Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައުދާ އާތިފްގެ މަރު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ފުލުހުންގެ ތަހުޤީޤުން ސާބިތުވެފައިވޭ: ފުލުހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 މެއި 2019 | ބުރާސްފަތި 17:23
ރައުދާ އާތިފް، އުމުރު 20 އަހަަރު

ރައުދާ އާތިފް، އުމުރު 20 އަހަަރު

ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ ފުލުހުން ތައްޔާރުކުރި ފައިނަލް ރިޕޯޓު އާންމުކޮށްފިއެވެ.

ރައުދާގެ މަރުގެ މައްސަލައިގެ ރިޕޯޓް ބަންގްލަދޭޝް ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ބުދަ ދުވަހު ރާޖްޝާހީ ކޯޓަށް ހުށައަޅާފައިވާ އިރު، ފުލުހުންގެ ފަރާތުން ސަބް އިންސްޕެކްޓަރ ސައިދޫރް ރަހްމާން ވިދާޅުވީ، ރައުދާ މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ފުލުހުންގެ ތަހުޤީޤުން ސާބިތުވެފައިވާ ކަމަށާއި، ރައުދާ އެކަން ކޮށްފައިވަނީ ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ރައުދާ މަރުވުމުގެ ކުރިން "އަހަރެން މަރާލީ ކަލޭ" ކަމަށް ބުނެ ލޯބިވެރިޔާއަށް ވަޓްސްއެޕުން މެސެޖްކޮށްފައިވާ ކަމަށާއި، ރައުދާގެ ވަޓްސްއެޕަށް އެންމެ ފަހުން އައިސްފައި ވަނީ ވެސް ލޯބިވެރިޔާގެ ކޯލެއް ކަމަށް އެ ރިޕޯރޓުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، ރައުދާގެ ފޯނާއި، ލެޕްޓޮޕާއި، އޭނާގެ ސޯޝަލް މީޑިއާ އިން ހޯދުނު ހޯދުންތަކަށް ބަލާއިރު، މަރު ވުމުގެ އެއް ރޭ ކުރިން ލޯބިވެރިޔާގެ ފޭސްބުކް ރައުދާ ބޭނުންކޮށްފައިވާ ކަމަށާއި، އޭނާ ރައުދާއަށް ބޭވަފާތެރިވިކަން ރައުދާއަށް އެނގުނު ކަމަށް ވެސް ރިޕޯރޓްގައި ވަނީ ބުނެފައެވެ.

ރައުދާ މަރުވި ގޮތާ ގުޅޭ ގޮތުން ފުލުހުން އިތުރަށް ބުނީ، ލޯބިވެރިޔާ ބޭވަފާތެރިވިކަން އެނގުމުން ރައުދާ "ސެޑޭޓިވް ޕިލް" ތަކެއް ކެއި ކަމަށެވެ.

އަދި އެ މެސެޖްތަކުން، އޭނާ މަރުވީ ލޯބިވެރިޔާ ބޭވަފާތެރި ވުމުންކަން ދެހަވާ ކަަމަށް އިންވެސްޓިގޭޓިންގ އޮފިސަރ ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅިގެން ލޯބިވެރިޔާއާ ދެކޮޅަށް އެއްވެސް "ތުހުމަތެއް" ކޮށްފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ރާޖްޝާޙީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި މެޑިސިން ކިޔަވަމުން ދިޔަ، އުމުރުން 21 އަހަރުގެ ރައުދާ އާތިފް ދަންޖެހުނު ޚަބަރު އެންމެ ފުރަތަމަ އާންމުވީ މާޗް މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތުގައި ބަންގްލަދޭޝްގެ މީޑިއާ އިންނެވެ. ރައުދާ "ދަންޖެހިފައި" ހުއްޓާ ފެނިފައި ވަނީ، އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ތަޢުލީމް ހާސިލްކުރާ އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ޙާއްސަ އަންހެން ކުދިންގެ ހޮސްޓެލްގައި ރައުދާ ދިރިއުޅުނު 209 ނަމްބަރު ކޮޓަރިންނެވެ. ރައުދާގެ ކުއްލި މަރުގެ ޚަބަރާ އެކު، މުޅި ރާއްޖެ ސިހިގެން ދިޔަ އެވެ. މީޑީއާގައި ރައުދާ އަމިއްލަ އަށް މަރުވި ކަމަށް ރިޕޯޓް ކުރި ނަމަވެސް، އެ ޚަބަރާ މެދު ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝް ސަރުކާރުން ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ބަންގްލަދޭޝް ފުލުހުން ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނުމުން، އެކަން ގަބޫލުނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އެދުނީ އޭނާގެ ބައްޕަ މުހައްމަދު އާތިފެއެވެ. ރައުދާގެ ބައްޕަގެ އެދުމަށް ކޯޓް އަމުރެއްގެ ދަށުން ރައުދާގެ މަރުގެ ތަހުގީގް އަލުން ފަށާ ވަޅުލިތާ 27 ދުވަސް ފަހުން ރައުދާ ހަށިގަނޑު ނެގިއެވެ. އެ ފަހަރު ރައުދާގެ މަރާ މެދު ސީއައިޑީން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓަށް ވެސް އާތިފު ވަނީ ދެކޮޅު ހަދާފަ އެވެ. އެހެން ނަމަވެސް ދެވަނަ ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް އައީ އަމިއްލައަށް މަރުވި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

04 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު