Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވާވޭ ކުންފުނި

ވާވޭއާ ދެކޮޅަށް އެޅި ފިޔަވަޅުން އެމެރިކާގެ ކުންފުނިތަކަށް 11 ބިލިއަން ޑޮލަރުގެ ގެއްލުން

ވާވޭގެ އާލާތްތަކަށް ބޭނުންވާ ގިނަ ކޮމްޕޮނެންޓް ގަންނަނީ އެމެރިކާ ކުންފުނިތަކުން

އަމަން ހަލީމް
އަމަން ހަލީމް | 18 މެއި 2019 | ހޮނިހިރު 07:16
ޝެންޒެންގައި ހުންނަ ވާވޭ ކުންފުނީގެ ހެޑް ކުއާޓަރު

ޝެންޒެންގައި ހުންނަ ވާވޭ ކުންފުނީގެ ހެޑް ކުއާޓަރު

އެމެރިކާ ސަރުކާރުން ޗައިނާގެ ވާވޭއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން, ސިލިކޯން ވެލީގެ ޓެކް ކުންފުނިތަކަށް ބިލިއަނުން ގެއްލުންވާނެ ކަމަށް މާހިރުން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު މުއާސަލާތީ އާލާތްތަކުގެ ސަޕްލަޔަރު އަދި ވާދަވެރި ސްމާޓްފޯން ބާޒާރުގައި ދެވަނަ ހޯދާފައިވާ ވާވޭއިން، އެ ކުންފުނީގެ އުފެއްދުންތަކަށް ބޭނުންވާ ގިނަ ކޮމްޕޯނެންޓްތައް ގަންނަނީ އެމެރިކާގެ ކުންފުނިތަކުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ވާވޭއިން 13،000 ސަޕްލަޔަރުންގެ އަތުން އެކި ކޮމްޕޮނެންޓްތައް ގަންނަން 70 ބިލިއަން ޑޮލަރު ހަރަދު ކޮށްފައިވާ އިރު، އޭގެ ތެރެއިން 11 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވަނީ އެމެރިކާގެ ކުންފުނިތަކާއި އެކުގައެވެ. އެ ކުންފުނިތަކުގެ ތެރޭގައި ކޮމްޕިއުޓަރު ޗިޕު އުފައްދާ ކުއަލްކޮމް އަދި ބްރޯޑްކޮމްއާއި މައިކްރޮސްފްޓާއި ގޫގްލް ވެސް ހިމެނެއެވެ.

އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އެމެރިކާގެ ކުންފުނިތަކުން ކޮމްޕޮނެންޓް ލިބުން މަނާކުރާ ބިދޭސީ ކުންފުނިތަކުގެ ލިސްޓެއްގައި ވާވޭ ހިމަނަން ނިންމާފައެވެ. މި ލިސްޓުގައި ހިމެނޭ ކުންފުނިތަކާއި އެކު ވިޔަފާރި ކުރަން ބޭނުންވާ އެމެރިކާގެ ކުންފުނިތަކަށް ޖެހެނީ ހާއްސަ ހުއްދައެއް ނަގާށެވެ.

ވާވޭއާ ދެކޮޅަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވިފައިވެއެވެ. އެގޮތުން އެ ކުންފުންޏަށް ސޮފްޓްވެއަރ އަދި ހާޑްވެއަރ އަޕްގްރޭޑް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެނަލިސްޓުން އަންދާޒާ ކޮށްފައިވެއެވެ. މިސާލެއްގެ ގޮތުން، މުސްތަގުބަލުގައި ވާވޭގެ ސްމާޓްފޯނުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ފޯނު އަޕްޑޭޓް ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެއެވެ. ވާވޭގެ ފޯނުތަކުން ބޭނުންކުރަނީ ގޫގްލްގެ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމެވެ.

ޒަމާނީ 5ޖީ ޓެކްނޮލޮޖީގެ އެންމެ ފުންނާބު އުސް ވާވޭއަށް އެ ކުންފުނިން ގާއިމްކުރާ ވިއުގަތަށް ގާއިމް ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. މިހާރު ވެސް އެ ކުންފުނިން ޔޫރަޕުގައި 5ޖީ ވިއުގަ ގާއިމް ކުރުމުގެ 25 މަޝްރޫއު އަދި މެދުއިރުމަތީގައި 10 މަޝްރޫއާ ހަވާލުވެގެން އުޅޭއިރު، އެ ވިއުގަތަށް ގާއިމްކުރަން އެމެރިކާ ކުންފުނިތަކުގެ ސްޕެއަރ ކޮންމެހެން ވެސް ބޭނުންވެއެވެ. ސްމާޓްފޯން ސޮފްޓްވެއަރ އަދި މުއާސަލާތީ އާލާތްތަކުގެ ބާޒާރުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާގެ ކުންފުނިތަކަށް ވުމާއި އެކު، އެ ކުންފުނިތަކާއި ނުލާ ވާވޭއަށް ވާދަވެރި ކުންފުންޏެއްގެ ގޮތުގައި އޮތުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

ވާވޭއާ އެކު ވިޔަފާރިކުރުން އެމެރިކާ ސަރުކާރުން މަނާކުރަން ބޭނުންވަނީ އެ ކުންފުންޏަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެއެވެ. އެމެރިކާއިން ތުހުމަތުކުރަނީ ވާވޭއިން އެ ކުންފުނީގެ މުއާސަލާތީ އާލާތްތަކުގެ ޒަރިއްޔާއިން ޖާސޫސު ކުރާ ކަމަށެވެ. ވާވޭ ކުންފުނިން އެ ތުހުމަތުތަށް ދޮގުކުރާއިރު، އެ ކުންފުނިން ބުނެފައިވަނީ މިއީ އެ ކުންފުނީގެ ވިޔަފާރިއަށް ހުރަސްއެޅުމުގެ ގޮތުން ރާވައިގެން ހިންގާ ކެމްޕެއިނެއް ކަމަށެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2020

ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ގޫގްލް އިން 800 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް

28 މާރިޗު 2020
ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ގޫގްލް އިން 800 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް
07 ސެޕްޓެމްބަރު 2019

އަނެއްކާވެސް ޗައިނާ އާއި އެމެރިކާގެ ދެމެދުގައި ވިޔަފާރީގެ މަޝްވަރާތައް ފަށަނީ

07 ސެޕްޓެމްބަރު 2019
އަނެއްކާވެސް ޗައިނާ އާއި އެމެރިކާގެ ދެމެދުގައި ވިޔަފާރީގެ މަޝްވަރާތައް ފަށަނީ
14 އޯގަސްޓު 2019

ޓޫރިޒަމް އިޝްތިހާރުކުރަން މިފަހަރު އައީ އެމެރިކާގެ ނޫސްވެރިންތަކެއް

14 އޯގަސްޓު 2019
ޓޫރިޒަމް އިޝްތިހާރުކުރަން މިފަހަރު އައީ އެމެރިކާގެ ނޫސްވެރިންތަކެއް
22 ޖޫން 2018

އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީޔޫއިން އިމްޕޯޓް ޓެކްސް ބޮޑު ކޮށްފި!

22 ޖޫން 2018
އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީޔޫއިން އިމްޕޯޓް ޓެކްސް ބޮޑު ކޮށްފި!
15 ޖޫން 2018

ޓްރަމްޕްގެ ނިންމެވުންތަކުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ނިޒާމަށް އަސަރުކުރާނެ: އައި.އެމް.އެފް

15 ޖޫން 2018
ޓްރަމްޕްގެ ނިންމެވުންތަކުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ނިޒާމަށް އަސަރުކުރާނެ: އައި.އެމް.އެފް
15 ޖޫން 2018

ޔޫރަޕިއަން ޔޫނިއަންއިން އެމެރިކާގެ ކިބައިން ބަދަލު ހިފައިފި!

15 ޖޫން 2018
ޔޫރަޕިއަން ޔޫނިއަންއިން އެމެރިކާގެ ކިބައިން ބަދަލު ހިފައިފި!
27 މެއި 2018

ޖީޑީޕީއާރް އިއުލާންކުރުމާއެކު ގޫގުލްް އަދި ފޭސްބުކް އާއި ދެކޮޅަށް ބިލިއަން ޑޮލަރުގެ މައްސަލަތަކެއް

27 މެއި 2018
ޖީޑީޕީއާރް އިއުލާންކުރުމާއެކު ގޫގުލްް އަދި ފޭސްބުކް އާއި ދެކޮޅަށް ބިލިއަން ޑޮލަރުގެ މައްސަލަތަކެއް
19 ޖެނުއަރީ 2018

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ

19 ޖެނުއަރީ 2018
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ
19 ޑިސެމްބަރު 2017

ޗައިނާ އާއި އެމެރިކާގެ ޕާޓްނަރޝިޕަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަނެފި

19 ޑިސެމްބަރު 2017
ޗައިނާ އާއި އެމެރިކާގެ ޕާޓްނަރޝިޕަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަނެފި
19 އޮކްޓޯބަރު 2017

އެމެރިކާގެ "ބްލޫ އޭޕްރަން" އިން މުވައްޒަފުން މަދު ކުރަން ނިންމައިފި

19 އޮކްޓޯބަރު 2017
އެމެރިކާގެ "ބްލޫ އޭޕްރަން" އިން މުވައްޒަފުން މަދު ކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު