Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
19 ވަނަ ރައްޔިތުންގެ މަޖިލިސް

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ހުވާކުރިތާ 24 އިރު ތެރޭގައި ޖަލްސާއެއް ބާއްވައި މުހިންމު ކަންތައްތަކެއް ފާސްކޮށްފި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 29 މެއި 2019 | ބުދަ 12:20
ރައީސް ނަޝީދު ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަނީ

ރައީސް ނަޝީދު ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަނީ

ދިވެހިން މި ދެކޭ ޑިމޮކްރަސީގެ ރަހަ މީރު ފޮނިކަން ގެނެސްދިން ބަޔަކީ އެމްޑީޕީއޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. އެމްޑީޕީއަކީ އަބަދު ވެސް ނަމޫނާ ޕާޓީއެކެވެ. ހާއްސަކޮށް އެ ޕާޓީ ވުޖޫދަށް ގެނައުމުގައި އެންމެ ބުރަކަށް މަސައްކަތްކުރެއްވި އަދި މިހާރު ވެސް އެ މަސައްކަތުގައި ދެމިހުންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ގެންދަވަނީ އެކަމުގައި ނަމޫނާ ދައްކަވަމުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށް އެމްޑީޕީން ކުރި ދަތުރުގައި ޕާޓީ ރޫޅި ހަލާކުވެދާނެހެން ބަޔަކަށް ހީވިޔަސް ހަގީގަތުގައި އެކަމުގައި ވެސް އެ ވަނީ ނަމޫނާ ދައްކާފައެވެ. އެތައް ކޯޅުމަކާއި އެތައް ޒުވާބަކަށް ފަހު ވެސް އަމާންކަމުގެ އައްސޭރި އަށް ވާސިލްވެ އެކަތިގަނޑަކަށް ވާން ނެގީ ހަމަ ކުޑަ ވަގުތުކޮޅެކެވެ. އެކަމުގައި ވެސް އެ ވަނީ ނަމޫނާ ދައްކާފައެވެ.

ރައްޔިތުންގެ މަޖިލިސް އެއްކޮށް ކަހަލަ ގޮތަކަށް ނުވަތަ ސުޕަ މެޖޯރިޓީ ރައްޔިތުން އެމްޑީޕީ އަށް ދިނީ އެތައް ޒަމާންތަކެއް ވަންދެން ތައްހައްމަލުކުރަންޖެހިފައިވާ ދަތި އުނދަގޫތަކަކަށް ނިމުމެއް ގެނައުމުގެ އުންމީދުގައެވެ. މުޖުތަމައުގައި ހުރި އެތައް މައްސަލަތަކެއްގެ ހައްލެއް ލިބޭނެ މަގެއް ތަނަވަސްކޮށްދޭނެ ކަމުގެ ޔަގީން ކަމާއެކުއެވެ. އަންގާރަ ދުވަހުގެ ރޭ އާ މާޖިލީސް ހުވާކުރުމާ އެކު އެ އުންމީދުތައް ރައްޔިތުންނަށް ހާސިލްކޮށްދިނުމުގެ މަސައްކަތް އެ ވަނީ ފެށިގެން ގޮސްފައެވެ. ރައްޔިތުންގެ އިހްސާސްތައް އަބަދުވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކުރީގެ ރައީސް ނަޝީދު އެ މަސައްކަތުގެ މާލިމީއަކަށް ވުމުން ރައްޔިތުންގެ އުންމީދު އިހުނަށް ވުރެ ވަނީ އާވެގެން ގޮސްފައެވެ. މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު ވަޑައިގެންނެވުމާ އެކު ވެސް ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހެން ދެން މާ ގިނަ ދުވަސް ނުނަގާނެކަމުގެ ޔަގީންކަން ލިބިގެން ދިޔައެވެ.

އެތައް އުންމީދުތަކަކާ އެކު ގެނައި ސަރުކާރަށް ހަ މަސް ވެގެން ދިޔައިރު ދުވެއްޔާ މެދު ހުރި ޝަކުވާތަކަށް ނިމުން އައުމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަށް ފަށާފައެވެ. މަޖިލީހުގެ ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ރިޔާސަތާ ހަވާލުވެވަޑައިގެން ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނާއި މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް އެ ރައްޔިތުން ހޮވައިދިނީ އެ ރައްޔިތުންގެ ކެކުޅުންތަކަށް ނިމުމެއް ގެނައުމަށް ކަމަށެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ދެއްވި ފުރަތަމަ ތަގުރީރާ އެކު ވެސް ރައްޔިތުންގެ އުންމީދުތައް އާވެފައިވާ އިރު، ލަސްކުރެއްވުމެއް ނެތި، ހުވާކުރެއްވިތާ 24 ގަޑިއިރު ވެސް ނުވަނީސް މަޖިލީހުގެ ޖަލްސާއެއް އެވަނީ ބާއްވާފައެވެ. އަދި އެ ޖަލްސާގައި އެމަނިކުފާނު އެ ވަނީ ނަމޫނާ ދައްކަވާފައެވެ. ބުދަ ދުވަހުގެ ޖަލްސާގައި އެ މަނިކުފާނު އަމަލުކުރެއްވި ގޮތުން ތައުރީފް އޮހިގެންދަނީ ހަމައެކަނި އެމަނިކުފާނާއި މި ސަރުކާރުގެ ސަޕޯޓަރުންގެ އެކަންޏެއް ނޫނެވެ. މަޖިލީހުގައި ތިއްބެވި އިދިކޮޅު މަދު މެންބަރުންނާއި ވާދަވެރިންގެ ފަރާތުން ވެސް އެމަނިކުފާނަށް ތައުރީފްގެ ބަސްތައް ރައްދުކުރެއްވިއެވެ.

މަޖިލީހުގެ މިހާރު އޮތް ގަވާއިދުގައިވާ ގޮތުން ޖަލްސާގައި މެންބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭން އޮންނަ އުސޫލުން އިދިކޮޅު މެންބަރުންނަށް ލިބޭނީ މަޑު ވަގުތުކޮޅެކެވެ. އެ ގަވާއިދުގެ ނާޖާއިޒް ފައިދާ ނަގައި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ އިދިކޮޅު ފަރާތްތަކަށް އެކަށީގެންވާ ގޮތެގައި ރައްޔިތުންގެ އަޑު އިއްވައިދެވިފައެއް ނުވެއެވެ. ހާއްސަކޮށް އަމިއްލަ މެންބަރުންނާއި މެންބަރުން މަދު ޕާޓީތަކަށް މިނިޓެއްހާ އިރު ވެސް ގިނަ ފަހަރު ނުލިބެއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ތާރީހުގައި ވެސް އެއް ޕާޓީއަކަށް އެންމެ ބޮޑު އަގުލަބިއްޔަތެއް އޮވެމެ ރައީސް ނަޝީދު ވަނީ މިސާލެއް ގާއިމުކުރައްވާފައެވެ. ޖަލްސާގައި ޕާޓީގެ ކުޑަބޮޑު މިނަށް ބެއްލެވުމެއް ނެތި އަޑު އިއްވަން ބޭނުންފުޅުވާ ކޮންމެ މެންބަރަކަށް ވެސް އެމަނިކުފާނު ވަނީ ފުރުސަތު ދެއްވާފައެވެ. ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެ މެންބަރުން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި ކޮންމެ ޕާޓީއަކަށް ނިސްބަތްވި ކަމުގައި ވިޔަސް ރައްޔިތުންގެ އަޑު އިއްވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އެމްޑީޕީގައި 65 މެންބަރުން ތިއްބެވި އިރު އެއީ މަޖިލިހުގައި ތިއްބެވި 87 މެންބަރުންގެ ގާތްގަނޑަކަށް 75 ޕަސެންޓެވެ. ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވަނީ އެންމެ ކުޑަ ޕާޓީގެ މެންބަރުންނަށް ވެސް އަދި އަމިއްލަ މެންބަރުންނަށް ވެސް ވާހަކަދެއްކެވުމުގެ ފުރުސަތު ދެއްވާފައެވެ.

މީގެ އިތުރުން ވެސް ރައީސް ނަޝީދު ވަނީ މި ޖަލްސާގައި އެތައް ކަމަކުން ނަމޫނާ ދައްކަވާފައެވެ. މަޖިލީހުގެ މަސައްކަތްތައް އަވަސްކުރަންޖެހޭ ކަމާއި ރައްޔިތުން ތިބީ އެކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން އާންމު އުސޫލެއް ގޮތުން ދޮޅު ގަޑިއިރުން ނަގާ ހުސް ވަގުތުކޮޅަށް ވެސް ފުރުސަތު ނުދެއްވައި 10:00 ގައި ފެށި ޖަލްސާ މެންދުރު ނަމާދު ވަގުތަށް ކުޑަ ވަގުތުކޮޅެއް ދެއްވުމަށް ފަހު 1:30 ގެ ވޯޓު ލައި ނިންމާލުމާ ހަމައަށް ކުރިއަށް ގެންދެވީ ވަރަށް ވިސްނުންތެރިކަމާ އެކުގައެވެ. މެންބަރުން ހުވާކުރިތާ 24 ގަޑިއިރު ނުވަނީސް މުހިންމު ތިން ކަމެއް އެ ވަނީ ނިންމާފައެވެ. މަޖިލީހުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގައި އިންނަވާނެ ބޭފުޅަކު ހޮވުމުގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ދައުވަތު ދިނުމަށް ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުމަށް 11 މެންބަރުންގެ ކޮމިޓީއެއް ވަނީ ފާސްކޮށްފައެވެ.

އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނަމޫނާ ދެއްކެވީ ހަމައެކަނި ރައީސް ނަޝީދު އެކަންޏެއް ވެސް ނޫނެވެ. މަޖިލީހުގެ މެންބަރުންގެ ފަރާތުން ވެސް ރައްޔިތުން އުންމީދުކުރާ ފަދަ ކަންތައްތަކެއް ފެނިގެން ދިޔަކަން ފާހަގަކުރެވެއެވެ. ފުރަތަމަ ދުވަހަށް ވުމުން ވަގުތު ހުސްކޮށްލެއްވީ ރައީސް އަށް ތައުރީފާއި ސަނާ ކިޔައި ރައްޔިތުންނަށް ޝުކުރު ދެންނެވުމުގައެއް ނޫނެވެ. ލިބުނު ކުޑަ ވަގުތުކޮޅުގެ ބޭނުން ހިފައި އެކަން ވެސް ކުރައްވައި ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ގިނަ މެންބަރުން ވަނީ މުހިންމު ވާހަކަތަކެއް ދައްކަވާފައެވެ. ހާއްސަކޮށް މަޖިލީހަށް އަލަށް ވަޑައިގެންނެވި ބޭފުޅުންގެ ފަރާތުންނެވެ.

ޝަރުއީ ދާއިރާ އަށް ގެންނަންޖެހޭ އިސްލާހުތައް އަވަސްކުރަންޖެހޭ ކަމާއި ޚާރިޖީ ގުޅުންތައް ރަނގަޅުކުރުމުގެ މުހިންމު ކަމާއި މެންބަރުންގެ ސުލޫކީ މިންގަނޑުތަކަށް ގެންނަންޖެހިފައި ހުރި އިސްލާހުތަކުގެ ވާހަކަތައް ފުރަތަމަ ޖަލްސާގައި ވެސް އިވިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުންމީދެކެވެ. މަޖިލީހަށް ހާޒިރު ނުވާ ނަމަ މެންބަރުންގެ މުސާރަ އުނިވާ ގޮތް ހަދައި އިމްތިޔާޒުތަކަށް ބަދަލު ގެނަމާއި އިދިކޮޅު މެންބަރުންނާއި އަމިއްލަ މެންބަރުންނަށް ވެސް މަޖިލީހުގައި އެކަށީގެންވާ ފުރުސަތު ތަނަވަސްކޮށްދިނުމަށް ގަވާއިދަށް އިސްލާހު ގެނައުމާއި މި ނޫން ވެސް މުހިންމު ކަންތައްތަކެއް މަޖިލީހުގެ މެނބަރުން ވަނީ ފާހަގަކުރައްވާފައެވެ. ފުރަތަމަ ޖަލްސާއިން ރައްޔިތުންގެ އުންމީދުތައް ވަނީ އާވެގެން ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ޢަރަފާތް ދުވަހުގެ މާތްކަން

ޢަރަފާތް ދުވަހުގެ މާތްކަން

11 އޯގަސްޓު 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު