Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗާގޮސް އައިލެންޑް މައްސަލަ

ޕީޕީއެމް ސަރުކާރުގައި ވެސް ރާއްޖެއިން ވޯޓުދިނީ މޮރިޝަސްއާ ދެކޮޅަށް!

ފޯޅަވަހި މައްސަލާގައި މި ސަރުކާރުން ވޯޓުދިނީ މޮރިޝަސްއާ ދެކޮޅަށް

ރާއްޖެ އެމްވީ | 24 މެއި 2019 | ހުކުރު 11:33
ޗާގޮސް އައިލެންޑްސް

ޗާގޮސް އައިލެންޑްސް

އދ.ގެ އާއްމު މަޖިލީހުގައި ނިމިދިޔަ ހަފްތާގައި ފޯޅަވަހީގެ މައްސަލައިގައި ނެގި ވޯޓުގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމުން އެކަމަށް މައާފަށް އެދެން ޖެހޭނެ ކަމަށް އިދިކޮޅު ޕާޓީ ޕީޕީއެމުން ބުނެފިއެވެ.

ފޯޅަވަހި ނުވަތަ ޗާގޮސް އައިލެންޑްސް އިނގިރޭސިންގެ އަތްދަށުން މޮރިޝަސްގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭ ކަމަށް އދގެ ކޯޓަކުން ދިން ލަފާ ބަލައިގަތުމަށް އދއިން ނެގި އާއްމު ވޯޓުގައި ރާއްޖެ ހިމެނޭ ގޮތަށް އެލަފާ ބަލައިނުގަތުމަށް ނިންމީ ހަ ޤައުމުންނެވެ. އަދި އެއްކޮޅަށް 116 ވޯޓު ލިބުނެވެ. މި ލަފާ ބަލައިގަންނަން ޖެހޭ ކަމަށް ވޯޓު ދިން އެއްވެސް ޤައުމަކީ ސަރަހައްދީ އިމުގެ ގޮތުން ފޯޅަވައްސާއި ގުޅުމެއް އޮތް ޤައުމުތަކެއް ނޫނެވެ. ޚާރިޖީ ވުޒާރާއިން އެ މައްސަލާގައި ބުނެފައި ވަނީ އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅުނު ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނީ ދައުލަތުގެ އެންމެ މަސްލަހަތު އިސްކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެނގިފައިވާ ގޮތުގައި ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމުގައި ވެއްޖެނަމަ ރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ބައެއް ގެއްލިގެންދާނެއެވެ. އައްޑޫ ސިޓީގެ ދެކުނުން އޮންނަ، ފޯޅަވައްސަކީ އަސްކަރީ މަރުކަޒެއްގެ ގޮތުގައި އެމެރިކާއިން ބޭނުންކުރަމުންދާ އަތޮޅެކެވެ. އިނގިރޭސީވިލާތުން ވަނީ އެ އަތޮޅު އެމެރިކާއަށް 50 އަހަރަށް ދީފައެވެ.

ޕީޕީއެމުން ބުނެފައި ވަނީ ރާއްޖޭގެ އެ ނިންމުމަކީ ދުނިޔޭގެ މައި ކޯޓާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށެވެ. ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ގޮތުގައި ބައިނަލްއަޤްވާމީ ކޯޓުން ނިންމާފައި ވަނީ އަމަލުކުރުން ލާޒިން ނިންމުމެއް ނޫން ކަމަށާއި، އެއީ ލަފައެއް ކަމަށެވެ. ބައިނަލްއަޤްވާމީ ކޯޓުގެ އެޑްވައިޒަރީ އޮޕީނިއަން ހިފައިގެން އދގެ އާއްމު މަޖިލީހަށް ދިޔައީ އެލަފަޔަށް ބުރަދަނެއް ހޯދުމުގެ ނިޔަތުގައި ކަމަށާއި، އެހެންކަމުން އެއާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ހައްޤު މި މައްސަލައިގައި މަސްލަހަތު އޮތް ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ލިބިގެންވާ ކަމަށް ޚާރިޖީ ދާއިރާގެ ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ.

އެ މައްސަލާގައި ޕީޕީއެމުން ކަންބޮޑުވުން ފާޅުކުރިއިރު، ފޯޅަވަހީގެ މައްސަލާގައި ބައިނަލްއަޤްވާމީ ކޯޓުގެ ލަފަޔަކަށް އެދުމަށް މޮރިޝަސްއިން 2017 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ހުށަހެޅި ހުށަހެޅުމަށް 16 ޤައުމަކުން ދެކޮޅު ހެދިއިރު، އޭގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ފޯޅަވަހީގެ މައްސަލާގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެއް ސިޔާސަތެއް ކަމަށް ފޮރިން މިނިސްޓްރީއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ފޯޅަވަހި މައްސަލާގައި ސަރުކާރުން މައާފަށް އެދުމަށް ޕީޕީއެމުން ގޮވާލުމަކީ "ބޮޑު ޖޯކެއް" ކަމަށް ބައެއް މީހުން ދަނީ ސިފަ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު