Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ ބައްދަލުވުން

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އަފީފު ވަޑައިގަތީ 38 މެމްބަރުންގެ ސޮޔާއެކު

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 28 މެއި 2019 | އަންގާރަ 09:56
މައްޗަންގޮޅީ މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ހުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ގުޅުއްވައިގެން ވާހަކަ ދައްކަވަނީ

މައްޗަންގޮޅީ މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ހުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ގުޅުއްވައިގެން ވާހަކަ ދައްކަވަނީ

ނަވާރަ ވަނަ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އެމްޑީޕީން ހުށަހަޅާނެ ބޭފުޅެއްގެ ނަން ފާސްކުރުމަށް ދަރުބާރުގޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުން ބައެއް މީހުން ސިފަކުރަނީ ޑްރާމާއެއްގެ ގޮތުގަ އެވެ. އާ މަޖިލީހުގެ ރައީސްއަކަށް ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދުގެ ނަން ހުށަހަޅުއްވައިފާނެ ކަމަށް ލަފައެއް ނުކުރެ އެވެ. އެ މަނިކުފާނު ވެސް އެގޮތަށް އުއްމީދެއް ނުކުރައްވަ އެވެ. ނަމަވެސް، ބައްދަލުވުމުގެ ތެރެއިން މުޅި މަންޒަރު ބަދަލުވި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ބައްދަލުވުމަށް ވަޑައިގެންނެވިއިރު، މަޖިލީހުގެ ރައީސްގެ މަގާމަށް އެންމެ ވާދަވެރިކޮށް ތިއްބެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަސްލަމް ފަހަތަށް ޖެހިވަޑައިގެން ނަޝީދުގެ ނަން ހުށަހެޅުއްވި އެވެ. އަސްލަމް އެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ އަފީފެވެ.

ރައްޔިތުންގެ މަޖިލީހަށް ވިދިވިދިގެން ހަތަރު ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާ އަސްލަމް ވިދާޅުވީ ޕާޓީގެ އެތެރޭގައި ގެއްލެމުން ދިޔަ މަސްލަހަތު ހިފެހެއްޓެން އޮތީ އަދި ޕާޓީ ސަލާމަތް ކުރެވެން އޮތީ ނަޝީދު މަޖިލީހުގެ ރައީސްއަކަށް ހަދައިގެންނެވެ.

މި ވޯޓާ ގުޅިގެން އެމްޑީޕީ އެތެރޭގައި މަސްލަހަތު ގެއްލިގެން ދިޔަ މިންވަރު ވަރަށް ބޮޑެވެ. އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ކުރަން ނުޖެހޭ ބައެއް ކަންތައް ކުރެއްވި އެވެ. ސަރުކާރުން މެމްބަރުންނަށް ނުފޫޒު ފޯރުވި ކަމަށް ވެސް އޭނާ ތުހްމަތު ކުރެއްވި އެވެ. އަދި ދެ ފަރާތުގެ ސަޕޯޓަރުން ހިޔާލުފާޅުކުރުމުގައި ވެސް ދާންނުޖެހޭ މިންވަރަށް ދިޔަ އެވެ. މިކަންކަމުގެ ސަބަބުން، އާ ޕާލިމެންޓްރީ ގްރޫޕްގެ ހަގީގީ މަސައްކަތް ފެށުމުގެ ކުރިން އެއް ބަޔަކު އަނެއް ބަޔަކާ ގާތް ނުވެވޭ މިންވަރަށް މަސްލަހަތު ގޯސްވެގެން ހިނގައިދާނެ ކަމަށް އަސްލަމްއަށް ގަބޫލްކުރެއްވުނެވެ. އެ ހިސާބުން އަމިއްލަ މަސްލަހަތަށް ވުރެ ޕާޓީގެ މަސްލަހަތު އިސްކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެ ބޭފުޅުންނަށް ރައީސް ނަޝީދުގެ ނަން މަޖިލީހުގެ ރައީސް ކަމަށް ހުށަހަޅުއްވަފާނެ ކަމަށް އޮތީ ގަބޫލުކުރެވިފަ އެވެ. އެފަދަ ހާލަތަކަށް ގޮސްފި ނަމަ އަފީފުގެ ބަދަލުގައި ނަޝީދަށް ތާއިދު ކުރެއްވުމަށް ރައީސް ސޯލިހްގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގެ ވޯޓާ ގުޅިގެން ނަޝީދާއި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންނާ ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުމެއް އުފެދުނެވެ. ވާދަވެރިކަމެއް އޮތެވެ. ކޮންމެ ބަޔަކު ވެސް ބޭނުންވީ ބާރުގަދަ ބައެއް ދައްކާލުމަށެވެ. ރައީސް ސޯލިހް އާއި ރައީސް ނަޝީދުގެ ޒާތީ އެއްވެސް މައްސަލެއް ނެތަސް ހޯމަ ދުވަހުގެ ރޭގެ ވޯޓަކީ އެ ދެ ބޭފުޅުން ކުރެ ގަދަ ބޭފުޅެއް ވަޒަންކޮށްލުމުގެ ވަކަރަށް ޖަހާލުމެއް ކަމަށް ގަބޫލްކުރެވެ އެވެ.

ސަރުކާރުގެ ސަޕޯޓާއެކު އަފީފު 38 މެމްބަރުންގެ ތާއިދު ހޯއްދެވި އެވެ. އޭނާ ދަރުބާރުގެއަށް ވަޑައިގަތީ ވެސް، އެ މެމްބަރުންގެ ސޮއިޔާ އެކު ގަރާރު ހިއްޕަވައިގެން ކަމަށް، ބައެއް ބޭފުޅުން ވިދާޅުވި އެވެ. އެހެންވެ، ޕާލިމެންޓްރީ ގްރޫޕްގެ ވޯޓުން އަފީފު ބަލި ނުކުރެއްވޭނެކަން ނަޝީދު އާއި މިފަހަރުގެ ވޯޓުގައި އެމަނިކުފާނުގެ ފަޅީގައި ތިއްބެވި މެމްބަރުންނަށް ރަނގަޅަށް އެނގިވަޑައިގަތެވެ.

އަސްލަމަށް ވޯޓް ހަމަނުވެގެން، އެންމެ ފަހު ވަގުތު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަން މަޖިލީހުގެ ރައީސް އަށް ހުށަހެޅުމަށް މަސައްކަތް ކުރެއްވެވި އެވެ. ނަމަވެސް އޭރު އޮތީ ވަގުތު ފާއިތުވެފަ އެވެ. އެހެންވެ، ރައީސް ނަޝީދުގެ ނަން ނޫން ގޮތެއް އެ ބޭފުޅުންނަށް ފެނިވަޑައިނުގަތެވެ.

މިފަހަރު ވޯޓްގެ އެންމެ ބޮޑު މައްސަލައަކީ ދެ ރައީސުން މަޝްވަރާ ނުކުރެއްވުމެވެ. އާ މަޖިލީހާ އެކު ކުއްލިއަކަށް ކަންކަން ހިނގައިގަންނަން ފަށާއިރު، ކުރިއަށް އޮތީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކު އައްޔަން ކުރުމާއި، ދައުލަތުގެ މުހިންމު ބައެއް މަގާމުތައް ބަދަލުކުރުމެވެ. މިކަންކަމުގައި ދެ ރައީސުންގެ މަޝްވަރާއާ އެކު ކަންކަން ގެންދިއުމަކީ ޕާޓީއަށް ވެސް އަދި ގައުމަށް ވެސް މަސްލަހަތު އެންމެ ރަނގަޅު ގޮތެވެ. ބިޔަ މެޖޯރެޓީއާ އެކު އަބަދު ޗަރުކޭސް ކުޅުއްވަން ހައްދަވައިފި ނަމަ ނަޒާހަތްތެރި މަޖިލީހެއް ނުލިބޭނެ އެވެ. ރައްޔިތުން އެދޭ އުއްމީދެއް ހާސިލެއް ނުވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް

ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް

27 މެއި 2018
އީޔޫ އާއި އދ. ވެސް ނަޝީދުގެ މުށުތެރޭގައިތަ؟

އީޔޫ އާއި އދ. ވެސް ނަޝީދުގެ މުށުތެރޭގައިތަ؟

19 އެޕްރީލު 2018
ރައީސް ނަޝީދުގެ ހިތްވަރާ ސާބިތުކަން އެދުވަހު ވެސް ފެނުނު

ރައީސް ނަޝީދުގެ ހިތްވަރާ ސާބިތުކަން އެދުވަހު ވެސް ފެނުނު

20 މާރިޗު 2018
އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

18 ފެބުރުއަރީ 2018
ރައީސް ނަޝީދު ހެއްދެވި ގޯސް ރައީސް ޔާމީނު ވެސް ހައްދަވަނީތަ؟

ރައީސް ނަޝީދު ހެއްދެވި ގޯސް ރައީސް ޔާމީނު ވެސް ހައްދަވަނީތަ؟

27 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު