Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލަށް ފޮތް ހަދިޔާ ކުރުން

މައުމޫން ވެސް ޖަލަށް ފޮތް ހަދިޔާ ކުރައްވައިފި

އެމަނިކުފާނު ފޮތް ހަދިޔާ ކުރައްވާފައިވަނީ ހުކުރު ދުވަހުގެ ރޭ 09:30 ހާއިރު އަމީނިއްޔާ ސްކޫލަށް ވަޑައިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މެއި 2019 | ހުކުރު 17:50
ކުރީގެ ރައީސް މައުމޫން ޖަލަށް ފޮތް ހަދިޔާ ކުރައްވަނީ

ކުރީގެ ރައީސް މައުމޫން ޖަލަށް ފޮތް ހަދިޔާ ކުރައްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ޖަލަށް ފޮތް ހަދިޔާ ކުރައްވައިފިއެވެ.

އެމަނިކުފާނު ފޮތް ހަދިޔާ ކުރައްވާފައިވަނީ ހުކުރު ދުވަހުގެ ރޭ 09:30 ހާއިރު އަމީނިއްޔާ ސްކޫލަށް ވަޑައިގެންނެވެ.

Advertisement - newsAdvertisement

ފޮތް ހަދިޔާ ކުރެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި މައުމޫން ވިދާޅުވީ ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ މުހިންމު ޕްރޮގްރާމެއް ކަމަށާއި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ފޮތް ހަދިޔާ ކުރައްވަން ފުރުސަތު ލިބުމުން އުފާ ކުރައްވާ ކަމަށެވެ.

"ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ މުހިންމު ޕްރޮގްރާމެއް، އެ ޕްރޮގްރާމްގައި ބައިވެރިވެ ޖަލަށް ފޮތް ހަދިޔާ ކުރުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ޖަލުގައި ކުށް ކުރާ މީހުންނާއި ކުށް ނުކުރާ މީހުން އެބަތިބި، އަޅުގަނޑު ވެސް ޖަލުގައި އޮތީމަ މިކަންތައްތައް ވަނީ ފެނިފައި. އެންމެން ބޭނުންވޭ އިސްލާހުވާން، އެނބުރި މުޖުތަމައުއަށް އަންނަ. މިކަމަށް މަގުފަހި ކުރުމުގެ ގޮތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި އަދި އަމިއްލަ ފަރުދުން ވެސް ކުރަން ޖެހޭނެ" މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހޯމް މިނިސްޓްރީ ގުޅިގެން ހުޅުވާލާފައިވާއިރު ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފަށާފައިވަނީ މެއި 22 ވަނަ ދުވަހުއެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާނީ މެއި 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހޯމް މިނިސްޓްރީން ބުނީ ފޮތް ކިޔުމުގެ ޝައުގުވެރިކަން ޖަލުގައި އުފައްދައި، އާންމު މައުލޫމާތާއި ހުނަރާއި ގާބިލުކަން އިތުރުކޮށް ދޭ މައުލޫމާތު ހުންނަ ފޮތްތައް ކިޔުމުގެ ފުރުސަތު ހޯދައިދީގެން ކުށުގެ ވެށިން ގިނަ ރައްޔިތުންތަކެއް ދުރުހެލި ކުރެވިދާ ކަމަށެވެ. ސަބަބަކީ ފޮތް ކިޔުމަކީ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލު ގެނެސްދޭ ކަމަކަށް ވާތީއެވެ.

އެހެންކަމުން ފޮތް ކިޔުމުގެ ތެރެއިން އަހްލާގަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަށް ސަރވިސް ގުޅިގެން ހިންގާ ޕްރޮގްރާމްގައި ބައިވެރިވެ، ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު އާންމުނަށާއި މުއައްސަސާތަކަށް ހުޅުވާލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު