Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1440

ބާމި ގޮރެންގ

ދިވެހިންގެ ތެރޭގައި މަގުބޫލު ބާމި ގޮރެންގ އަކީ ތައްޔާރު ކޮށްލަން ފަސޭހަ، މީރު ކެއުމެއް

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 22 މެއި 2019 | ބުދަ 13:01
ބާމި ގޮރެންގ

ބާމި ގޮރެންގ

ބޭނުންވާ ތަކެތި:

30 ގުރާމް ކެރެޓް

30 ގުރާމް ލީކްސް

30 ގުރާމް ކެބެޖު

2 ރޯ މިރުސް

ގިތެޔޮ މިރުސް ފަޅިއެއް

1 ކުޑަ ފިޔާ

1 ލޮނުމެދު

ބައި އިންޗި އިނގުރު

1 ޕެކެޓް ނޫޑްލިސް

50 ގުރާމް ކަށިނެތް ކުކުޅު

2 ސޮސެޖު

2 ސަމްސާ ސޯޔާ ސޯސް

1 ސައިސަމްސާ ތައި ޗިލީ ޕޭސްޓު

ލޮނު

އަސޭމިރުސް

ބައި ސައިސަމްސާ މުގުރި މިރުސް

1 ސަމްސާ އޮއިސްޓަރ ސޯސް

1 ބިސް

ލުނބޯ (ތޮށި ގާނާފައި)

ބައި ސައިސަމްސާ މުގުރި ޕެޕްރިކާ

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ނޫޑްލިސް ތެރެޔަށް ހޫނު ފެން ފޮދެއް އަޅާފައި މަޑުވެލަންދެން އެއްކައިރި ކޮށްލާނީއެވެ.

ދެން ހުރިހާ ތަރުކާރީކޮޅެއް ކުދިކޮށް ކޮށާލާފައި، ކުކުޅު އަދި ސޮސެޖު ވަކިން، ކުދިކޮށް ކޮށާލާށެވެ.

ސޯޔާ ސޯސް އަދި ތައި ޗިލީ ޕޭސްޓްކޮޅު ކުކުޅުކޮޅު ތެރެޔަށް އަޅާފައި 20 މިނެޓް މެރިނޭޓް ކޮށްލާށެވެ. މެރިނޭޓް ކުރާނީ ރަހަތައް މަސްކޮޅުތެރެޔަށް ރަނގަޅަށް ވަންނަހާ ވަގުތު ދީފައެވެ.

ތެއްޔެއްގައި ކުކުޅާއި ސޮސެޖު ޒައިތޫނިކޮޅެއް ތެރެޔަށް އަޅާފައި ރޯފިލުވާލާށެވެ.

ދެން ލޮނު، މުގުރި މިރުސް، އަސޭމިރުސް އަދި ޕެޕްރިކާ އެއްކޮށްލުމަށް ފަހު ހަލާލާށެވެ.

މަސްކޮޅު ރޯފިލަން ފެށުމުން ކުދިކޮށް ކޮށާލި ތަރުކާރީ މީރުކޮށްލާށެވެ.

އެ އަށް ފަހު ތެލި ތެރެޔަށް ބިސް ތަޅާލާފައި، ހަލާލާނީއެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ކެއްކި ނޫޑްލިސްކޮޅާއި ހުރިހާ ސޯސްއެއް އަޅާފައި ހަލާލާށެވެ.

ދެން ތައްޓަކަށް އަޅާފައި ކާން ފެށުމުގެ ކުރިން ކުޑަ ލުނބޯތޮށިކޮޅެއް އަޅާފައި ލުނބޯހުތް ފިތާލާށެވެ.

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ

07 ޑިސެމްބަރު 2025
ޕެރިހުގެ ކޮތަރުގެ ޑޮކްޓަރުގެ ވާހަކަ
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
04 ސެޕްޓެމްބަރު 2025

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ

04 ސެޕްޓެމްބަރު 2025
އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖިއޯޖިއޯ އަރްމާނީ މަރުވެއްޖެ
19 އޯގަސްޓު 2025

ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް

19 އޯގަސްޓު 2025
ރީތިވުމުގެ ސިއްރުތަކާއި ޒަމާނީ އުކުޅުތައް
15 އޯގަސްޓު 2025

ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!

15 އޯގަސްޓު 2025
ރަޖްނީކާންތު - ފަގީރު ދިރިއުޅުމުގެ ތެރެއިން ފިލްމީ ދާއިރާ އަށް ނުކުމެ އެންމެ އުހުގައި ބައި ގަރުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު