދިރާސާ ކުރަމުންދާ ކަމަށެވެ.

އީސްޓާ ސަންޑޭ ހަމަލާގައި ތުހުމަތު ކުރެވޭ 66 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ހަ އަންހެނަކު ސީއަޑީގެ ބެލުމުގެ ދަށުގައި ތިބިއިރު، ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ޓީއައިޑީ)ގެ ބެލުމުގެ ދަށުގައި 21 މީހަކު އެބަތިއްބެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު