Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހޯޒޭ މޮރީނިއޯ

ރޮނާލްޑޯ ބޭނުންވަނީ ޔުވެންޓަސްގެ ކޯޗަކަށް މޮރީނިއޯ ގެންނަން

މޮރީނިއޯ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 21 މެއި 2019 | އަންގާރަ 05:17
ހޯޒޭ މޮރީނިއޯ

ހޯޒޭ މޮރީނިއޯ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވަނީ ޔުވެންޓަސްގެ ކޯޗަކަށް ހޯޒޭ މޮރީނިއޯ ގެންނަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫހަކުން ބުނީ، ޔުވެންޓަސްގެ ކޯޗަކަށް މޮރީނިއޯ ގެންނަން ރޮނާލްޑޯ ބޭނުންވާ ކަމަށާއި، އެކަމަށް އޭނާ ބާރުއަޅަމުން އަންނަ ކަމަށެވެ.

ޔުވެންޓަސްގެ ކޯޗު މަސްމިލިއާނޯ އެލެގްރީ ވަނީ ދާދި ފަހުން އެ ކްލަބް ދޫކޮށްލާނެކަން އިއުލާން ކޮށްފައެވެ. އެގޮތުން ޔުވެންޓަސްއިން އަންނަނީ އެޓީމަށް ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މޮރީނިއޯ ވަނީ ރޮނާލްޑޯގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދީފައެވެ. އަދި މޮރީނިއޯ ވަނީ އޭނާ ރެއާލްގައި ހޭދަކުރި މުއްދަތުގައި ރޮނާލްޑޯއަށް އިރުޝާދު ވެސް ދީފައެވެ.

މި ސީޒަނުގައި ޔުނައިޓެޑުގެ ކޯޗެއްގެ ގޮތުގައި ހުރި މޮރީނިއޯ އެ މަގާމުން ވަކިކުރުމުން، މިހާރު އެއްވެސް ވަޒީފާއެއް އަދާކުރަމުންނެއް ނުދެއެވެ. ނަމަވެސް އޭނާއަށް ހުށަހެޅުންތައް ލިބެމުންދާ ކަމަށް މޮރީނިއޯ ވަނީ ދާދި ފަހުން ބުނެފައެވެ.

މި ސީޒަނުގައި މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލިބުނު 26 ޕޮއިންޓަކީ 91-1990 ސީޒަނުން ފެށިގެން އެ ޓީމު އެންމެ ދަށް ފެށުމެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މޮރީނިއޯ ވަނީ އެ ސީޒަނުގައި ލީގު ކަޕާއި، ޔޫރޮޕާ ލީގު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. އެ ސީޒަން މެންޗެސްޓަރ އިން ނިންމާލީ ލީގުގެ ހަ ވަނައިގައި އޮވެގެންނެވެ.

އެހެން ނަމަވެސް މިދިޔަ އަހަރު އެ ޓީމު ވަނީ ލީގުގެ ދެވަނަ ހޯދާފައެވެ. ލީގުގެ އެއްވަނަ ހޯދީ މެންޗެސްޓާ ސިޓީއެވެ.

މީގެ ކުރިން ރެއާލް މެޑްރިޑް އާއި ޗެލްސީ އަދި އިންޓަމިލާނަށް ވެސް ކޯޗުކަން ކޮށްދީފައިވާ މޮރީނިއޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ 2010 ވަނަ އަހަރު ފީފާ އިން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފައެވެ. އަދި އޭނާ ވަނީ ޔުއެފާ އިން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރު ހޯދާފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު