Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައިީސް ނަޝީދު 2018

ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް

ނަޝީދު ގެންދަވަނީ ސްކައިޕް މެދުވެރިކޮށް އާންމުންނާ ބައްދަލުކުރައްވަމުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 27 މެއި 2018 | އާދީއްތަ 16:23
މާކުރަތުގެ އެމްޑީޕީގެ މެމްބަރުންތަކެއް ނަޝީދުގެ ކެމްޕެއިން ފޮޓޯ ހިފައިގެން

މާކުރަތުގެ އެމްޑީޕީގެ މެމްބަރުންތަކެއް ނަޝީދުގެ ކެމްޕެއިން ފޮޓޯ ހިފައިގެން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރެއްވި ރިޔާސީ އިންތިހާބުތަކުގައި އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ރައްޔިތުންނާ ވީހާ ވެސް ގާތުން ކެމްޕެއިން ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ކަނޑުމަގުންނާއި ވައިގެ މަގުން ގަދަ ވިއްސާރަ އާއި ވައިގެ ތެރޭގައި އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި، ކުރެއްވި ކެމްޕެއިންތަކުގެ ނަތީޖާއަކީ އެއް ލީޑަރަކަށް އެންމެ ތާއީދު ބޮޑު ލީޑަރަކީ ރައީސް ނަޝީދު ކަމަށް ވުމެވެ. ނަމަވެސް އެމަނިކުފާނު މި އަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމެވިއިރު ހުންނެވީ މާދުރުގައެވެ.

މީގެ ކުރިން ސީދާ އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން ބައްދަލުކުރައްވައި އެމީހުންގެ ހިޔާލާއި މަޝްވަރާ އަޑުއައްސަވައި، ކުރެއްވި ކެމްޕެއިން މި ފަަހަރު ކުރެއްވިދާނެތޯ ބައެއް މީހުން ސުވާލު އުފެއްދިއެވެ. ބައެއް މީހުން ގަބޫލުކޮށްގެން ތިބީ މި ފަހަރު ރައީސް ނަޝީދާ އެމިހުންނާ އެއްގޮތަކަށް ވެސް ބައްދަލު ނުވާނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެމަނިކުފާނުގެ އާދަޔާ ހިލާފު ކެމްޕެއިނުން އެމްޑީޕީގެ އާންމު މެމްބަރުނަށް ޖޯޝާއި ފޯރި ގެނުވައިފިއެވެ. ލަންކާގައި ހުންނެވި ރައީސް ނަޝީދު އެމީހުންނާ ވާހަކަ ދައްކަވައި އެމީހުންގެ އިހްސާސްތައް ދެނެގެންފިއެވެ. ރާއްޖޭގެ އެތައް ރަށެއްގައި ތިބި އާންމު އެމްޑީޕީގެ މެމްބަރުންނާ ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވައިފިއެވެ. އެމީހުންގެ މަންޒަރުތައް ބަލަމުން އެމީހުންނާ ސީދާ މުހާތަބުކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވަމުންދާއިރު އެމީހުންނަށް ކުރެވުނު އިހްސާސްތައް އެހާމެ އުފާވެރިއެވެ. ބައެއް މީހުން ތިބީ ގަބޫލު ވެސް ނުކުރެވިފައިއެވެ.

ސްކައިޕް މެދުވެރިކޮށް ނަޝީދު އެމްޑީޕީގެ އާންމު މެމްބަރުންނާ ވާހަކަ ދައްކަވަނީ

ރ. އަތޮޅަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ކުރި ދަތުރުގައި އެމީހުންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާ ގޮތާއި އާންމު މެމްބަރުންގެ ވާހަކަތައް ހުރި ގޮތް ގާތުން ބަލާލަން ފުރުސަތު ލިބުނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ގިނަ ރަށްތައް ހިމެނޭ އަދި ތިން ވަނައަށް އެންމެ އާބާދީ ބޮޑު، ރ. އަތޮޅުގެ ހުރިހާ ރަށެއްގައި ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް އާންމު މެމްބަރުންނާ ވާހަކަ ދައްކަވާފައެވެ. އަދި އާންމު މެމްބަރުން ވަނީ އެމީހުންގެ ހިތުގެ ޝުރޫއުތައް އެމަނިކުފާނުގެ ކުރިމަތީގައި ބަންޑުން ކޮށްލާފައެވެ. އޭގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ރ. އިންނަމާދޫ، ނަފީސާ އަލީއަށް ރައީސް ނަޝީދާ ބައްދަލުވީ އެންމެ ފަހުން އޭނާގެ ރަށުން 2013 ވަނަ އަހަރުއެވެ. މިދިޔަ ހަފްތާގައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމެއް އެރަށަށް ދިއުމުން އޭނާ އެމީހުން ގާތަށް ދިޔައީ އެމްޑީޕީ ބަޔަކު އައުމުންނެވެ. ފަހަރެއްގައި ވެސް އޭނާ އެންމެ ލޯބިވާ ސިޔާސީ ލީޑަރު، ރައީސް ނަޝީދާ ބައްދަލުވާނެ ކަމަށް ކުޑަކޮން ވެސް ހީވެފައެއް ނެތެވެ. ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ވާހަކަ ދެއްކެވުމަށް ހަމަޖައްސާފައިވާ ކުޑަ ހޯލަކަށް އެރަށު އެމަނިކުފާނުގެ ސަޕޯޓަރުން ވަން އިރު ވެސް މާ ބޮޑު ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. އެއަށް ވުރެ ބޮޑަށް އުޅުނީ މެހްމާނުންނަށް ކަމެއް ބޭނުންވާ ނަމަ އެކަމެއް ކޮށްދެވޭތޯއެވެ. އެރަށުގެ އެމްޑީޕީ މެމްބަރުންނާ ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވަމުންދިޔައި ނަފީސާ އައިސް އިށީނނީ ރައީސް ނަޝީދު ވާހަކަ ދައްކަވާ މަންޒަރު އަޅުވާފައި ހުރި ކުޑަ ޓީވީ ކުރިމަތީގައެވެ. އެއްވެސް ހާލެއްގައި ވާހަކަ ދައްކާލަން ފުރުސަތެއް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއްގައެއް ނޫނެވެ. ނަޝީދު ވާހަކަ ދައްކަވާ ނިމިގެން އިރިކޮޅަކުން އެއްވެސް މީހެއްގެ ސުވާލެއް އޮތްތޯ އެއްސެވުމާ އެކު ނަފީސާ އަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ވާހަކަ ދައްކާށޭ ބުނުމުން އޭނާގެ ހިތުގެ ޝުއޫރުތައް ބަންޑުކޮށްލިއެވެ. އަދި ރައީސް ނަޝީދަށް ހެޔޮދުއާ ސަލާމް ފޮނުވައި ކުރެވޭ އުފާވެރިކަމުގެ އިހްސާސްތައް ހިއްސާކުރީ އުފަލުން ރޮވޭވަރުވެފައި ހުރެއެވެ. އެއީ އޭނާއަށް ލިބުނު ކުއްލި އުފާވެރިކަމުގެ އިހްސާސެކެވެ.

ކޮންމެ ރަށެއްގައި ވެސް މި އިހްސާސްތައް ކުރެވުނު މީހުން ތިއްބެވެ. ރ. އިނގުރައިދޫގައި ސްކައިޕް މެދުވެރިކޮށް އެމްޑީޕީގެ އާންމު މެމްބަރުންނާ ރައީސް ނަޝީދު ވާހަކަ ދައްކަވައި ނިންމާލުމުން އުމުރުން ދުވަސްވީ ބައެއް މީހުނަށްވީ ހަމަ އެފަދަ އިހްސާސްތަކެވެ. ރާއްޖެއިން ބޭރުގައި ހުންނަވައިގެން ކެމްޕެއިން ކުރެއްވި ނަމަވެސް ސީދާ އެމީހުންނާ ވާހަކަ ދައްކަވަފާނެ ކަމަށް ގަބޫލެއް ނުކުރެވުނެވެ. އެކަން ބައެއް މީހުންގެ ވާހަކަތަކުން އެނގުނެވެ.

ރައީސް ނަޝީދު ލަންކާގައި ހުންނަވައިގެން ސްކައިޕް މެދުވެރިކޮށް ރަށްތަކުގައި ތިބި މެމްބަރުންނާ ވާހަަކަ ދައްކަވަނީ

ހީވާގިކަމާއި ވަރުބަލިކަމެއް ނެތި ނަޝީދު ކުރައްވާ ކެމްޕެއިނާ އެކު މާޔޫސްކަމާ އެކު ތިބި އެމްޑީޕީގެ އާންމު މެމްބަރުނަށް ހިތްވަރެއް ލިބިގެން ހިނގައްޖެއެވެ. ނަޝީދަށް ކުރިމަތިލެއްވޭނެ ތޯ ސީދާ އެމީހުން ސުވާލުކޮށްފިއެވެ. ލައިވްކޮން ކޮންމެ ދުވަހަކު އެތައް ރަށެއްގެ އާންމު މެމްބަރުންނާ ނަޝީދު ވާހަކަ ދައްކަވާއިރު އެމަނިކުފާނު ގެންދަވަނީ ކޮންމެ ރަށެއްގެ ރައްޔިތުންނާ މުހާތަބުކުރައްވައި ގާތްގަނޑަކަށް 15 ވަރަކަށް މިނިޓުގެ ވަގުތުކޮޅަކު ވާހަކަ ދައްކަވައެވެ. އަދި ވާހަކަ ދައްކަވައި ނިންމަވާލެއްވުމަށް ފަހު އެއްވެސް ހިޔާލެއް މަޝްވަރާއެއް ސުވާލެއް އޮތްތޯ އައްސަވައެވެ. އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަވާލާނެ ގޮތެއް އެމަނިކުފާނު އާންމު މެމްބަރުންނާ ހިއްސާކުރައްވައެވެ.

ދުވާފަރުގައި ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ނަޝީދުގެ ޕޯސްޓަރު ހިފައިގެން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ މައިދާނުގައި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދެއްވި އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނު ރައްޔިތުންނާ ބާއްވާ ގާތްގުޅުމެވެ. ވީހާ ވެސް ރައްޔިތުންނާ ކައިރިއަށް ވަޑައިގެން އެމީހުންގެ ވާހަކަތައް ގާތުން އަޑުއެހުމަކީ ނަޝީދުގެ ކިބައިން ފެންނަ މީހުން ގަޔާވާ ސިފައެކެވެ. އެމަނިކުފާނުގެ ކިބައިން 2008 ވަނަ އަހަރު ވެސް އަދި 2013 ވަނަ އަހަރު ވެސް މި ސިފަ ފެނިގެން ގޮސްފައިވެއެވެ. އަނެއްކާ ވެސް މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވާއިރު ހާލަތު ވަރަށް ބޮޑަށް ވަނީ ބަދަލުވެފައެވެ. ނަމަވެސް އެމަނިކުފާނު މިހާރު ވެސް ވަނީ ރައީސް ޔާމިން ވެރިކަމަށް ވަޑައިގެން ފަހުން އަރާވަޑައިނުގަންނަވާ ކިތަންމެ ރަށެއްގެ މެމްބަރުންނާ ވާހަކަ ދައްކަވާފައެވެ.

ރ. ރަސްގަތީމަކީ ވެސް އެފަދަ ރަށެކެވެ. އެރަށުގެ އެމްޑީޕީ މެމްބަރުން ޕީޕީއެމްގެ މެމްބަރުންނަށް ރައްދުކޮށް މިހާރު ބުނާ ވާހަކައެއް އެބަ އޮތެވެ. އެއީ އެމީހުން ތާއީދުކުރާ ލީޑަރު މިހާރު ވެސް އެވަނީ ރާއްޖެ އިން ބޭރުގައި ހުންނަވައި ނަމަވެސް ސީދާ އެމީހުންނާ ބައްދަލުކޮށް ވޯޓަށް އެދިވަޑައިގެންނެވެ. އެހެން ނަމަވެސް މިހާތަނާ ޖެހެންދެން ވެސް ރައީސް ޔާމިން އެ ޕާޓީގެ މެމްބަރުން ކިބައިން ވޯޓަކަށް އެދިވަޑައެއް ނުގަންނަވައެވެ. ނަޝީދުގެ މި ކެމްޕެއިނާ އެކު އަނެއްކާ ވެސް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ އެމަނިކުފާނުގެ މަގުބޫލުކަން އިތުރުވެފައެވެ. އެމީހުން މިހާރު ތިބީ ނަޝީދު އެދިވަޑައިގެންނެވި ގޮތަށް ޕްރައިމަރީގައި ކޮންމެހެން ވެސް ވޯޓު ދޭށެވެ. އެއީ ނަޝީދުގެ ވަރުގަދަ ކެމްޕެއިންނާ އެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު