Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތ. އަތޮޅުގެ ރަށްރަށުގައި ފެން ބޮޑުވުން

ތ. އަތޮޅުގެ ފެން ބޮޑުވި ރަށްތަކުން ފެން ހިންދާ ނިމިއްޖެ: ޑިޒާސްޓަރ

ހޯމަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ތ. އަތޮޅަށް ހުއްޓުމެއް ނެތި ވާރޭ ވެހުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މެއި 2019 | އަންގާރަ 08:13
ތ. އަތޮޅަށް ކުރި ވިއްސާރައިގައި ފެން ބޮޑުވި ރަށްރަށުގެ ފެން ހިންދަނީ

ތ. އަތޮޅަށް ކުރި ވިއްސާރައިގައި ފެން ބޮޑުވި ރަށްރަށުގެ ފެން ހިންދަނީ

މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ތ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެފައިވާއިރު، ފެން ހިންދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން އެ އަތޮޅުގެ ރަށްތަކަށް ހުއްޓުމެއް ނެތި ވާރޭ ވެހި ފެން ބޮޑުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ފުލުހުންނާއި އެމްއެންޑީއެފް އަދި ރަށްރަށުގެ ކައުންސިލާއި ރައްޔިތުންގެ އެހީއާ އެކު ފެން ހިންދުމުގެ މަސައްކަތް އަންގާރަ ދުވަހު މެންދަމު 3:00 ހާއިރު ނިންމާލެވިފައިވާ ކަމަށާއި، މިހާރު އެއްވެސް ރަށެއްގައި ފެން ބޮޑުވެފައި ނެތް ކަމަށެވެ.

ހިސާން އިތުރަށް ވިދާޅުވީ، އެންޑީއެމްއޭ އިން މިހާރު ގެންދަނީ ރަށު ކައުންސިލުތަކާ ގުޅިގެން, ގެއްލުން ލިބުނު ތަންތަނުގެ އެސެސްމަންޓް ހަދަމުން ކަމަށާއި، އެސެސްމަންޓް ރިޕޯރޓްތައް ލިބުމުން ގެއްލުންތައް އެ އޮތޯރިޓީން މޮނިޓަރ ކުރާނެ ކަމަށެވެ. އަދި ތ. އަތޮޅުގެ ރަށްރަށުގައި ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ބަދަލުކުރަން ޖެހިފައިނުވާ ކަމަށާއި، ނަމަވެސް ގޭގޭގައި ހިފާގެންގުޅޭ ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވުމަށް ހޯމަ ދުވަހު އެ އޮތޯރިޓީން އިންޒާރު ދީފަިއިވާއިރު، ތ. އަތޮޅުގެ މޫސުން ވެސް އަންގާރަ ދުވަހުގެ މެންދުރު ފަހުން ގޯސް ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ޚާއްސަކޮށް ދަންވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު