Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފާރިސް ހައްޔަރުކުރުން

ރައީސް ނަޝީދު ހެއްދެވި ގޯސް ރައީސް ޔާމީނު ވެސް ހައްދަވަނީތަ؟

ދައުރު ހަމަވުމުގެ ކުރިން ވެރިކަން ބަދަލުކުރަން ރައީސް މައުމޫނު ތާއީދުކުރައްވާ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2018 | ހޮނިހިރު 14:03
ފާރިސް މައުމޫނު ހައްޔަރުކޮށްގެން ގެންދަނީ: ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރު ތަންފީޒުކުރަން ރައީސް ޔާމީން އެންގެވި

ފާރިސް މައުމޫނު ހައްޔަރުކޮށްގެން ގެންދަނީ: ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރު ތަންފީޒުކުރަން ރައީސް ޔާމީން އެންގެވި

އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައުމުގެ މައިގަނޑު އެއް ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރުމެވެ. އެކަމުގެ ތެރެއަށް އެމަނިކުފާނު ވަދެވަޑައިގެންނެވީ ހަގީގަތުގައި މާބޮޑަށެވެ. ޓެރަރިޒަމްގެ ދައުވާ އުފުލައި 13 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ވެސް އެ ސަބަބާ ހުރެއެވެ. ކަމާ ބެހޭ މުއައްސަސާތައް ހުއްޓައި އެމަނިކުފާނު އެކަންކަމުގެ ތެރެއަށް ވަދެވަޑައިގެންނެވުމަކީ އެމަނިކުފާނުގެ ވެރިކަން ނިމުމަށް މެދުވެރިވި އެއް ސަބަބެވެ. މިއަދު އަނެއްކާ ވެސް މި ފެންނަނީ ތާރީހް އިޔާދަވާ މަންޒަރެވެ. ރައީސް ޔާމީނު ވެސް އެމަގުން ހިންގަވާ މަންޒަރެވެ.

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ސީދާ ރައީސް ޔާމީން އެންގެވި ކަމަށް ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

މުއާޒްގެ ޓްވީޓުން ދެމާނައެއް ނެގިދާނެއެވެ. އެ މާނައަކީ ދާދި އިހަކަށް ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރެއްވި ބޭފުޅަކު ނެރުއްވި އަމުރަކަށް ފުލުހުން ތަބާވާން ދެކޮޅު ހެދުމެވެ. އެހެންކަމުން އެއަމުރު ތަންފީޒުކުރުމަށް އިތުރު އަމުރެއްގެ ބޭނުން ޖެހުނީއެވެ. އެއީ ސީދާ ގައުމުގެ ވަލިއްޔުލް އަމުރުގެ އަމުރުފުޅެކެވެ.

ދެވަނަ މާނައަކީ ބުރާސްފަތި ދުވަހު ފާރިސް މިނިވަންކުރުމާ އެކު މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫނު އަބްދުލް ގައްޔޫމް ދެއްކެވި ވާހަކައާ އެކު މުޅި ސަރުކާރު ގުޑުން އަރައި، ބިރު ހީވެ ތުރުތުރު އަޅާ ގޮތްވެ، ގޮތް ހުސްވުމުން، ކަންކަމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ނުޖެހޭ މިންވަރަށް ރައީސް ޔާމީން ވަދެވަޑައިގެންނެވުމެވެ. ސީދާ ރައީސްގެ އަމުރުމައުރޫފް ހިންގަވަން ފެއްޓެވުމެވެ. މާނައަކީ ކުރިއަށް އޮތްތަނުގައި ސީދާ ރައީސް ޔާމީންގެ އޯޑަރަށް ކޯޓުތައް މެދުވެރިކޮށް އަމުރު ނެރެ މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރަން ފެށުމެވެ.

ރައީސްގެ އަމުރުފުޅާ އެއްގޮތަށް ފުލުހުން އެވަނީ ކޯޓު އަމުރު ތަންފީޒުކޮށް ފާރިސް މައުމޫނު ހައްޔަރުކޮށްފައެވެ. ތުހުމަތަކީ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބަހައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް ސަރުކާރު ވައްޓާލުމުގެ ވާހަކަ ދެއްކެވީ ފާރިސްއެއް ނޫނެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ވާހަކަ ދެއްކެވީ ރައީސް މައުމޫނާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހެވެ. އިންތިޚާބުގެ ކުރިން ވެސް މިވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ރައީސް މައުމޫނު ވިދާޅުވުމާ ގުޅިގެން ސަރުކާރުގެ އެތެރެ ވަރަށް ބޮޑަށް ހިލިގެންދިޔައެވެ.

ޖަލްސާ ނުނިމި އުޅެނިކޮށް ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތައް ޓްވީޓްކުރަން ފެށިއެވެ. އެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ގޮވިއެވެ. ރައީސް މައުމޫނު ހައްޔަރުކުރަންޖެހޭ ކަމަށް ވެސް ބައެއް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

ނަމަވެސް ރައީސް މައުމޫނު ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމުގެ ވާހަކައެއް ނޫނެވެ. ގާނޫނީ ގޮތުން ވެސް ސަރުކާރު ބަދަލުކުރެވޭނެ މަގުތައް އެބަހުއްޓެވެ. ގާނޫނޫއަސާސީގައި އެކަން ވަރަށް ރަނގަޅަށް އެބަ އޮތެވެ. އެއީ އަޒުލުކުރުމެވެ. މަޖިލީހުގެ ތެރެއިން ގާނޫނުއަސާސީގައި ބުނާ މިންވަރަށް މެންބަރުންގެ ތާއީދު އެކަމަށް ލިބިއްޖެ ނަމަ އެކަން ކުރެވޭނެ ގޮތް އެބަ އޮތެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ މިންވަރަށް އެ ބޭފުޅުންނާ އެކު މެންބަރުން އެބަ ތިއްބެވިއެވެ. އެހެންކަމުން ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން އެކަން ކުރުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ވެސް ނެތެވެ.

ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީން އަޒުލްކޮށް ގާނޫނީ ހަމަތަކުގެ މަތިން ވެރިކަން ބަދަލުކުރުން ނުވަތަ އާންމުކޮށް ކިޔާ ގޮތަށް "ވައްޓާލަން" އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށުމާ އެކު ސީދާ ރައީސް ޔާމީނު ވަތަށް ފައިބައިވަޑައިގަންނަވަން ޖެހުމަކީ ސަރުކާރު ބަލިކަށިވެފައިވާ މިންވަރު ހާމަވާ ކަމެކެވެ. މިފަދަ ދަނޑިވަޅެއްގައި ރައީސް ޔާމީނު ވެސް ފެންނަނީ ރައީސް ނަޝީދު އެޅުއްވި "ޅައެއްޗެހި" އަޅުއްވާ މަންޒަރެވެ. ފާރިސް މައުމޫނު ހައްޔަރުކޮށްފައި އެވަނީ ސީދާ ރައީސް ޔާމީންގެ އަމުރަށް ކަމަށް ބެލެވެން އެބަ އޮތެވެ. އެހެން ކަމަށްވާއިރު މިނޫން ދުވަހެއް އަތުވެއްޖެ ނަމަ ރައީސް ޔާމީންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލައި ޖަލަށް ލުމަށް ފުރުސަތު އެބަ އޮތެވެ.

ގާނޫނީ ވެރިކަމެއް ވައްޓާލުމަށް މަސައްކަތްކުރުމުގެ ތުހުމަތުގައި ފާރިސް މައުމޫނު ހައްޔަރުކޮށްފައިވާ އިރު ހަމަ އެތުހުމަތުގައި ބައްޕާފުޅު މައުމޫނު ވެސް ހައްޔަރުކުރުން ވެސް އެކަށީގެން ވެއެވެ. ނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި އެއީ ރައީސް ޔާމީނު ހައްދަވާނެ އެންމެ ބޮޑު ގޯހެވެ. ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަން ބަދަލުކުރަން ތާއީދުކުރައްވާ ކަމަށް ފާޅުގައި ރައީސް މައުމޫނު ވިދާޅުވި ނަމަވެސް އެމަނިކުފާނު ހައްޔަރުކުރާކަށް ރައީސް ޔާމީނަކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ރައީސް ނަޝީދަށް ޖެހުނު ހާލު ރައީސް ޔާމީނަށް ވެސް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު