Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަ ބިގް ބޭންގް ތިއަރީ

'ދަ ބިގް ބޭންގް ތިއަރީ' ނިންމާލައިފި؛ ފަހު އެޕިސޯޑް 18 މިލިއަން މީހުން ބެލި!

ސީޒަން 12ގެ ފަހު އެޕިސޯޑް 'ދަ ސްޓޮކްހޮމް ސިންޑްރޮމް' އެއާ ކޮށްފައިވަނީ މޭ މަހުގެ 16ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 19 މެއި 2019 | އާދީއްތަ 08:03
\'ދަ ބިގް ބޭންގް ތިއަރީ\'ގެ ފިނާލޭގެ މަންޒަރެއް

\'ދަ ބިގް ބޭންގް ތިއަރީ\'ގެ ފިނާލޭގެ މަންޒަރެއް

އެމެރިކާގެ މަޝްހޫރު ސިޓްކޮމް'ދަ ބިގް ބޭންގް ތިއަރީ' 12 ސީޒަނަށް ފަހު ނިންމާލައިފިއެވެ.

ސީޒަން 12ގެ ފަހު އެޕިސޯޑް'ދަ ސްޓޮކްހޮމް ސިންޑްރޮމް' އެއާ ކޮށްފައިވަނީ މޭ މަހުގެ 16ގައެވެ. އަދި ފަހު އެޕިސޯޑް ކުރި އިރު 18 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

12 އަހަރަށް ފަހު 'ދަ ބިގް ބޭންގް ތިއަރީ' ނިންމާލާފައި މިވަނީ 279 އެޕިސޯޑަށް ފަހުއެވެ. މީގެ އިތުރުން، މި ސީރީޒްއަށް 48 އެމީ ނޮމިނޭޝަން ލިބި، 10 އެވޯޑް ވަނީ ކާމިޔާބުކޮށްފައެވެ.

2007 ވަނަ އަހަރު ޝޯވ ފެށުނު އިރު ފެނިގެންދާ މައި ތަރިންތައް އެންމެ ފަހު އެޕިސޯޑްއާ ހަމައަށް ޝޯވގައި އުޅެއެވެ.

އެއީ، ޕެނީގެ ރޯލު ކުޅޭ ކޭލީ ކުއޯކޯ، ޑރ. ޝެލްޑަން ކޫޕަރގެ ރޯލުން ފެންނަ ޖިމް ޕާސަންސް، ޑރ. ލެނަރޑް ހޮފްސްޓެޓަރ ގައި ބައި ކުޅޭ ޖޯނީ ގަލެކީ، ހަވަރޑް ވޮލޮވިޓްޒްގެ ރޯލުން ފެންނަ ސައިމަން ހެލްބަރގް އަދި ޑރ. ރާޖޭޝް 'ރާޖް' ކޫތްރަޕާލީގެ ރޯލު ކުޅޭ ކުނާލް ނައްޔާރެވެ. މީގެ އިތުރުން ޝޯވއާ ފަހުން ގުޅުނު ތަރިންގެ ތެރޭގައި، ޑރ. އޭމީ ފެރާ ފައުލަރގެ ބައިން ފެންނަ މަޔިމް ބަލިކް،ޑރ. ބަރނެޑެޓް ރޮޓެންކައުސްކީ-ވޮލޮވިޓްޒްގެ ރޯލް ކުޅޭ މެލިސާ ރޯޗް އަދި ސްޓުއާޓް ބްލޫމްގެ ރޯލުން ފެންނަ ކެވިން ސަސްމަންހިމެނެއެވެ.

12 ވަނަ ސީޒަނަކީ 'ދަ ބިގް ބޭންގް ތިއަރީ'ގެ ފަހު ސީޒަނަށް ހަދަން ޖެހުނީ ޝޯވގެ މައި ތަރިން ތެރޭގައި ހިމެނޭ ޖިމް ޕާސަންސް، 45، 13 ވަނަ ސީޒަނަކަށް އަނބުރާ ނުދާން ނިންމުމުންކަމަށް ރިޕޯޓްތައް ބުނެއެވެ. ޖިމް މިހާރު ދަނީ 'ދަ ބިގް ބޭންގް ތިއަރީ'ގައި އޭނާ ކުޅޭ ކެރެކްޓަރކަމަށްވާ ޝެލްޑަން ކޫޕަރ ޅައިރު ދައްކުވައިދޭ ޝޯވއެއްކަމަށްވާ 'ޔަންގް ޝެލްޑަން' ޕްރޮޑިއުސް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

20 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު