Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން

އިރާންގެ ކުރީގެ ނައިބްރައީސް އޭނާގެ އަނބިމީހާ މަރާލި ކަމަށް އެއްބަސްވެއްޖެ

30 މެއި 2019 | ބުރާސްފަތި 05:47

ނަޖަފީ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު | 30 މެއި 2019 | ބުރާސްފަތި 05:47
އިރާންގެ ކުރީގެ ނައިބްރައީސް ނަޖަފީ މީޑިއާތަކަށް އިންޓަވިއު ދެއްވަނީ

އިރާންގެ ކުރީގެ ނައިބްރައީސް ނަޖަފީ މީޑިއާތަކަށް އިންޓަވިއު ދެއްވަނީ

އިރާންގެ ކުރީގެ ނައިބްރައީސް މުހައްމަދު އަލީ ނަޖަފީ އޭނާގެ ދެވަނަ އަނބިމީހާ މަރާލި ކަމަށް އެއްބަސްވެއްޖެއެވެ.

ތެހެރާންގެ ކުރީގެ މޭޔަރުކަން ވެސް ކުރައްވާފައިވާ 67 އަހަރުގެ ނަޖަފީ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އޭނާގެ އަނބިމީހާ މަރާލުމަށް ފަހު ތެހެރާންގެ ޕޮލިސް ސްޓޭޝަނަށް ހިންގާފަ ދިޔަ މަގުމަތީގައެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަޖަފީ ވަނީ މިތްރާ އޮސަދު ގަޔަށް ބަނޑިޖަހާ މަރާލިގޮތް ފޮލިސް ސްޓޭޝަންގައި ކިޔައިދީފައެވެ. ނަޖަފީ އަނބިމީހާ މަރާލި ކަމަށް އިއުތިރާފްވީ މިތްރާ އޮސަދުގެ ހަށިގަނޑު އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ފާހަނާތެރިން ފެނިގެން އެޚަބަރު މީޑިއާގައި ފެތުރެމުން ދިޔަތާ ގަޑިއެއް ހާއިރު ފަހުންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ނަޖަފީ ވަނީ ބަނޑިން 5 ވަޒަން ޖަހާފައެވެ. އޭގެން އެއްވަޒަން މިތްރާ އޮސަދު މެޔަށް އަރާފައިވާއިރު އަނެއްވަޒަންތައް އަރާފައިވަނީ އަތަށެވެ.

މީގެ އިތުރުން މިމައްސަލައާ ގުޅިގެން ބުދަ ދުވަހުގެ އަޑުހެހުމެއްގައި ނަޖަފީ ވިދާޅުވީ މިތްރާ އޮސަދު ކައިރިން ވަރިވާން އެތައް ފަހަރަކު އެދުނު ކަމަށާއި، ނަމަވެސް މިތްރާ އޮސަދު އެކަމަށް ދެކޮޅު ހެދީ ކަމަށެވެ.

ނަޖަފީ ވިދާޅުވީ ބޭނުންވީ ގިނަ ދުވަސްތަކަށް އޮތް ޒުވާބު ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ބަނޑި ނެގީ ބިރު ދެއްކުމަށް ކަމަށާއި، އަނބިމީހާ ގަޔަށް ބަނޑިޖަހަން ނޫން ކަމަށެވެ. އަނބިމީހާ ބިރުން ފާހަނާއާ ދިމާލަށް ދިއުމުން އޭނާ ފަހަތުން ފާހަނާއަށް ގޮސް، އަންހެނުން ބިރުން ތެޅިގަނެ ބަނޑި ޖެހިޔަ ނުދޭން އުޅުމުން ބަޑި ޖެހީ ކަމަށް ވިދާޅުވެފައިވާ ކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓު ކޮށްފައެވެ.

35 އަހަރުގެ މިތްރާ އޮސަދްއަކީ ނަޖަފީގެ ދެއަނބިންގެ ތެރެއިން ދޮށީ އަނބިމީހާއެވެ. ތެހެރާންގެ މޭޔަރކަމުން ފޭބުމަށް ފަހު ނަޖަފީގެ ދެވަނަ ކައިވެނީގެ ފޮޓޯތަކެއް ވަނީ ދައުރުވެފައެވެ. އަދި އެކަމާ ހެދި އޭނައަށް ފާޑުކިޔުން ތަކެއް އަމާޒުވީ ނަމަވެސް އޭނާއަކީ ވަރަށް ވާދަވެރި ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރައްވާ އަދި މިނިސްޓްރީ އޮފް ސައެންސްއާ އެޑިޔުކޭޝަންގެ މަތީ މަގާމްތައް ފުރުއްވި ބޭފުޅެކެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

11 މެއި 2017

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި

11 މެއި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި
17 އެޕްރީލު 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް