Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކީލިއަން އެމްބަޕޭ

އެމްބަޕޭ ކްލަބުގައި މަޑުކުރާނެ: ޕީއެސްޖީ

21 މެއި 2019 | އަންގާރަ 15:56

އެމްބަޕޭ ބޭނުންވަނީ ރެއާލްއަށް ބަދަލުވާން

ލީވާން އަލީ
ލީވާން އަލީ | 21 މެއި 2019 | އަންގާރަ 15:56
ކީލިއަން އެމްބަޕޭ

ކީލިއަން އެމްބަޕޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބަޕޭ އެ ކްލަބުގައި މަޑުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕީއެސްޖީ ދޫކޮށްލާނެކަމުގެ އިޝާރާތެއް އެމްބަޕޭ ދީފައިވާ ދަނޑިވަޅެއްގައި ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް އެމްބަޕޭ އާއި ޕީއެސްޖީއާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށާއި، ކުރިޔަށް އޮތް ސީޒަނުގައި ވެސް އެކަން އޮންނާނީ އެގޮތަށް ކަމަށެވެ.

ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމަށް ފަހު އެމްބާޕޭ ބުނީ މި ލިބޭ ކުރިއެރުންތަކާ އެކު، ޕީއެސްޖީގައި ވިޔަސް ނުވަތަ އެނޫން ޓީމެއްގައި ވިޔަސް އިތުރު ޒިންމާތަކެއް ނަގަން އެބަޖެހޭ ކަމަށެވެ.

އެމްބަޕޭ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު، އެމްބަޕޭވެސް ބޭނުންވަނީ ރެއާލްއަށް ބަދަލުވާން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގެ މޮނާކޯ އިން ކެރިޔަރު ފެށި އެމްބަޕޭ ވަނީ އެ ޓީމަށް ކުޅުނު 60 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ފްރާންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

މޮނާކޯގައި ތިން ސީޒަން ހޭދަކުރުމަށް ފަހު، ލޯން އެއްބަސްވުމެއްގެ ދަށުން އެމްބަޕޭ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 86 މެޗުގައި 59 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އުމުރުން 20 އަހަރުގެ އެމްބަޕޭ ވަނީ މިދިޔަ އަހަރު ދާއިމީ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވެފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ފްރެންޗް ލީގު އަދި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ.

ފްރާންސް ޓީމަށް 30 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައިވާ އެމްބަޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯވެސް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ވޯލްޑް ކަޕް ފްރާންސްއަށް ކާމިޔާބުކޮށްދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ޖޫން 2017

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
26 މެއި 2017

ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި

26 މެއި 2017
ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި
27 އެޕްރީލު 2017

ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް

27 އެޕްރީލު 2017
ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް