Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އާ މަޖިލީހާ އެކު ޖުޑީޝަރީ އިސްލާހުކުރުމާ ދިމާއަށް!

މަޖިލީސް ހުވާކުރުމާއެކު ދަންވަރުގެ ވަގުތެއްގައި ރައީސް ނަޝީދު ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަންކުރެއްވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 30 މެއި 2019 | ބުރާސްފަތި 19:01
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީގެ އެންމެ ޅަފަތުގެ ދުވަސްތަކުން ފެށިގެން ވެސް، އެ ޕާޓީން ތަކުރާރުކޮށް ދައްކަމުންގެންދިޔަ އެއް ވާހަކަތަކެއް ވެއެވެ. އޭގެ ތެރެ އިން ވެސް ފަނޑިޔާރުގެ އިސްލާހްކުރުމުގެ ވާހަކަައަކީ މެދުކެނޑުމެއް ނެތި އެ ޕާޓީން އަބަދުމެ ދައްކަމުން އައި ވާހަކަތަކެވެ.

ކޮރަޕްޓް ފަނޑިޔާރުންގެ ވާހަކަ އާއި، އިންސާފުން ބޭރުގައި ހުކުމްކުރައްވާ ފަނޑިޔާރުންގެ ވާހަކައިން ފެށިގެން ގޮސް ފަނޑިޔާރުގެތަކުން ހިންގި ހުރިހާ ޖަރީމާތަކުގެ ވާހަކަ އެމްޑީޕީން ދެއްކި އެވެ. އެކަންކަމުގައި ރައްޔިތުންނަށް އިންސާފު ލިބެންޖެހޭނެ ކަމަށް ބުނެ މެދުކެނޑުމެއް ނެތި އެ ޕާޓީން އަޑުއުފުލާފައި ވެއެވެ. ސުޕްރީމް ކޯޓާއި، އެހެނިހެން ކޯޓުތައް ދޮށުގައި މުޒާހަރާތައް ކޮށް، އެއްވުންތައް ވެސް ކުރިއަށްގެންދިޔަ އެވެ. މިހާރު އޮތް ކޯލީޝަނަށް ކާމިޔާބު ލިބުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ޖުޑިޝަރީ އިސްލާހުކުރުމަށް ދިވެހިން ކުރާ އުންމީދެވެ.

އެކަންކަމުގެ ތެރެއިން އެމްޑީޕީއަށް މިއަދު އާދެވިފައި ވަނީ މުޅި ފަނޑިޔާރުގެ އެއްކޮށް ދޮވެ ސާފުކޮށްލުމުގެ ބާރުވެރިކަން ލިބިފައިވާ ހިސާބަކަށެވެ. ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބޭރުކޮށް، ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ވެސް އެ ޕާޓީއަށް މިހާރު ނުކުރެވޭނެ ކަމެއް ނޫނެވެ. ޤާނޫނީ އިމުގެ ތެރެއިން އެ ކަންތައްތައް ކުރުމުގެ ބާރުވެރިކަން ވަނީ އެމްޑީޕީއަށް ލިބިފަ އެވެ.

އޮތް ސުވާލަކީ، ލިބިފައިވާ ބޮޑު ބާރާ އެކު އެމްޑީޕީން ފަނޑިޔާރުގެ އިސްލާހްކުރުމުގެ މަސައްކަތް އަވަސް ގޮތެއްގައި ކޮށްފާނެތޯ އެވެ. އެ މަސައްކަތް ފަށާނީ ކޮން ހިސާބަކުންތޯ އެވެ. އެކަން ކުރަން ފަށައިފި ނަމަ ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަނެވޭނެބާއެވެ؟

މަޖިލީހުގެ މަސައްކަތްތައް ފަށައިގަނެ ފުރަތަމަ މަސައްކަތަކަށް ވެސް ކޮށްފައި ވަނީީ ފަނޑިޔާރުގެއާ ގުޅުން ހުރި މަސައްކަތްތަކެވެ. އެގޮތުން މަޖިލީހުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް އައްޔަންކުރައްވާ މެމްބަރެއްގެ ގޮތުގައި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވަނީ އައްޔަންކުރައްވާފަ އެވެ. ހިސާނަކީ އެމްޑީޕީން އިންސާފަށް ކުރި ދަތުރުގައި މުހިންމު ބައިވެރިއެކެވެ. ވަކިން ހާއްސަކޮށް ފަނޑިޔާރުގެ އިސްލާހްކުރުމަށް އެންމެ ހަރުކޮށް އަޑު އުފުއްލެވި ބޭފުޅުންގެ ތެރޭގައި ހިސާން ހިމެނިވަޑައިގަންނަވަ އެވެ. ރައީސް ނަޝީދާއި ސިޔާއި އެތައް ބަޔަކު ޖަލަށް ލުމުން ފައިލްބޮނޑިއާ އެކު ރެއާއި ދުވާލު ވަކީލެއްގެ ގޮތުގައި ކޯޓުތަކަށް ހިންގެވީ ހިސާންއެވެ. ކޯޓުތަކުން ކުރިމަތިވި ކަންކަމާއި ބާގަނޑުތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެސް މި ވަގުތު ތުޅާދޫ މެންބަރުގެ ގޮނޑީގައި އިންނެވި ހިސާނެވެ. އެހެންކަމުން ހިސާނަކީ އެ މަސައްކަތަށް އެންމެ ގާބިލް އެއް މެންބަރޭ ބުނެވިދާނެ އެވެ.

އައު މަޖިލީހާ އެކު ޖުޑީޝަރީ އިސްލާހްކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާކަން ހާމަވާ ދެ ވަނަ ކަމަކީ މަޖިލީހުގެ ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަންވަރުގެ ވަގުތުގައި ރައީީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނު ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމެވެ. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ވަނީ ޖޭއެސްސީގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ޖުޑީޝަރީ އިސްލާހްކުރުމުގެ މަސައްކަތަށް އައްޔަންކުރެއްވި ކޮންސަލްޓެންޓާ އެކު ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ނަޝީދު ބައިވެރިވެވަޑައިގެން ޖުޑީޝަރީ އިސްލާހްކުރުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންދަވާފަ އެވެ.

އޭގެ އިތުރުން މަޖިލީހުން ކުރިއަށް ރާވައިފައި ހުރި މަސައްކަތްތަކުގެ ތެރޭގައި ޤާނޫނީ ފަންނުގެ ބިލްގެ މަސައްކަތް އަވަސް ގޮތެއްގައި ކުރިއަށްގެންދިޔުމަށް ނިންމާފައި ވެއެވެ. ޤާނޫނީ ފަންނުގެ ބިލަކީ، އެ ބިލަކާ މެދު މީގެ ކުރިން ފަނޑިޔާރުން ވަރަށް ބިރުގަތް ބިލެކެވެ. އެ ބިލާ އެކު ސުޕްރީމް ކޯޓުގެ ދަށުން ޤާނޫނީ ވަކީލުންނަށް މިނިވަންކަން ލިބިގެންދާނެ އެވެ. ސުޕްރީމް ކޯޓުން ޤާނޫނީ ވަކީލުންނާ މެދު ހިތުހުރި ގޮތަކަށް އަމަލުކުުރުމުގެ ސަގާފަތަށް އެ ހިސާބުން ނިމުން އަންނާނެ އެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ފެނުނު މަންޒަރަށް ބަލާއިރު، ޖުޑީޝަރީ އިސްލާހްކުރުމުގެ މަސައްކަތަކީ 19 ވަނަ މަޖިލީހުން ފަހުން ކުރަން ދޫކޮށްލާނެ މަސައްކަތެއް ނޫންކަން އެނގެ އެވެ. އަދި އެ މަސައްކަތް ކުރާނީ ވެސް ހުރިހާ ފަރާތްތަކުގެ މަޝްވަރާއާ އެކުގައި ކަން ވެސް އެނގެ އެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގައި 10 މެމްބަރަކު ތިއްބަވާއިރު، އެ ކޮމިޝަންގެ ފަސް މެމްބަރުންނަކީ ސަރުކާރަށް ތާއީދު އޮތް މެމްބަރުންނެވެ. އެހެންކަމުން ސަރުކާރުން ގެންނަން ބޭނުން ބަދަލުތަކަށް ޖޭއެސްސީގެ ތެރެއިން ދޮރުތައް ވަނީ ހުޅުވިގެން ގޮސްފަ އެވެ. ނަމަވެސް ޖުޑީޝަރީ އިސްލާހްކުރުމުގައި ވެސް ވިސްނަންޖެހޭ މުހިންމު ކަންތައްތަކެއް އެބަ ހުއްޓެވެ. ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތް ފުރަތަމަ ފަށަންޖެހީ ކޯޓުތަކާ ހަމައަކުން ނޫނެވެ. އޭގެ ކުރިން ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި ސަރުކާރާއި ސުޕްރީމް ކޯޓުގެ ނުފޫޒުން އެ މުއައްސަސާ އިސްލާހު ވާނެ ފޯމިއުލާއެއް ނެރެން އެބަޖެހެއެވެ. ޖޭއެސްސީ ބަދަލުވާން އެބަޖެހެއެވެ. ނަމެއްގައި އިސްލާހްކުރުމުގެ ބަދަލުގައި އެކަން ކުރަންޖެހެނީ ފަންނީ މާހިރުންނާއި އާންމު ރައްޔިތުންގެ ހިޔާލާއި އިހްސާސްތަކާ ވެސް އެކުގައެވެ. ޖުޑިޝަރީގެ ލަގަން ސަރުކާރުގެ އަތުގައި އޮތުމަކީ ވެސް އިސްލާހުވުމެއް ނޫނެވެ. މާޒީގައި ހެދިފައިވާ ގޯސްތަކަށް ނިމުމެއް އަންނަން އޮތީ ޖުޑިޝަރީއަކީ މިނިވަން އަދި ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު