Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގޭމް އޮފް ތްރޯންސް

'ގޭމް އޮފް ތްރޯންސް'ގެ ފަހު ސީޒަން ރީމޭކް ކުރުމަށް ގޮވާލާ ޕެޓިޝަންގައި ނުވަ ލައްކައަށް ވުރެ ގިނަ ސޮއި!

18 މެއި 2019 | ހޮނިހިރު 11:03

މި ޕެޓިޝަން ފަށާފައިވަނީ 9 މޭ ގައި، 'ޗޭންޖް.އޯގް'ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 18 މެއި 2019 | ހޮނިހިރު 11:03
ގޭމް އޮފް ތްރޯންސްގެ ކެރެކްޓަރއެއް ކަމަށްވާ، ޑަނޭރެސް ޓަގޭރިއަން

ގޭމް އޮފް ތްރޯންސްގެ ކެރެކްޓަރއެއް ކަމަށްވާ، ޑަނޭރެސް ޓަގޭރިއަން

މަޝްހޫރު ސީރީޒް 'ގޭމް އޮފް ތްރޯންސް'ގެ ފަހު ސީޒަންއާ މެދު ހިތްހަމަ ނުޖެހިގެން، ފޭނުންތަކެއް ވަނީ ޕެޓިޝަނެއް ފަށާފައެވެ.

ޗޭންޖް.އޯގް ގައި މޭ މަހުގެ 9 ގައި ފަށާފައިވާ ޕެޓިޝަނަށް ފުރަތަމަ ދެ ތިން ދުވަހު މާ ބޮޑު ސަމާލުކަމެއް ނުލިބުނު ނަމަވެސް، މޭ 12 ގައި ނެރުނު އެ ޕިސޯޑަށް ފަހު އެ އަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. އެގޮތުން، 18 މޭގެ މެންދުރު 12އާ ހަމައަށް އެ ޕެޓިޝަންގައި 940,011 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

މި ޕެޓިޝަންގައި 'ގޭމް އޮފް ތްރޯންސް'ގެ ސްކްރީންޕްލޭ ލިޔާ ޑޭވިޑް ބެނިއޮފް އާއި ޑީ.ބީ ވެއިސްއަށް ވަނީ ފާޑު ކިޔާފައެވެ. ކުރިން ލިޔެފައިވާ ފޮތެއް ނުބަލާ ސްކްރީންޕްލޭ އެއް ލިޔުމުގެ ޓެލެންޓެއް އެ މީހުންގެ ނެތްކަމަށް ޕެޓިޝަން ފެށި 'ޑިލަން ޑީ' ފާހަގަކޮށްފައިވެއެވެ. އަދި މި ސީރީޒްއަށް "ރަނގަޅު ފަހު ސީޒަނެއް ލިބެންޖެހޭ"ކަމަށް އޭނާ ބުނެފައިވެއެވެ.

'ގޭމް އޮފް ތްރޯންސް' އަކީ ޖޯޖް އާރް. އާރް މާޓިންގެ ފޮތްތަކެއްގެ މައްޗަށް އެޗްބީއޯއިން ތައްޔާރު ކުރާ ސީރީޒްއެކެވެ. ނަމަވެސް އޭނާ މިހާތަނަށް ރިލީޒްކޮށްފައިވަނީ މި ފްރެންޗައިސްގެ ފަސް ފޮތެވެ. ފްރެންޗައިސްގެ ބާކީ ހުރި ފޮތްތައް އަދި ނިންމާފައި ނުވާއިރު، ސީރީޒް ކުރިއަށް ގެންދިއުމަށް މާޓިންވަނީ ބެނިއޮފް އާއި ވެއިސްއަށް އޭގެ މުހިންމު ޕްލޮޓްތައް ކިޔާދީފައެވެ. ސަބަބަކީ ގިނަ ކުޑަ ކުދިންތަކެއް ތަރިންގެ ގޮތުގައި ފެންނަ މި ޝޯވ ޝޫޓު ކުރުން ލަސް ކުރެވެން ނެތުމުންނެވެ.

މި ޕެޓިޝަންގައި ބައި މިލިއަނަށް ބުރެ ގިނަ މީހުން ސޮއި ކުރި ނަމަވެސް، މިއީ ޝޯވ ބަލާ މީހުންނާ އަޅާ ބަލާއިރު ކުޑަ އަދަދެކެވެ. 'ގޭމް އޮފް ތްރޯންސް'ގެ ފަހު ސީޒަނުގެ އެޕިސޯޑަކަށް އެވަރޭޖްކޮށް 17 މިލިއަނަށް ވުރެ ގިނަ ވިއު ލިބޭކަމަށް ރިޕޯޓްކުރެވިފައިވެއެވެ.

މިފަދަ ޕެޓިޝަންތައް ބޭނުންކޮށްގެން ބައެއް ކަންކަން ބަދަލު ކުރެވިފައިވާއިރު، ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި 'ގޭމް އޮފް ތްރޯންސް'ގެ ތަރިން މިހާރު މިވަނީ މާ މައްޗަށް ގޮސްފައެވެ.

މި ސީރީޒްގެ ލިޔުންތެރިން ބަދަލު ކުރަން ގޮވާލާއިރު، އެޑިޓިންގ އާއި ކުއަލިޓީގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން، ސީޒަން އަށެއްގެ އެޕިސޯޑެއްގެ ސީނެއްގައި 'ސްޓާބަކްސް' ކޮފީތަށްޓޭއް ވަރަށް ރީތި ކޮށް ފެނުނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
19 ފެބުރުއަރީ 2017

އެމް ޓީވީ ލަވް ސްކޫލް ސީޒަން 2 ގެ ނަސީބުވެރިން އިޢުލާންކޮށްފި

19 ފެބުރުއަރީ 2017
އެމް ޓީވީ ލަވް ސްކޫލް ސީޒަން 2 ގެ ނަސީބުވެރިން އިޢުލާންކޮށްފި
19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
12 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
08 ފެބުރުއަރީ 2017

"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ

08 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ
29 ޖެނުއަރީ 2017

ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި

29 ޖެނުއަރީ 2017
ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި
22 ޖެނުއަރީ 2017

19 އަހަރަށް ފަހު "އަމާނާތް" އޮލިމްޕަހުގައި އަޅުވަނީ

22 ޖެނުއަރީ 2017
19 އަހަރަށް ފަހު "އަމާނާތް" އޮލިމްޕަހުގައި އަޅުވަނީ
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
07 ޖެނުއަރީ 2017

ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

07 ޖެނުއަރީ 2017
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް