Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

ނިއުގެ ޖާގަ އެހެން ކްލަބަކަށް ނުދޭނަން: އެފްއޭއެމް

19 މެއި 2019 | އާދީއްތަ 12:35

ނިއުގެ ޖާގަ ފުރަތަމަ ދޭން އުޅުނީ ވެލެންސިއާއަށް

ލީވާން އަލީ
ލީވާން އަލީ | 19 މެއި 2019 | އާދީއްތަ 12:35
އެފްއޭއެމްގެ ރައީސް ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް

ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބަދަލުގައި ދިވެހި ޕްރިމިއާ ލީގަށް އިތުރު ޓީމެއް ނުނަގަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ނިއުގެ ބަދަލުގައި އެއްވެސް ޓީމެއް ނުނަގަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ބައްސާމް މީގެކުރިން ވިދާޅުވީ، ނިއުގެ ޖާގަ މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ކްލަބް ވެލެންސިއާއަށް ލިބުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް މިހާރު ބައްސާމް ދެއްކެވި ވާހަކަ މުޅިން ވަނީ ބަދަލުވެފައެވެ.

ވަގުތީ ގޮތުން ނިއު ސަސްޕެންޑުކުރަން އެފްއޭއެމުން ނިންމީ އެ ކްލަބުގެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 ރުފިޔާ ނުދީ އޮތުމުން، އެ ފައިސާ ދައްކާ ނިމެންދެން މި އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މާޗު މަހުގެ 25 ވަނަ ދުވަހު ނިއުގެ ސަސްޕެންޝަން ދަމަހައްޓަން އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ވެސް ވަނީ ނިންމާފައެވެ.

އޮންލައިން ނޫސް މިހާރަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވެފައި، ނިއު ސަސްޕެންޑުކޮށްފައި އޮއްވާ އިތުރު ޓީމެއް ދިވެހި ޕްރިމިއާ ލީގަށް ގެނެވޭނެ ގޮތެއް ނެތް ކަމަށާއި، އެކަމަށް ގާނޫނީ ގޮތުން ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

މީގެ އިތުރުން ޖަވާޒް ވިދާޅުވީ، ނިއުގެ ސަސްޕެންޝަން އުވާލުމާ އެކު، އެ ކްލަބަށް މުބާރާތްތަކުގައި ވާދަކުރެވޭނެ ކަމަށެވެ.

ފުރަތަމަ ޑިވިޝަންގައި މި ފަހަރު ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ކްލަބް ގްރީން ސްޓްރީޓްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ށ. ފޯކައިދޫ، ފ. ނިލަންދޫ އަދި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ އަދި މިނިވަން ޗެމްޕިއަންޝިޕްގެ ދެވަނަ ހޯދި ށ.ފޯކައިދޫ އެވެ. މި އަހަރުގެ ޗެރިޓީ މެޗު ކުޅޭނީ ދެ ލެގަކަށެވެ. އެގޮތުން ފުރަތަމަ ލެގު އަންނަ މަހު 7 ވަނަ ދުވަހު ފޯކައިދޫގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އަނެއް ލެގު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު މާލޭގަ އެވެ.

ސީޒަން ހުޅުވާ މެޗުގައި ކުޅެން ފޯކައިދޫގެ ބަދަގައި ފުރަތަމަ ފުރުސަތު ލިބުނީ ތ.ތިމަރަފުއްޓަށެވެ. ނަމަވެސް އެ ކްލަބުން ވަނީ އެ ފުރުސަތު ދޫކޮށްލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް