Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ރައީސް

މަގާމަށް އައުމަށް ބޭނުންވާ މިންވަރަށް ވޯޓު ވަނީ ކަށަވަރުވެފައި: އަސްލަމް

25 މެއި 2019 | ހޮނިހިރު 10:28

ރައީސް އަފީފަށް ތާއީދު ކުރައްވާ ކަމަށް ގަބޫލެއް ނުކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 25 މެއި 2019 | ހޮނިހިރު 10:28
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ރައީސްގެ މަގާމަށް އައުމަށް ބޭނުންވާ މިންވަރަށް ވޯޓު ކަށަވަރުވެފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 60 މިނެޓަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ މަޖިލިސްގެ ރައީސްގެ މަގާމަށް އައުމަށް ގިނަ މެމްބަރުންނާ ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި، ގިނަ ބަޔަކު ތާއީދު ކޮށްފައިވާ ކަމަށެވެ. އަދި އުންމީދު ކުރަނީ މިހާރު މަޖިލިސްގެ ރައީސްގެ މަގާމަށް އައުމަށް ބޭނުންވާ އަދަދަށް ވޯޓު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ މަޖިލިސް ރައީސް ކަމަށް އައުމަށް ޝައުގުވެރިކަން ފާޅުކުރީ މަޖިލީހުގެ ގިނަ މެމްބަރުންގެ އެދުމުގެ މަތިން ކަމަށެވެ.

މަޖިލިސްގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިތީ އެކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ ވަކި ބޭފުޅަކު މަޖިލިސް ރައީސްކަމުގެ މަގާމަށް ގެނައުމަށް ރައީސް ތާއީދުކުރެއްވި ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އަފީފް އާއި އަސްލަމްގެ އިތުރުން މަޖިލިސްގެ ރައީސް ކަމަށް އިތުރު ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

ފަސް މެމްބަރުންގެ ތެރެއިން މަޖިލިސް ރައީސް ކަމުގެ ރޭހުގައި އެންމެ ވާދަވެރިކަން ބޮޑީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ މެމްބަރު ހަސަން އަފީފް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މެދުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް